ފުލުހަކަށް ހަމަލާ ދިން ހަތަރު މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

ހުޅުމާލޭގައި ފުލުހަކު އާންމުންގެ މީހަކާ ވާހަކަ ދައްކަނީ: ހުޅުމާލޭގައި ފުލުހަކަށް ހަމަލާ ދީގެން ހަތަރު މީހަކު ހައްޔަރުކޮށްފައިވޭ -- އަދަދު ފޮޓޯ/ މުހައްމަދު ޝާބިން

ހުޅުމާލޭގައި ފުލުހަކު އާންމުންގެ މީހަކާ ވާހަކަ ދައްކަނީ: ހުޅުމާލޭގައި ފުލުހަކަށް ހަމަލާ ދީގެން ހަތަރު މީހަކު ހައްޔަރުކޮށްފައިވޭ -- އަދަދު ފޮޓޯ/ މުހައްމަދު ޝާބިން

ހުޅުމާލޭ މަގެއްގެ މަތީގައި ހުއްޓައި ގްރޫޕަކުން ފުލުހަކަށް ހަމަލާ ދިން މައްސަލައިގައި ހައްޔަރު ކުރި ހަތަރު މީހުން ބަންދުގެ މުއްދަތު ހުޅުމާލޭ ކޯޓުން ޖަހައިފި އެވެ.

ގަލޮޅު ޕޮލިސް ސްޓޭޝަނުގެ ފުލުހަކު ކުލަ ހެދުމުގައި ހުޅުމާލޭ މަގެއްގެ މަތީގައި ހުއްޓައި އޭނާއަށް ހަމަލާ ދިން މައްސަލައި ގައި ހައްޔަރުކޮށްފައި ވަނީ ހަތަރު މީހުންނެވެ. އެއީ އުމުރުން 21 އަހަރުގެ މީހަކާއި 33 އަހަރުގެ މީހަކާއި 42 އަހަރުގެ މީހަކާއި 44 އަހަރުގެ މީހެކެވެ.

ފުލުހުން މިއަދު ބުނި ގޮތުގައި، އެ މީހުންގެ ބަންދު މުއްދަތު ޖަހަން ހުޅުމާލޭ ކޯޓަށް ގެންދިޔުމުން 21 އަހަރުގެ މީހާގެ ބަންދަށް ވަނީ 15 ދުވަސް ޖަހައިފަ އެވެ. 42 އަހަރުގެ މީހާއާއި 44 އަހަރުގެ މީހާގެ ބަންދަށް ހަތް ދުވަސް ޖަހާފައިވާއިރު 33 އަހަރުގެ މީހާގެ ބަންދަށް ޖެހީ ފަސް ދުވަހެވެ.

އޭނާއަށް ލިބުނު ޒަހަމްތަކަށް ފަރުވާދިނުމަށް ހޮސްޕިޓަލަށް ގެންދިޔުމަށްފަހު ރޭގެ ވަގުތެއްގައި ވަނީ ދޫކޮށްލައިފަ އެވެ. އޭނާއަށް ލިބުނު ޒަހަމްތަކުގެ ތަފްސީލެއް އަދި ނޭނގެ އެވެ.

އެ ފުލުސް މީހާގެ ހިތްވަރަށް ތައުރީފުކޮށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އޭނާއަށް ހަމަލާ ދިނީ މާލޭގެ މަޝްހޫރު ގޭންގަކުން ކަމަށެވެ.

އެކަމަކު، އޭނާއަށް ހަމަލާ ދިން ސަބަބެއް މިހާތަނަށް އެނގިފައި ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox