ދިވެހި ރަސްރަސްކަލުންނާއި ރަނިންގެ ކޮލީ ނަންތަކުގައި އެ ކިޔަނީ ކީކޭ؟

-- އާޓްވޯކް: ރައްޔާން މުހައްމަދު/ އަދަދު

-- އާޓްވޯކް: ރައްޔާން މުހައްމަދު/ އަދަދު

ދިވެހި ރަސްމަތިފުށުގެ ތާރީޚު ފޮތެއް ހުޅުވާލުމުން ފެންނަ އެންމެ ބީރައްޓެހި ލަފުޒުތައް ކަމުގައި ވަނީ ރަސްރަސްކަލުންނާއި ރަނިރަނިކަނބަލުންގެ ކޮލީ ނަންފުޅުތަކުގައި އެ ހުންނަ ލަފުޒުތަކެވެ. ސިރީ، ލޯކަ، ކައްތިރި، ބޮވަނަ، އަލިރަންމީބަ، މިހެންގޮސް މި ޒަމާނުގެ ކަންފަތްތަކާ އިންތިހާއަށް ބީރައްޓެހި އެތައް ލަފުޒުތަކެކެވެ. އަޅުގަނޑުމެންގެ ފަރުވާކުޑަކަން ވެސް ހުންނަ މިންވަރަކީ އެއީ ކޮން އެއްޗެއްތޯ ސާފުކުރަން ނޫޅެ، އެ ނަން ހިތުދަސްކޮށްލީމާ ފުދުނީ ކަމުގައި ނިންމަނީއެވެ. އެކަމަކު މިއަދު، އެއިން މާނަ އެނގޭންހުރި ބައެއް ލަފުޒުތަކުން އެ ދޭހަ ވަނީ ކޮން ކަމެއްތޯ ބަލާލުމުގެ ޝައުޤުވެރިކަން އުފެދިއްޖެއެވެ. އެންމެ ފުރަތަމަ މިއީ ކޮންކަހަލަ ލަފުޒުތަކެއްތޯ ބަލަމާ ހިނގާށެވެ. ކުރިން އަޅުގަނޑަށް ހީވެފައިއޮތީ މިއީ އެ ރަސްކަލެއްގެ ނުވަތަ ރަނިކަނބަލެއްގެ ނަމަށް އިތުރުކުރެވޭ ނަންތަކެއް ކަމަށެވެ. އެހެން ނަމަވެސް ޙަޤީޤަތަކީ މިއީ އެ އިރެއްގައި ތަޚުތަށް ކޮލިލާ ވެރިއެއްގެ މޮޅުކަމާއި، ނުފޫޒުގެ ގަދަކަމާއި، ޢިއްޒަތްތެރިކަން ސިފަކޮށްދޭ ނަންއިތުރުތަކެއް ކަމެވެ. މީގެ ތެރެއިން ގާތްގަނޑަކަށް ހުރިހާ ނަންއިތުރަކީ ނުވަތަ ނަންއިތުރުގެ ނަމަކީ، ސާންސްކިރިތުން ދިވެއްސަށް އައިސްފައިވާ ލަފުޒުތަކެވެ. މި ނަންތަކުގައި އެންމެ ޢާއްމު އެއް ނަން އިތުރެވެ. "ސިރީ"އެވެ. ބަސްފޮތް ބުނާ ގޮތުން ސިރީގެ މާނައަކީ، ކީރިތި؛ ނަން އުފުލިގެންވާ؛ މާތް؛ ނުވަތަ ބަސްގަދަ އެވެ. އެހެން ނަމަވެސް ސިރީ އެކަނި އިތުރުކޮށްގެން ފުއްދޭކަށް ނެތެވެ. ސިރީއާ ގުޅުވައިގެން އެ ރަސްކަލެއްގެ އިތުރު ސިފައެއް ސިފަކޮށްދޭ އިތުރު ލަފުޒެއް ނުވަތަ ލަފުޒުތަކެއް ވެސް ބޭނުންކުރެއެވެ. ލިސްޓުކުރިއްޔާ ކިޔާލަން ފަސޭހަވާނޭތީ ލިސްޓުކޮށްލާނަމެވެ.

ސިރީހެވެދަރުނައަބާންނަ- ހެދުނުހާ މީހުންކުރެ މާތް އަބާރަނައެއް ފަދަ މީހާ

މިތަނުގައި "އަބާރަނަ" އޭ ބުނެފައި އެއޮތީ، އަންހެނުން އަރާ އުޅުނު، އަލިމަހުން ހަދާފައި ހުންނަ ގިލަފައްޗަކަށް ނިސްބަތްކޮށްފައެވެ. އެހެންކަމުން އެ ބުނަނީ އެހާ އަގުހުރި، އެހާ ތަދު، އެހާ މޮޅު މީހެކޭ ކަމުގައިބެލެވިދާނެއެވެ. އަނެއްކާ އެއީ ހެދުނުހާ މީހުންގެ ތެރެއިން އެފަދައިން ވިދާލާ މީހެކޭ ސިފަކުރުމުން އޭނާގެ މޮޅުކަން އިތުރުކޮށްދެއެވެ.

ސިރީ ރަންނަވަލޯކަ އަބާރަނަ- ދުނިޔެއަށް މިންނެތް މާތް މީހާ

މި ނަންއިތުރުން ސިފަކުރައްވާފައިވާ ރަސްރަސްކަލުންގެ ތެރޭގައި ދެވަނަ އިސްކަންދަރު ރަސްގެފާނު ހިމެނިވަޑައިގަންނަވައެވެ. ބައެއް މުވައްރިޚުން މި ލިޔުއްވަނީ "ރަންނަމަލޯކަ" މިގޮތަށެވެ.

ސިރީ ކުލަސުންދުރަ- ކީރިތި ބަސްގަދަ މާތްކަން ލިބިގެންވާ ވަންހަވެރި ރިވެތި ހެއުމީހާ

މިތަނުން "ސުންދުރަ" މި ލަފުޒުގެ މާނައަކީ އެންމެ މާތް އަދި އެއްވެސް ކުށެއް ނެތް މައުސޫމު، މި ސިފަތަކެވެ. ރަސްރަސްކަލުންގެ ތެރެއިން ގިނަ ބޭފުޅުން ސިފަކުރުމަށް މި ނަންއިތުރު ބޭނުންކޮށްފައިވެއެވެ. އެހެން ނަމަވެސް އެކަންޏަކު ނޫނެވެ. އެހެން ބައެއް ނަންއިތުރާވެސް އެކުއެކީގައެވެ. ޚާއްޞަކޮށް ހިލާލީ ދަރިކޮޅުގެ ގިނަ ޢަދަދެއްގެ ރަސްރަސްކަލުންގެ ނަމުގެ ކުރިއަށް "ކުލަސުންދުރަ" ގެނެސްފައި ހުރެއެވެ. ވަކިކޮށްލައިގެން މާނަ ބަލާއިރު ސުންދުރައިގެ މާނައަކީ މާތް ދަރިކޮޅަކުން އައިސްފައިވާ ރީތި މީހާއެވެ. ދިވެހި ފަހުގެ ރަދުންގެ ތެރެއިން، ދެވަނަ ޢިމާދުއްދީން ރަސްގެފާނު، މުޙައްމަދު މުޢިއްޒުއްދީން އިސްކަންދަރު ރަސްގެފާނު، ޙަސަން ނޫރައްދީނުލް އިސްކަންދަރު، އަދި 19 ވަނަ ޤަރުނު ފެށުނު ފަހުން ދިވެހި ތަޚުތު ދުށް ހުރިހާ ރަދުންގެ ކޮލީ ނަންފުޅުގައިވެސް މި ނަންއިތުރު ހިމަނާފައިވެއެވެ. މިއީ ބަސްފޮތުގައި ހުރި "ސިރީ"ގެ ފަހަތަށް އަދި ނަންއިތުރު ލައިގެން ހުރި ދިގު ލިސްޓެއްގައި ހިމެނޭ ދެތިން ނަންއިތުރެވެ. ރަސްރަސްކަލުންގެ ނަންތަކުގައި ހިމެނިފައިހުންނަ ބައެއް "ސިރީ" ނުހިމަނާ އެހެން ބައެއް ލަފުޒުތަކުގެ މާނައަށް ބަލާލަމާ ހިނގާށެވެ.

  1. އާދީއްތިޔަ- އާތީއްތަ (އިހުން ގަދަ މީހާ)- އިރެއްފަދަ
  2. އަބާރުނަ- ތަރުތީބުކޮށް މާތްކޮށް ކަންތައްކުރާ މީހާ
  3. ލޯކަ- ބިމުން މަތީ ވާހައި ތަންތަން ނުވަތަ ދުނިޔޭގައިވާ ހުރިހާތަނެއް
  4. ކައްތިރި- ހަނގުރާމަވެރި އަދި ގަދަފަދަ
  5. ބަވަނަ- ދުނިޔެ؛ ބަވަނަ ސުންދުރަ- ދުނިޔެއިން ރީތި؛ ބަވަނާދީއްތަ- ދުނިޔެއިން އިރެއް ފަދަ
  6. ބޮވަނަ- ފެން ހިއްކެވިހާތަން؛ ހަތްބިން- ހަތްފާތަޅާ (ބިމުގެ ހަތް ފަށަލަ)
  7. ވީރަ/ވީރު- ބަޠަލު- އާދަޔާޚިލާފަށް ބާރުގަދަ ގަދަފަދަ މީހާ
  8. ދަންމަރު- (މަޖާޒީ މާނަ) ތަނެއް ނުވަތަ ބަޔަކު އިސްލާޙުކޮށް ތަރައްޤީކުރާ މީހާ
  9. އާނަންދަ- ކުށްނެތް، ހެޔޮކަން، ފަސާދަނުވާ
  10. ސޯމަ- ސަމާސާ
  11. ރާދަ- ރަސްމަތިފުށު
  12. ސިންގާ- (މަޖާޒީ މާނަ) ހައިބަތު ހުރި
  13. ގަޑަނާދީއްތަ- ގަޑަ- ދުޅަހެޔޮ- އާދީއްތަ
  14. ދަގަތަ- ވަރުގަދަ އަދި ފެތުރެނިވި
  15. ފުރަ- ބޮޑު/އެކަހެރި
  16. ސުއްދަ ހުވަ އިސްދާނަ- އެންމެ ހެޔޮ ތެދުވެރިޔާ
  17. ސުއްދަ ސުވަރުދަ ލޯކަ- ހެޔޮކަން ފޯރައި ތެދުވެރިކަމަށް ނަންވާ މީހާ
  18. އައުދަ- ޢިއްޒަތްތެރި
  19. ސުވަރަ- ސޫރަ
  20. މަދީނީ- ދީންވެރިކަމާއި ހެޔޮކަން
  21. ސިއާކަ ސާސްތުރަ- ކަންކަމަށް ކުޅަދާނަ
  22. މަހާރަދުން- ރަސްގެފާނު
  23. މަހާރެހެންދި- ރަސްކަމުގައި އިންނެވި އަންހެން ސާހިބާ

މިއީ އަދި ބައެއް ލަފުޒުތަކެވެ. ނަންތަކުގައި ހިމެނޭ ބައެއް ލަފުޒުގެ މާނަ ދިވެހި ބަސްފޮތަކުން ނުފެނުނެވެ. އެހެންނަވެސް އެ ދިރާސާތައް ކުރެވިފައި ހުންނާނޭކަމަށް ޤަބޫލުކުރަމެވެ. އެހެންނަމަވެސް މި ލިސްޓަށް ބަލާލައިގެން ބައެއް ނަންނަމުގައި އެ ސިފަކޮށްދޭ ކަންކަން ދޭހަކޮށްލަން ފަސޭހަވާނޭކަމަށް ދެކެމެވެ. މިސާލަކަށް "ސިރީ ދަގަތަ ސުވަރަ މަހާރަދުން" ނަކީ ކީރިތި، ވަރުގަދަކަން ލިބިގެންވާ ރަސްގެފާނެވެ. "ސިރީ ސުންދުރަ އާދީއްތަ މަހާރަދުން"ނަކީ ކީރިތި މާތް އިރެއްފަދަ ރަސްގެފާނެވެ. "ސިރީ ރާދަ އަބާރަނަ މަހާ ރެހެންދި" އަކީ ރަސްމަތިފުށުގެ، ތަރުތީބުކަމާއެކު ކަންކުރާ ރަސްކަމުގައި އިންނެވި އަންހެންސާހިބާއެވެ. "ސިރީ ކުލަސުންދުރަ ސިއާކަ ސާސްތުރަ މަހާރަދުން"ނަކީ، ކީރިތި ބަސްގަދަ މާތްކަން ލިބިގެންވާ ކަންކަމަށް ކުޅަދާނެ ރަސްގެފާނެވެ. ހުރިހާ ނަންއިތުރެއްގެ މާނައެއް މި ލިޔުމުގައި ހިމަނާފައެއް ނުވާނެއެވެ. ބޯދާ ލަފުޒުތަކެއް ކަމުން މާނަ ހޯދުމަކީ އެހާ ފަސޭހަ ކަމަކަށްވެސް ނުވިއެވެ. އެހެންނަމަވެސް މި ވަރުންވެސް މިއީ ދިވެހި ރަސްމަތިފުށުގެ ތާރީޚުގައި ހުރި އޮޅުންބޮޅުންތައް ފިލުވަން ލިބޭ އެހީއަކަށް ވާނޭކަމަށް އުއްމީދުކުރަމެވެ.

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox