ގްރީން ސްޓްރީޓްސް އަތުން ބޮޑު މޮޅެއް ހޯދައި މާޒިޔާ ހަމަޖެހިލައިފި

May 13, 2023, 5:58 PM
ލަނޑު ޖެހުމަށް ފަހު މާޒިޔާގެ ސެންޓޭ އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ލަނޑު ޖެހުމަށް ފަހު މާޒިޔާގެ ސެންޓޭ އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގު 2023 ގައި މިރޭ ކުުޅުނު މެޗުގައި ކްލަބް ގްރީން ސްޓްރީޓްސް އަތުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އިން 5-0 އިން ބޮޑު މޮޅެއް ހޯދައިފި އެވެ.

އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާގެ އިތުރުން މި ފަހަރުގެ ލީގުގައި ފުރަތަމަ ދެ މެޗުން މޮޅުވީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ. މާޒިޔާ އިން ފުރަތަމަ މެޗުގައި ޔުނައިޓެޑް ވިކްޓަރީ އަތުން 7-2 އިން މޮޅުވިއިރު، ޔުނައިޓެޑް ވިކްޓަރީ އަތުން ސަސް މިއަދު ހަވީރު މޮޅުވީ 3-0 އިންނެވެ. ސަސް ވަނީ ފުރަތަމަ މެޗުން ގްރީން ސްޓްރީޓްސް 5-1 އިން ބަލިކޮށްފަ އެވެ.

މާޒިޔާ އިން މިރޭގެ މެޗަށް ނެރުނު ފުރަތަމަ އެގާރައިގައި މުޅިން ހިމަނާފައިވަނީ ދިވެހި ކުޅުންތެރިންނެވެ. ފުރަތަމަ އެގާރައިން ފާހަގަވި އެއް ކަމަކީ އަނިޔާއިން ރަނގަޅުވެ، ކުރީގެ ފޯމަށް އެނބުރި އަންނަން މަސައްކަތް ކުރަމުން އަންނަ މިޑްފީލްޑަރު، އަލީ ފާސިރު (ސެންޓޭ) ފުރަތަމަ ފަހަރަށް ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނިފައިވުމެވެ.

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗު ފަށައިގެން ކުރިއަށް ޖެހިގެން މާޒިޔާ އިން ކުޅެމުން ދިޔައިރު، 16 ވަނަ މިނިޓްގައި މާޒިޔާ އަށް ލީޑުނަގައިދިނީ ހަސަން ރާއިފް އަހުމަދު (ހަންނަ) އެވެ. މާޒިޔާގެ ހަސަން ނަޒީމް ގާސިމް (ޗޯޓު) އަރިމަތިން ނަގައިިދިން ހުރަހަކުން އޭރިއާތެރެއިން ސެންޓޭ ފައިގައި ޖެހިފައި ހަންނަ އަށް ލިބުނު ބޯޅަ އޭނާ ވަނީ ފަސޭހައިން ގޯލަށް ވައްދާލައިފަ އެވެ.

ކައުންޓަ އެޓޭކުގައި ގޯލެއް ޖެހޭތޯ ގްރީން ސްޓްރީޓްސް އިން މަސައްކަތް ކުރިއިރު، މާޒިޔާގެ ދެ ޑިފެންޑަރުން ކަމަށްވާ ސަމޫހު އަލީ (ސަމުއްޓެ) އާއި އަހުމަދު ނޫމާން (ހެލްމެޓް) ކައިރިން ޖާގައެއް ހޯދޭ ގޮތެއްނުވި އެވެ. ގްރީން ސްޓްރީޓްސް އިން ބެލީ އެ ޓީމުގެ ކެޕްޓަން އަންސަރު އިބްރާހިމް (އަންކޮ) އާއި މުހައްމަދު ޖައިލަމް (އޮގީ) އަށް ބޯޅަ ދީގެން އެޓޭކް ކުރެވޭތޯ އެވެ.

މާޒިޔާގެ ހަމްޕު މިރޭގެ މެޗުގައި ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މާޒިޔާ އިން ވަނީ ފުރަތަމަ ހާފުގެ ފަހު 10 ވަރަކަށް މިނިޓް ތެރޭގައި އިތުރު ތިން ގޯލު ޖަހައިފަ އެވެ. މެޗުގެ 36 ވަނަ މިނިޓްގައި، އޭރިއާތެރެއިން ލިބުނު ފުރުސަތަކުން ހަންނަ ފައިގައި ޖެހިފައި އައި ބޯޅަ ހޯދައި، ސެންޓޭ ވަނީ ތިރިތިރިން ގޯލުގެ ދުރު ކަނަށް ފޮނުވާލައިފަ އެވެ. މެޗުގެ 42 ވަނަ މިނިޓްގައި ހަންނަ ކުރި ހުރަހަަކަށް ހުސްކޮށް އަރައި ހަމްޒާ މުހައްމަދު (ހަމްޕު) މާޒިޔާގެ ތިން ވަނަ ގޯލު ޖެހިއިރު، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި މާޒިޔާގެ ހަތަރު ވަނަ ގޯލު ޖެހީ އޭރިއާތެރެއަށް އަރައި، ސަމުއްޓެ އެވެ. ސަމުއްޓެ މި ގޯލު ޖެހީ ހަމްޕު ނެގި ހުރަހަކުން ބޮލުންނެވެ.

ދެ ވަނަ ހާފުގައި މާޒިޔާ އިން ވަނީ ހަމްޕުގެ ބަދަލުގައި ސާބިއާގެ ފޯވާޑް ސްޓެފަން މިހަލޮވިޗް ކުޅެން އަރުވައިފަ އެވެ. މާޒިޔާގެ ފަސް ވަނަ ގޯލު ޖެހީ 73 ވަނަ މިނިޓްގައި ސްޓެފަން އެވެ. އޭރިއާ ރޮނގުކައިރިން ކަހަލަ ގޮތަކަށް ސްޓެފަން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ކަނަށެވެ. އޭގެ ހަތް މިނިޓް ފަހުން، މިހަލޮވިޗް ޖެހި ބާރު ބޯޅަ ގްރީން ސްޓްރީޓްސްގެ ކީޕަރު އަހުމަދު ރަމީޒް ވަނީ މަތަކޮށްފަ އެވެ.

މެޗުގެ 88 ވަނަ މިނިޓްގައި ގްރީން ސްޓްރީޓްސްގެ ޑިފެންޑަރު، އިބްރާހިމް ހަސީބް އަށް ވަނީ ރަތް ކާޑު ދައްކައިފަ އެވެ. ހަސީބަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދެއްކީ ސްޓެފަން އަށް ކުރި ފައުލަކަށެވެ. އޭގެ ފަހުން މާޒިޔާ އިން އިތުރު ގޯލެއް ޖެހޭތޯ ބެލި ނަމަވެސް ކާމިޔާބެއްނުވި އެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޗޯޓު އެވެ. ޗޯޓު އަކީ މި ސީޒަނުގައި ގްރީން ސްޓްރީޓްސް ދޫކޮށް މާޒިޔާއާ ގުޅުނު ކުޅުންތެރިއެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox