ބިއޮންޑް އިން ދިވެހިންނަށް ވަޒީފާގެ ފުރުސަތު ހުޅުވާލައިފި

ބިއޮންޑް އިން ދިވެހިންނަށް ވަޒީފާގެ ފުރުސަތު ހުޅުވާލައިފި

ރާއްޖޭގެ ސިމްޑީ ގްރޫޕާއި ޔޫއޭއީގެ އަރަބެކްސް ގުޅިގެން އުފައްދާފައިވާ ފުރަތަމަ ލަގްޒަރީ އެއާލައިން، "ބިއޮންޑް" އިން ދިވެހިންނަށް ވަޒީފާގެ ފުރުސަތު ހުޅުވާލައިފި އެވެ.

ބިއޮންޑް އިން އިއުލާނުކޮށްފައި ވަނީ ޕައިލެޓުން، ކެބިން ކްރޫ އަދި ގްރައުންޑް ސްޓާފުންގެ މަގާމުތަކަށް ދިވެހިން ހޯދުމަށެވެ. މި މަގާމުތަކަށް ބޭނުންވަނީ ކިތައް ދިވެހިން ކަމެއް އެ ކުންފުނިން ހާމަކޮށްފައެއް ނުވެއެވެ.

ބިއޮންޑްގެ ޓީމާ ގުޅެން ޝައުގުވެރިވާ ފަރާތްތަކަށް އެ ކުންފުނީގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް ވަޒީފާއަށް ކުރިމަތިލެވޭނެ އެވެ. އަދި މި ވެބްސައިޓު މެދުވެރިކޮށް އެ މަގާމުތަކާ ބެހޭ އިތުރު މައުލޫމާތުވެސް ލިބޭނެ އެވެ.

Advertisement

ބިއޮންޑް އިން ބުނީ ވަޒީފާގެ އިތުރުން އެ އެއާލައިނާއެކު ކެރިއާ ޑިވެލޮޕްމަންޓަށް ފަހި ފުރުސަތުތައް ލިބޭނެ ކަމަށެވެ. އެގޮތުން ތަމްރީނުދީ ކެރިއަރު ކުރިއެރުވުމުގެ ފުރުސަތުތައް ފަހިކޮށްދީ، މުވައްޒަފުންނަށް އޭވިއޭޝަން ދާއިރާއިން ކުރިއެރުން ހޯދުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދޭނެ ކަމަށާއި އެ ކުންފުނީގެ ޓީމް މެމްބަރުންނަށް ކުރާ މި އިންވެސްޓްމަންޓަކީ ކުންފުނީގެ ކޮލިޓީ، އެކްސެލެންސް އަދި ޕްރިމިއަމް ޓްރެވަލް އެކްސްޕީރިއަންސެއް ފޯރުކޮށްދިނުމުގެ އަސާސްތަކާ އެއްގޮތްވާ އިންވެސްޓްމަންޓެއް ކަމަށް ދެކޭ ކަމަށް ބުންޏެވެ.

ބިއޮންޑްގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޓެރޯ ޓަސްކިލާ ވިދާޅުވީ އޭވިއޭޝަން އިންޑަސްޓްރީގެ ތެރޭގައި އެ ކުންފުނީގެ ޓީމް މެމްބަރުން ކުރިއެރުމަށް މަގުފަހިކޮށްދިނުމަކީ ކުންފުންޏަށް ލިބޭ އުފަލެއް ކަމަށާއި ދިވެހިންނަށް ހުޅުވިގެން މިދާ ފުރުސަތުތަކާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ.

ބިއޮންޑް އެއާލައިނަކީ ލަގްޒަރީ ޓޫރިޒަމް މާކެޓަށް އަމާޒުކޮށްގެން، އެންމެ މަތީ ފަންތީގެ ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމުގެ މަގުސަދުގައި ފަށާފައިވާ މަސައްކަތެކެވެ.

ބިއޮންޑުގެ ދަތުރުތައް މި އަހަރުގެ ފަހުކޮޅު ފަށަން ނިންމާފައިވާއިރު، އެއާލައިނަށް މިހާރު ވަނީ ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ)ގެ ކޮންޓިނިން އެއާވާދިނަސް މެނޭޖްމަންޓް އޯގަނައިޒޭޝަން (ކެމޯ)ގެ ހުއްދަވެސް ލިބިފަ އެވެ.

ބިއޮންޑުން ހާމަކޮށްފައިވަ ގޮތުގައި އެއާލައިންގެ ފުރަތަމަ ހަބަކީ ރާއްޖެއެވެ. ދާދި ފަހުން އެއާލައިންގެ މަތިންދާބޯޓެއް ރާއްޖެ ގެނެސް ޓެސްޓު ދަތުރެއްވެސް ވަނީ ކޮށްފައެވެ. މި ދަތުރު ކޮށްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ގަން އިންޓަނޭޝަނަލް އެއާޕޯޓާއި ދެމެދު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox