ބިއޮންޑްއާއެކު ރާއްޖޭގައި އެތައް ސަތޭކަ ވަޒީފާއެއް އުފެދޭނެ!

ބިއޮންޑްގެ ސީއީއޯ ޓެރޯ ޓަސްކިލާ: އޭނާ ވިދާޅުވީ އެ އެއާލައިނާއެކު އަހަރު ނިމޭއިރު އެތައް ސަތޭކަ ވަޒީފާގެ ފުރުސަތެއް ހުޅުވިގެންދާނެ ކަމަށް - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ބިއޮންޑްގެ ސީއީއޯ ޓެރޯ ޓަސްކިލާ: އޭނާ ވިދާޅުވީ އެ އެއާލައިނާއެކު އަހަރު ނިމޭއިރު އެތައް ސަތޭކަ ވަޒީފާގެ ފުރުސަތެއް ހުޅުވިގެންދާނެ ކަމަށް - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ރާއްޖޭގެ ސިމްޑީ ގްރޫޕާއި ޔޫއޭއީގެ އަރަބެކްސް ގުޅިގެން ތައާރަފްކުރާ ރާއްޖޭގެ ފުރަތަމަ ލަގްޒަރީ އެއާލައިން، "ބިއޮންޑް" އާއެކު ދިވެހިންނަށް އެތައް ސަތޭކަ ވަޒީފާގެ ފުރުސަތެއް ހުޅުވިގެންދާނެ ކަމަށް އެ އެއާލައިނުގެ ސީއީއޯ ޓެރޯ ޓަސްކިލާ ވިދާޅުވެއްޖެ އެވެ.

ބިއޮންޑްގެ މާލެ އޮފީސް ރަސްމީކޮށް ހުޅުވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ޓެރޯ ވިދާޅުވީ ކުރިއަށް އޮތް މަސްތަކެއްގެ ތެރޭގައި އެއާލައިން އުދުހެން ފަށާއިރު 100 މުވައްޒަފުން ތިބޭނެ ކަމަށާއި މި އަހަރު ނިމޭއިރު 200 މުވައްޒަފުން ތިބޭނެ ކަމަށެވެ.

ޓެރޯގެ އަމާޒަކީ ކުރިއަށް އޮތް ފަސް އަހަރުތެރޭގައި ބިއޮންޑު 60 މަންޒިލަކަށް އުދުހެން ފެށުމެވެ. އެއާއެކު ދުނިޔެ އާއި ރާއްޖެއާ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާނެ ކަމަށާއި، އަދި އުފެދިގެންދާ ވަޒީފާތައް 1،500 އަށް ވުރެ އިތުރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ބިއޮންޑް ވުޖޫދުވެ ކާމިޔާބު ވެގެންދިޔައީ ދިވެހި ސަރުކާރުގެ އިދާރާތަކާއި، ފަތުރުވެރިކަމުގެ ދާއިރާގެ އެކި ފަރާތްތަކުގެ އެހީތެރިކަމާއި އެއްބާރުލުމާއެކުކަން ފާހަގަކޮށް އެކަމަށް އެ ފަރާތްތަކަށް ޓެރޯ ޝުކުރު އަދާކުރެއްވެވި އެވެ. ހާއްސަކޮށް ސިމްޑީ ގްރޫޕުގެ ވެރިޔާ އިބްރާހިމް މުހައްމަދު ދީދީ، މި އެއާލައިނު އުފެއްދުމުގައި ދެއްވި ޔަގީންކަމާއި އެހީތެރިކަމަށް ޓެރޯ ޝުކުރު އަދާކުރެއްވި އެވެ.

ބިއޮންޑް ގެ އޮފީސް ރަސްމީކޮށް ހުޅުއްވައިދެއްވީ ޓެރޯގެ އިތުރުން ޓްރާންސްޕޯޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޒުހައިރު އާއި ސިމްޑީ ގްރޫޕުގެ ސީއީއޯ މަރިޔަމް ޝަކީލާ ބައިވެރިވެވަޑައިގަތެވެ.

ބިއޮންޑް އެއާލައިނަކީ ލަގްޒަރީ ޓޫރިޒަމް މާކެޓަށް އަމާޒުކޮށްގެން، އެންމެ މަތީ ފަންތީގެ ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމުގެ މަގުސަދުގައި ފަށާފައިވާ މަސައްކަތެކެވެ. އަރަބެކްސްކަކީ އޭވިއޭޝަން ދާއިރާގެ ތަޖުރިބާކާރުން އުފައްދާފައިވާ އިންވެސްޓްމަންޓް ކުންފުންޏެކެވެ.

ބިއޮންޑުގެ ދަތުރުތައް މިއަހަރުގެ ތެރޭގައި ޗައިނާ، ޔޫއޭއީ، ސައުދީ އަރަބިއާ، ޔޫރަޕް ފަދަ މަންޒިލްތަކަށް ފަށާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox