ނައިބޮއްޔަކީ ކޮން އެއްޗެއް؟

ނައިބޮއްޔެއްގެ ތޮށިގަނޑެއް

ނައިބޮއްޔެއްގެ ތޮށިގަނޑެއް

އަހަރުމެން ކުޑައިރު ގޭގައި ގެންގުޅޭ ތަކެތީގެ ތެރެއިން ގިނަ ތަކެއްޗަކީ ދިވެހިންގެ ދިވެހި އުފެއްދުމެވެ. ބަދިގެ ތެރެއިން ފެންނަ ތަކެތީގެ ތެރެއިން އުދުޅި އާއި ދޭފަތާއި ސަމުސާ ފަދަ ތަކެއްޗަކީވެސް ދިވެހީންގެ ދިވެހި އުފެއްދުމެވެ. މިތަކެތި އާންމުކޮށް ހަދާފައި ހުންނާނީ ނާއްޓާއި ލަކުޑި ބޭނުން ކޮށްގެންނެވެ. ހާއްސަކޮށް ސަމުސަލާއި އުނދުޅި ތައްޔާރުކޮށް އުޅުނީ އެކަމަށް އެކަށީގެންވާ ނާށި ބޭނުންކޮށްގެންނެވެ. އަދި ސިއްލަވަރު ބޭނުންކޮށްގެން ވެސް މި ބާވަތުގެ ތަކެތި ދިވެހިން ތައްޔާރުކޮށް އުޅުނެވެ.

ސިއްލަވަރު ސަމުސާއި ނާށި ސަމުސަލުގެ އިތުރުން ތަފާތު މައުދަނެއްގައި ހަދާފައި ހުންނަ މާރީތި ސަމުސަލެއް އަދި ގެންގުޅެ އެވެ. މީގެ އެތެރެ ހުންނަނީ ހުދު ކުލައިގަ އެވެ. ބޭރު ފުށުގައި ހުންނަނީ މުށިކުލައަކުން ތަރުތީބުން އަޅާފައި ހުންނަ ކުރެހުމެކެވެ. މި ބާވަތުގެ ސަމުލަސަކީ ކޮންމެ ކޮންމެ ގެއަކު ގެންގުޅޭ، އެހާ އާންމު ސަމުސަލެއް ނޫނެވެ. ހުރިހާ ސަމުސާތަކަށް ވުރެ ބޮޑަށް މި ސަމުސަލަށް ބަލައިގެން ފޮރުވައިގެން ގެންގުޅެ އެވެ. ދެން މިސަމުސަލަކީ ކޮން ކަހަލަ ސަމުސަލެއްތޯ އޮޅުން ފިލުވިއިރު މިއީ ނައިބޮލި ކިޔާ އެއްޗަކުން ހަަދައިފައި ހުންނަ އެއްޗަކަށްވި އެވެ. ނައިބޮލި ސަމުސަލާމެދު މީހުން ދެކެނީ އެ ސަމުސަލަށް ވިހައެއް ފަދަ އެއްޗެއް ލެވިއްޖެނަމަ އޭގެ ކުލަ ބަދަލުވެ މީހުންނަށް އެނގޭނެ ކަމުގަ އެވެ.

ނައިބޮލިން ހަދާފައި ހުންނަ ސަމުސަލުގެ ކުރެހުމެއް. -- އާޓްވޯކް: ހަސަން ޒަރީރު (ލަގަން)
ނައިބޮލިން ހަދާފައި ހުންނަ ސަމުސަލުގެ ކުރެހުމެއް. -- އާޓްވޯކް: ހަސަން ޒަރީރު (ލަގަން)

ނައިބޮލިން ހަދާފައި ހުންނަ ސަމުސަލުގެ ކުރެހުމެއް. -- އާޓްވޯކް: ހަސަން ޒަރީރު (ލަގަން)

Advertisement

ދެން ނައިބޮއްޔަކީ ކޮންތާކު އުޅޭ އެއްޗެއްތޯ ބެލިއިރު އެހެނިހެން ބޮލިތައް ފަދައިން, އެއީ ފަޅުފަޅާއި ތޮށިމަތީގައި އުޅޭ އެއްޗަކަށް ނުވެ އެވެ. މަންމަ އަޅުގަނޑު ގާތު ބުނުއްވާފައިވާ ގޮތުން ނައިބޮއްޔަކީ ކަނޑުގައި އުޅޭ ބޮއްޔެކެވެ. އެބޮލި އުޅޭނީ މަސްއައިންތަކާ އެކުގައިކަމާ އަދި އޭގެ ބާރު ދުވެލީގެ ސަބަބުން އައިންތަކުގެ ކުރިޔަށް ނުކުމެ ދުވާ ކަމަށްވެ އެވެ. އެހާ ކުރީގައި ނައިބޮއްޔާއި ބެހޭ ގޮތުން އެވަރުގެ މައުލޫމާތެއް ވެސް ލިބިފައި އޮތުމަކީވެސް ކުޑަކަމެއް ނޫނެވެ.

ނަން

އިނގިރޭސި ބަހުން މި ބޮއްޔަށް ކިޔަނީ ނޯޓިލަސް (nautilus) އެވެ. ގުރީކު ބަހުން މީގެ މާނައަކީ ސެއިލަރ (Sailor) އަވެ. އަޅުގަނޑަށް ދަސްވެފައި އޮތީ “ނައުބޮލީ” ނަމުންނެވެ. އެކަމަކު މި ލިޔުން ލިޔަން ވެގެން ރަދީފު ބެލިއިރު ރަދީފުގައި އޮތީ "ނައިބޮއްޔެވެ." މަންމަ އަޅުގަނޑަށް މި ބޮލި ކިޔައި ދެއްވި ގޮތުން, ސިފަ ކުރެވުނީ ރިޔާތައް ނަގާފައި ހުންނަ ނަވެއް ކަނޑުމަތީގައި ދަތުރުކުރާހެން, މި ބޮލި ކަނޑުގެ ލޮނުގަނޑުގެ ތެރޭގައި ދަތުރުކުރާ ކުރުމަށެވެ.

ނައިބޮއްޔަކީ ދިރޭ ތަކެތީގެ, ގުރޫޕްތަކުގެ ތެރެއިން މައިކަށި ނެތް ތަކެތީގެ ތެރޭގައި ހިމެނޭ ބޮއްޔެކެވެ. އާދަޔާއި ހިލާފު މި ރީތި ބޮލީގައި ބޯވަޔާއި ބޯވަދިލަމަހުގެ ތަފާތު ބާވަތްތަކާއި ގުޅޭ ސިފަތައް އެކުލެވިފައިވެ އެވެ. ނަމަވެސް މި ބުނެވުނު ތަކެތީގައި ނެތް ވަރުގަދަ ރީތި ތޮށިގަނޑެއް ނައިބޮއްޔަށް ލިބިފައިވެ އެވެ. އެ ތަކެތީގައިވާ ފަދަ ފައިތަކެއް ލިބިފައިވިޔަސް އެތަކެތީގެ ފައިތަކުގައިވާ ތަތްކުރާ ފިތްތަކެއް ނައިބޮލީގެ ފައިތަކަކު ނުހުރެއެވެ.

ބޭނުން

ނައިބޮއްޔަކީ ރާއްޖޭގައި އުޅޭ ބާވަތަކަށް ނުވާތީ, ދިވެހިންނަށް ނައިބޮލި ލިބެނީ ރާއްޖޭގެ ރަށްރަށުގެ ގޮނޑުދޮށަށް އޮއިވަރާއެކު ފެންމަތިން އައިސް ލެއްގުމުންނެވެ. ނައިބޮލި ދިވެހިންގެ ތެރޭގައި މަޝްހޫރުވެފައި އޮންނަނީ އެބޮލިން ސަމުސާ ހަދާ ބޭނުން ކުރުމަށާއި ރާއްޖެއަށް ޓުވަރިޒަމް ތައާރަފުވުމުން އޭގެ ތޮށިގަނޑުން ގަހަނާ ހެދުމާއި އެމީހުންނަށް ބޭނުންވާނެ ތަކެތިތައްޔާރު ކުރާކުރުމުންނެވެ. ނައިބޮލީގެ ބޭރުތޮށިގަނޑުގައި އޮފުނެތް ކަމުގައިވިޔަސް ގަހަނާ ފަދަ ތަކެތި ހަދާ މީހުން މީގެ ބޭރުތޮށިގަނޑު ގާނާ ދުއްވާލުމުން ފެންނާނީ ތަފާތު އެތައް ކުލަތަކެއް އަރާފައިބާ އޮފުގަދަ އެއްޗެއްގެ ގޮތުގަ އެވެ. އެވޭލާ ޒަމާނުގައި ދިވެހިންގެ ކޮންމެ މީހަކު ވެސް އެމީހެއްގެ ހަށިގަނޑުގެ ކޮންމެވެސް ތާކު ތަވީދެއް ފަންޑިތައެއް ނެތިއެއް ނުދާނެ އެވެ. މިގޮތުން ކުޑަކުދިންގެ ކަރުގައި ނައިބޮލީގެ އެތެރޭގައި ހުންނަ ބެއްދުންތައް (ނައިބޮލިކަރު) ނަގައިގެން ވަށްކޮށްގެން ރުފިޔާއެއް ވަރުގެ ފޮއްޗެއްގެ އެއްއަރިމަތީގައި ލޯވަޅެއް އަޅައި ރޮއްޖަކަށް އަމުނައިގެން ފަށުފުލެއްހެން ކަރުގައި އަޅައި އުޅެއެވެ.

ގަދީމީ

ނައިބޮއްޔަކީ ދިރޭތަކެތީގެ ތެރެއިން ވަރަށް ގަދީމީ ބޮއްޔެކެވެ. ސައިންސްވެރިން ހޯދައިފައިވާ ހޯދުންތަކުން އެނގޭ ގޮތުގައި ނައިބޮއްޔަކީ ޑައިނަސޯ ދުނިޔޭގައި އުޅެން ފެށުމުގެ 265 އަހަރު ކުރީގައި ވެސް އުޅެފައިވާ ބާވަތެކެވެ. ދެހާސް މިލިއަން އަހަރު ކުރީގައި ދުނިޔޭގައި މީގެ 10,000 ވައްތަރު އުޅުނުކަމަށް ވެ އެވެ. ނަމަވެސް މިހާ ހިސާބަށް އައިއިރު ދުނިޔޭގައި އުޅެނީ އޭގެ މަދު އަދި ސައިޒުގެ ގޮތުން ކުދި ބާވަތްތަކެކެވެ. ފޮސިލުތަކުން ފެނިފައިވާ ބޮލިތަކުގައި 6 މީޓަރާއި 9 މީޓަރު (19.6 ފޫޓާއި 29.5 ފޫޓު) ގެ ބޮޑެތި ބޮލިވެސް ފެނިފައި ވެ އެވެ. މި ބޮއްޔާއި މެދު ހައިރާން ވާންޖެހޭ ކަންތައްތަކުގެ ތެރޭގައި ފޮސިލުތަކުން ފެނިފައިވާ 550 މިލިޔަން އަހަރުގެ ކުރީގެ ބޮއްޔާއި މިއަދު ދުނިޔޭގައި އުޅޭ ބޮއްޔާ އަޅާބަލާއިރު ބަދަލު ނައިސް ހުރި ހުރުން ހިމެނެ އެވެ. އެހެން ކަމުން މި ބޮލި މަޝްހުރުވެފައި އޮންނަނީ "ލިވިން ފޮސިލްގެ" ނަމުންނެވެ. ބޯވަޔާއި ބޯވަދިލަމަސް ފަދަ ތަކެއްޗަށް ބޮޑެތި ބަދަލުތައް އައިސްފައި ވީ ނަމަވެސް ނައިބޮއްޔަށް އެފަދަ ބަދަލުތައް ނާންނަކަން ފާހަގަ ކޮށްލެވެއެވެ.

އިހުގައި ދުނިޔޭގައި ދިހަހާސް ވައްތަރެއްގެ ނައިބޮލި އުޅުނުކަމުގައި ވިޔަސް މިއަދު ދުނިޔޭގައި އުޅެނީ ނައިބޮލީގެ 6 ބާވަތެވެ. އެ ހަ ވައްތަރަކީ:

  • ކުރިސްޓީ ނޯޓިލެސް (Crusty Nautilus)
  • ޗެމްބާރޑް ނޯޓިލެސް (Chambered Nautilus)
  • ބެލީބަޓަން ނޯޓިލެސް (Bellybutton Nautilus)
  • ޕަލާއު ނޯޓިލެސް (Palau Nautilus)
  • ވައިޓް ޕެޗް ނޯޓިލަސް (White-Patch Nautilus)

އުޅޭތަނާއި ސަރަހައްދު

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މައިކަށި ނެތް ދިރޭ ތަކެތީގެ އާއިލާގެ ބާވަތްތައް އުޅުނު ކަމުގައި ވިޔަސް, ނައިބޮލި ދިރިއުޅެނީ ދެކުނު ހުޅަނގު ޕެސެފިކް ކަނޑުގައެވެ. ހާއްސަކޮށް ފިލިޕީންސް, އިނޑޮނޭސިއާ, އަދި އޮސްޓްރޭލިއާ ހިމެނޭ ސަރަހައްދުތައް ފާހަގަ ކޮށްލެވެ އެވެ.

ކާނާ

ނައިބޮލީގެ މައިގަނޑު ކާނާއަކީ ޑިނގަ އާއި ކަކުންޏާއި ހަރުތޮށިގަނޑު ލިބިފައިވާ ބާވަތްތަކުގެ އިތުރުން މަރުވެފައި ހުންނަ ތަކެއްޗެވެ. މި ސޮރުމެން ކާނާ ހޯދުމަށް ޝިކާރަކޮށް އުޅުމުގައި އެންމެ ބޮޑަށް ބޭނުން ކުރަނީ ބޮލީގެ ފައިތަކެވެ. އެއަށް ފަހު އޭގެ ވަރުގަދަ ތުންގަނޑުން ނުވަތަ ދަތްތަކުގެ އެހީގައި ކުދިކޮށްގެން ކައިއުޅެއެވެ. މީގެ ތުންގަނޑަކީ ބޯވަ އާއި ގުރާފަދަ ތަކެތީގައި ހުންނަ ފަދަ ވަރުގަދަ ތުންގަނޑެކެވެ. (ނުނިމޭ)

މަޢުލޫމާތު ނެގީ:

www.marinebio.org

www.seasky.org

https:octolab.tv

ކޮމެންޓް

ފަހުގެ ޚަބަރު

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

Newsletter

Get the latest news delivered straight to your inbox