ސަސް އަތުން މޮޅުވެ، ލީގު ބްރޭކަށްދާއިރު މާޒިޔާ އަށް އެއް ވަނައިގައި ލީޑެއް

May 19, 2023, 5:53 PM
ލަނޑު ޖެހުމަށް ފަހު މާޒިޔާ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ލަނޑު ޖެހުމަށް ފަހު މާޒިޔާ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަތުން 3-0 އިން މޮޅުވެ، އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގު 2023 ބްރޭކަށްދާއިރު، އެންމެ ފަހުގެ ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން މިރޭ އެއް ވަނައިގައި ލީޑެއް ނަގައިފި އެވެ.

ކޮންމެ ޓީމެއް ލީގުގައި ތިން މެޗު ކުޅެފައިވާއިރު، ލީގު މި ވަނީ ޖުލައި 15 އާ ހަމައަށް މެދުކަނޑާލައިފަ އެވެ. އެއީ، އަންނަ މަހުގެ 23 އިން ޖުލައި 4 އަކަށް އިންޑިއާގެ ބެންގަލޫރުގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމާއި އެ މުބާރާތަށް ނެގި ބްރޭކެެކެވެ. މި ބްރޭކަށްދާއިރު، އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ އެއް ވަނައިގައި އޮތީ ހުރިހާ މެޗަކުން މޮޅުވެ، ދެ ޕޮއިންޓުގެ ލީޑަކާ އެކު އެވެ.

ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާ އަށް ނުވަ ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް އީގަލްސް އަށް ހަތް ޕޮއިންޓް އަދި ތިން ވަނައިގައި އޮތް ސަސް އަށް ވަނީ ހަ ޕޮއިންޓް ލިބިފަ އެވެ. ހަތަރެއްގައި އޮތް ބުރު ސްޕޯޓްސް ކްލަބަށް ވެސް ހަ ޕޮއިންޓް ލިބިފައިވާއިރު، ފަސް ވަަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. ހަ ވަނައިގައި އޮތް ކްލަބް ގްރީން ސްޓްރީޓްސްގެ ތިން ޕޮއިންޓް އޮތްއިރު، ހަތް ވަަނައިގައި އޮތް ވެލެންސިއާ އާއި ފުލުގައި އޮތް ޔުނައިޓެޑް ވިކްޓަރީ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗު ފަށައިގެން ސަސް އިން ވަނީ ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން ކުޅެން ފަށައިފަ އެވެ. އެ ގޮތުން، ސަސް އަށް ކުޅޭ މުހައްމަދު ސަހާއު (ބޭލް)، މާޒިޔާ އޭރިއާތެރެއިން ޖެހި ބޯޅަ ވަނީ ގޯލުގެ ހުރަސްދަނޑިއަށް އަމާޒުވެފަ އެވެ. އޭގެ އިރުކޮޅެއް ފަހުން، ސަސްގެ ފޯވާޑް، އަހުމަދު ހުސާމް (ހުސާންކޮ) ޖެހި ޝޮޓެއް ވަނީ އަރިމަތިން ބޭރަށް ގޮސްފަ އެވެ.

ސަސް އިން ރަނގަޅަށް ކުޅެމުން ދަނިކޮށް، މެޗުގެ އޮއެވަރު ބަދަލުވެގެންދިޔައީ، މެޗުގެ 17 ވަނަ މިނިޓްގައި މާޒިޔާ އަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް، ހަމްޒާ މުހައްމަދު (ހަމްޕު) އެ ޓީމަށް ލީޑުނަގައިދިނުމުންނެވެ. މި ޕެނަލްޓީ ދިނީ މާޒިޔާ އިން ކޯނަރެއްގައި ގޯލަށް ފޮނުވާލި ބޯޅައެއް ގޯލު ރޮނގުމަތީގައި ހުރެފައި ސަސްގެ އަހުމަދު އައިހަމް (ފަތޯ) އަތުން ޖެއްސުމުންނެވެ. މި ހޭންޑްބޯލް އަށް އައިހަމް އަށް ވަނީ ސީދާ ރަތް ކާޑެއް ދައްކައިފަ އެވެ.

މެޗުގެ ބޮޑުބައި އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުމުން ސަސް އަށް އުނދަގޫތަކެއް ދިމާވި ނަމަވެސް ލިބޭ ފުރުސަތުތަކުގައި ވަނީ މާޒިޔާ އަށް ނުރައްކާކޮށްފަ އެވެ. އެ ގޮތުން އޭރިއާބޭރުން ލިބުނު ހިލޭޖެހުމެއްގައި ސަސްގެ އަހުމަދު އައިހަމް (އައިހު) ޖެހި ބޯޅަ ބޭރުވީ ހުރަސްދަނޑީގައި ޖެހިފަ އެވެ. އެ ބޯޅަ އަށް މާޒިޔާގެ ކީޕަރު، މުހައްމަދު ފައިސަލް އަށް ހަރަކާތް ނުކުރެވުނެވެ.

ފުރަތަމަ ހާފުގައި މާޒިޔާ އަށް ދެ ވަނަ ގޯލެއް ޖަހައިދޭން ހަަސަން ރާއިފް އަހުމަދު (ހަންނަ) އާއި ހުސެއިން ނިހާން (ނިހާޓް) އަށް ލިބުނު ފުރުސަތުތަކުގައި ބޭނުމެއް ނުހިފުނެވެ. ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ފަސް މިނިޓް ތެރޭ، މާޒިޔާ އަށް ލީޑުފުޅާކޮށްދޭން ފުރުސަތު ލިބުނީ ހަމްޕު އަށެވެ. ސަސްގެ ޑިފެންސް ފަހަތަށް މަތިން އައި ބޯޅައަކަށް އަރައި ހަމްޕު ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ.

މެޗުގެ 55 ވަނަ މިނިޓްގައި މާޒިޔާ އޭރިއާތެރެއިން ސަސްގެ ފޯވާޑް، ހުސާންކޮ އަށް ފައުލުކުރި ކަމަށް ބުނެ، ސަސްގެ ކުޅުންތެރިންނާއި ބެންޗުން ވަރަށް ބޮޑަށް އެޕީލްކުރި ނަމަވެސް މެޗުގެ ރެފްރީ، ސިނާން ހުސެއިން ވަނީ ޕެނަލްޓީއެއް ދޭން ނުޖެހޭ ކަމަށް ނިންމައިފަ އެވެ.

ދެ ވަނަ ހާފްގައި ބަދަލަކަށް ކުޅެން އެރި ސާބިއާގެ ފޯވާޑް ސްޓެފަން މިހަލޮވިޗަށް ފުލުފުލުގައި ލަނޑު ޖަހަން ލިބުނު ދެ ބޯޅަ ވެސް ބޭނުމެއް ނުކުރެވުނެވެ. އެކަމަކު، މެޗުގެ 63 ވަނަ މިނިޓްގައި، މިހަލޮވިޗަށް ލިބުނު ބޯޅައެއް ހުއްޓުވަން ސަސްގެ ކީޕަރު އަބްދުﷲ ޒިމާމް މަސައްކަތް ކުރި ވަގުތު އަތުގައި ޖެހިފައި ގޯލުގެ ރޮނގުކައިރިން ހަންނަ އަށް ލިބުމުން ވަނީ ގޯލަށް ބޯޅަ ވައްދާލައިފަ އެވެ.

އޭގެފަހުން، މިހަލޮވިޗް ޖެހި ގޯލެއް އޮފްސައިޑް ކަމަށް ނިންމިއިރު، އޭރިއާބޭރުން ހަމްޕު ޖެހި ބޯޅަ ބޭރުވީ ހުރަސްދަނޑީގައި ޖެހިފަ އެވެ.

މާޒިޔާގެ ތިން ވަނަ ގޯލު ޖެހީ ބަދަލަކަށް ކުޅެން އެރި އަލީ ފާސިރު (ސެންޓޭ) އެވެ. މި ގޯލުގައި ފެނުނީ ބަދަލަކަށް ކުޅެން އެރި ސެންޓޭ އާއި ނާއިޒު ހަސަން (ދާދު)ގެ ކޮމްބިނޭޝަން އެވެ. ދާދު ނެގި ބޯޅަ ސެންޓޭ ވަނީ އެއް ފަހަރުން ގޯލުގެ ތިރީ ކަނަށް ފޮނުވާލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox