ބިއޮންޑުން ރިޔާދް، މިއުނިކް އަދި ޒިޔުރިކްއަށް ދަތުރުތައް ފަށައިފި

ބިއޯންޑް އެއާލައިންގެ ބޯޓެއް -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

ބިއޯންޑް އެއާލައިންގެ ބޯޓެއް -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

ރާއްޖޭގެ ސިމްޑީ ގްރޫޕާއި ޔޫއޭއީގެ އަރަބެކްސް ގުޅިގެން އުފައްދާފައިވާ ދުނިޔޭގެ ފުރަތަމަ ޕްރިމިއަމް ލެއިޝާ އެއާލައިން "ބިއޮންޑް"އިން ރާއްޖެއާއި ސައުދީގެ ރިޔާދް، ޖަރުމަނުގެ މިއުނިކް އަދި ސްވިޓްޒަލޭންޑްގެ ޒިޔުރިކްއަށް ދަތުރުތައް ފަށައިފި އެވެ.

އެ ތިން މަންޒިލަށް ބިއޮންޑުން އިއްޔެ ކުރި ފުރަތަމަ ދަތުރުގައި ޕަސިންޖަރުންނަށް ޕްރައިވެޓް އަދި ލަގްޒަރީ ދަތުރެއް ތަޖުރިބާކޮށްލުމުގެ ފުރުސަތު ހޯދައިދެވުނުކަމަށް ބިއޮންޑުން ބުންޏެވެ. އެ ކުންފުނީގެ ސީއީއޯ އަދި ޗެއާމަން ޓެރޯ ޓާސްކިލާ ވިދާޅުވީ، ރިޔާދު، މިއުނިކް، އަދި ޒިޔުރިކް އިން ރާއްޖެއަށް ފުރަތަމަ ކުރި ދަތުރުތަކަކީ ޕްރީމިއަމް ލަގްޒަރީ ޓްރެވަލްގެ އެންމެ މަތީ ފެންވަރުގެ ދަތުރުތައް ފޯރުކޮށްދިނުމަށް އެ އެއާލައިނުން ކުރާ ވައުދުގެ މިސާލެއް ކަމުގަ އެވެ.

އެ ތިން ގައުމުން ރާއްޖެއަށް ކުރާ ދަތުރުތައް ހަފްތާއަކު ދެ ދުވަހު އޮންނާނެ އެވެ.

އަންނަ އަހަރު ރާއްޖެއިން އިތުރު ހަ މަންޒިލަކަށް ދަތުރުތައް ފަށަން ބިއޮންޑުން ވަނީ ރާވައިފަ އެެވެ. އޭގެ ތެރޭގައި އިޓަލީގެ މިލާން އާއި ތައިލެންޑުގެ ބެންކޮކާއި ދުބާއީ އަދި ޗައިނާގެ ބެއިޖިން އަދި ޝެންހާއި ހިމެނެ އެވެ. އޭގެ ތެރެއިން ޑުބާއި އަދި މިލާންއަށް ކުރަން ހަމަޖެހިފައިވާ ދަތުރުތައް ސްޕްރިންގްގައި ފަށަން ހަމަޖެހިފައިވާކަމަށް ބިއޮންޑުން މައުލޫމާތުދެ އެވެ.

ބިއޮންޑްގެ ދަތުރުތަކަށް ބޭނުންކުރާނީ އެއާބަސް އޭ319، އޭ320 އަދި އޭ321 ގެ ބޯޓުތަކެވެ. މި ދަތުރުތަކުގައި ޕަސިންޖަރުންނަށް އެންމެ މަތީ ފެންވަރުގެ ހިދުމަތް ފޯރުކޮށްދީ ބޯޓުތެރޭގެ ޖާގަ ތަނަވަސްކުރުމުގެ ގޮތުން ބޯޓުތަކުގެ ސީޓްތައް ހުންނާނީ މަދުކޮށްފަ އެވެ.

"އޯލް ބިޒްނަސް ކްލާސް"ގެ ސީޓުތައް ހިމެނޭ މި ބޯތުތަކުގައި ހުންނާނީ 44-68 ސީޓެވެ. އަދި ބޯޓުގައި ބޭނުންކުރާ ގޮނޑި ތަކަކީ ފޯ ސީޒަންސް އޭ321 ޕްރައިވެޓް ޖެޓްތަކުގެ ސީޓްތައް ސަޕްލައިކުރި އިޓަލީގެ އޮޕްޓިމާސް ކުންފުނިން ޑިޒައިންކޮށްފައިވާ މަތީ ފެންވަރުގެ ސީޓްތަކެވެ.

ބިއޮންޑް އެއާލައިނަކީ ލަގްޒަރީ ޓޫރިޒަމް މާކެޓަށް އަމާޒުކޮށްގެން، އެންމެ މަތީ ފަންތީގެ ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމުގެ މަގުސަދުގައި ފެށި ދުނިޔޭގެ ފުރަތަމަ ލެއިޝާ އެއާލައިނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox