ނައީމާގެ މަރުގެ ތަހުގީގު ކުރިއަށްދާ ގޮތް ބައްލަވަން ކޮމިޝަނަރު ހަމީދު މަނަދޫއަށް

ސީޕީ މުހައްމަދު ހަމީދާއި ފުލުހުންގެ އިސް ބައެއް ބޭފުޅުން؛ ފުލުހުންގެ އިސް ބޭފުޅުންތަކެއް މަނަދޫއަށް ވަޑައިގެންފި - ފޮޓޯ: އާއިމް ޒަމީރު / އަދަދު

ސީޕީ މުހައްމަދު ހަމީދާއި ފުލުހުންގެ އިސް ބައެއް ބޭފުޅުން؛ ފުލުހުންގެ އިސް ބޭފުޅުންތަކެއް މަނަދޫއަށް ވަޑައިގެންފި - ފޮޓޯ: އާއިމް ޒަމީރު / އަދަދު

ނ. މަނަދޫ، އަންނާރުމާގޭ، ނައީމާ މޫސާއަށް ހަމަލާދީ އަނިޔާވެރި ގޮތަކަށް މަރާލި މައްސަލައިގެ ތަހުގީގު ކުރިއަށްދާ ގޮތް ބެއްލެވުމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އާއި ފުލުހުންގެ އިސް ބޭފުޅުން ހިމެނޭ ޓީމެއް އެ ރަށަށް ވަޑައިގެންފި އެވެ.

އޭޕްރީލް 7، ގައި ހިނގި އެ މަރުގެ ހާދިސާގެ ތަހުގީގު މޮނީޓާކުރަން މަނަދޫއަށް މިއަދު ވަޑައިގެން އުޅުއްވާ ޓީމުގައި ޕޮލިސް ކޮމިޝަނަރު ހަމީދުގެ އިތުރުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ނައީމާ، 62، މަރުގެ ތަހުގީގަށް ގިނަ އަދަދެއްގެ ފޮރެންސިކް އެކްސްޓާޕުން އެ ރަށުގައި ދަނީ ހަރަކާތްތެރިވަމުންނެވެ. ރަށުގެ ބައެއް ސަރަހައްދުތައް ބަލައިފާސްކޮށްފައި ވެސް ވެ އެވެ.

Advertisement

ކޮންމެ ދުވަހަކު ގޮތަކަށް ރަށުގެ މީހުންގެ ސާމްޕަލް ނެގުމުގެ މަސައްކަތް ކުރިއަށް ގެންދެ އެވެ. އެނގިފައިވާ ގޮތުގައި ނައީމާ މަރާލާފައިވާ އޮތް ތަނުން އިތުރު މީހެއްގެ ޑީއެންއޭ ވަނީ ފެނިފަ އެވެ. އެހެންވެ ފުލުހުން ދަނީ ޑީއެންއޭ ދިމާވާނެ ސާމްޕަލް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ނައީމާ ދިރިއުޅޭ ގެ ކައިރިއަށް އޭނާ ހޯދަން ދިޔަ ބައެއް މީހުންނާއި އެ ދުވަހު އެ ގެ ކައިރީ ހަރަކާތްތެރި ކަމަށް ބެލެވޭ މީހުންގެ ހަށިގަނޑުން ޑީއެންއޭ ސާމްޕަލް އާއި އިނގިލީގެ ނިޝާން ވެސް ވަނީ ނަގައިފަ އެވެ. ނައީމާގެ އާއިލާގެ ބައެއް މީހުންގެ ހަށިގަނޑުން ވެސް ޑީއެންއޭ ސާމްޕަލް އާއި އިނގިލީގެ ނިޝާން ނަގާފައިވެ އެވެ.

ނަމަވެސް މިހާތަނަށް ނެގި ސާމްޕަލްތަކުން، ނައީމާ މަރާލާފައި އޮއްވާ ފެނުނު އޭނާގެ ކޮޓަރިން ފެނުނު ޑީއެންއޭ ސާމްޕަލްއާ ދިމާނުވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ނައީމާގެ ހަށިގަނޑު ފެނުނު އޭނާ ދިރިއުޅޭ ގެ ހިމެނޭ ސަރަހައްދު، އާންމުންނަށް ނުވަދެވޭ ގޮތަށް ހަފުތާއެއްހާ ދުވަސް ވަންދެން ބަންދުކޮށްފައި ވެސް ބެހެއްޓި އެވެ. ނަމަވެސް މިހާރު ބަންދުކޮށްފައި ވަނީ ހަމައެކަނި އެ ގެ ކަމަށް ރަށު ކައުންސިލުން ބުންޏެވެ. ގެ ބަންދުކޮށްފައި ހުންނަތާ ތިން ހަފުތާއެއްހާ ދުވަސް ވެއްޖެ އެވެ.

ނައީމާގެ މަރުގައި އިތުރަށް ބަލަން ޖެހޭ ކަންތައްތަކެއް ހުރުމުން، ފުލުހުންނަށް ނާންގާ އެއްވެސް އުޅަނދެއް މަނަދޫއިން ބޭރަށް ނުދިއުމަށް އެރަށު ކައުންސިލުން ވަނީ އާންމުކޮށް އަންގާފަ އެވެ. ހަމައެއާއެކު ރަށަށް ދާ މީހުން ވެސް ފުލުހުންނަށް އަންގާފައި ދިއުމަށް ވެސް ކައުންސިލުން އަންގާފައިވެ އެވެ.

މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ މަރުވެފައި އޮއްވާ ފެނުނުއިރު ކޮޓަރީގެ ބިންމަތީގައި ގިނަ އަދަދަކަށް ލޭ ހުއްޓެވެ. އޭނާގެ ހަށިގަނޑުގެ އެކި ތަންތަނަށް ވަޅި ހަރާފައިވާކަން އެނގިފައިވެ އެވެ.

ނައީމާ މަރުވި އިރު ދުނިޔޭގައި އޭނާގެ ތިން ދަރިން އެބަ ތިއްބެވެ. ދެ ކައިވެންޏެއް ކުރިިއިރު، ކައިވެނިކުރި ދެ މީހުން ވެސް މިހާރު ދުނިޔޭގައި ނެތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިކުއިޓީ ހިލޭ ކުރާ ޕްރޮގްރާމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އެ ޕްރޮގްރާމުގެ ދަށުން މާލޭގައި ގެދޮރު އިމާރާތް ކުރަން ބޭނުންވާ ނަމަ އެއް މިލިއަން ރުފިޔާއާ ހަމައަށް ސަރުކާރުން ހިލޭ ފައިސާ ދޭނެ އެވެ. އަދި ރަށެއްގައި ނަމަ ދެ ލައްކަ ރުފިޔާއާ ހަމައަށް ހިލޭ ފައިސާ ދޭނެ އެވެ.

ބީއެމްއެލްގެ ހައުސިން ލޯނުގެ އިކުއިޓީ ކުޑަކޮށްފި

ތިން މިލިއަން ރުފިޔާ ނުވަތަ އެއަށް ވުރެ ދަށުގެ ލޯނުތަކަށް ނަގާ އިކުއިޓީ ފަސް ޕަސެންޓަށް ކުޑަކުރުމުގެ އިތުރުން ލޯނު ދޫކުރާއިރު ރަހުނެއް ވެސް ބަހައްޓާކަށް ނުޖެހޭނެ އެވެ. މީގެ ކުރިން އިކުއިޓީއަށް ލޯނުގެ 20 ޕަސެންޓު ނަގަ އެވެ.

ރަސްމާލެ ހާއްސަ ވެފައި އޮންނަންވާނީ ދިވެހިންނަށް: ޔާމީން

ރަސްމާލެ މަޝްރޫއަކީ ދިވެހިންގެ ބޯހިޔާވަހިކަމަށް އަމާޒުކޮށްފައިވާ ކަމަކަށްވާތީ، އެ ބިންތައް ބޭރުގެ ފަރާތްތަކަށް ވިއްކާލުމާ ކުރީގެ ރައީސް ޔާމީން ދެކޮޅު ހައްދަވައި ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދިވެހިންގެ ފައިސާއިން ހިންގާ މަޝްރޫއަކުން ބޭރު ބަޔަކަށް ފުރުސަތު ދިނުމަކީ ދިވެހިން ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ވެގެންދާނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރަސްމާލެއިން ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މިއަހަރު ސަބްސިޑީއަށް ޖެހީ 2.9 ބިލިއަން، މިހާރު 4.3 ހަރަދުވެއްޖެ

"އެގޮތުން އަޅުގަނޑުމެން މި އަހަރަށް ބަޖެޓުކޮށްފައި ވަނީ 2.9 ބިލިއަން. އެހެން ނަމަވެސް މިހާތަނަށް 4.3 ބިލިއަން ސަބްސިޑީޒްގެ ގޮތުގައި އަޅުގަނޑުމެންނަށް ހަރަދު ކުރަންޖެހިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ސުކޫކަށް ފައިސާ ދެއްކި ގޮތުގެ ތަފްސީލު މިނިސްޓަރު ހާމަކޮށްފި

"އަޅުގަނޑުމެން ސުކޫކަށް ފައިސާ ދެއްކުމަށް މި ބޭނުން ކުރީ 350 މިލިއަން ޑޮލަރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގެ ތެރެއިން. އަދި ހަމަ އެއާއެކު ދައުލަތުގެ ރިޒާވުން 175 މިލިއަން ޑޮލަރު އެކަމުގައި ބޭނުން ކުރެވިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ރައީސްގެ ދަތުރުގައި ބޮޑުވަޒީރު ޝެހެބާޒްއާ ބައްދަލު ކުރައްވާނެ

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރަކީ ބޮޑުވަޒީރު ޝެހެބާޒްގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށެވެ. ޕާކިސްތާނުގެ ރައީސް އާއި ބޮޑުވަޒީރުގެ އިތުރުން އެ ގައުމުގެ އިސް އެހެން ބައެއް އޮފިޝަލުންނާ ވެސް މުއިއްޒު ބައްދަލު ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލަންޖެހޭ ކަމަށް ދިރާސާގައި ބުނެފި

"ގާނޫނީ ގޮތުން މި ޕްރޮޖެކްޓު މަޑުޖައްސާލުމުގެ ބާރު ސަރުކާރަށް އަދިވެސް އެބަ އޮތް. އަދި މި ޕްރޮޖެކްޓު މަޑުޖައްސާލުމަކީ ސަރުކާރަށް ގާނޫނީ ގޮތުން ލާޒިމް ކަމެއް. ޕްރޮޖެކްޓު އިތުރަށް ކުރިއަށްގެންދަންޖެހޭނީ އަލުން ނެގޯޝިއޭޓްކޮށްގެން،" އެ ދިރާސާގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox