ނައީމާގެ މަރަށް މަހެއް: ގާތިލް ހޯދަން ކޮންމެ ދުވަހަކު ސާމްޕަލް ނަގަމުން ދަނީ

ނައީމާގެ މަރަށް މަހެއް: ގާތިލް ހޯދަން ކޮންމެ ދުވަހަކު ސާމްޕަލް ނަގަމުން ދަނީ

ނ. މަނަދޫގައި އެ ރަށު ނައީމާ މޫސާ މަރާލާފައި އޮއްވާ ފެނުނުތާ މަސް ދުވަސް ވީއިރު، ކޮންމެ ދުވަހަކު ވެސް ގާތިލް ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

މަރުގެ ތަހުގީގަށް ފުލުހުންގެ ގިނަ އަދަދެއްގެ ފޮރެންސިކް އެކްސްޓާޕުން އެ ރަށުގައި ދަނީ ހަރަކާތްތެރިވަމުންނެވެ. ރަށުގެ ބައެއް ސަރަހައްދުތައް ބަލައިފާސްކޮށްފައިވެސް ވެ އެވެ. ނަމަވެސް އަދި ގާތިލް ނުހޯދޭތީ ރަށުގެ ރައްޔިތުން ތިބީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފަ އެވެ.

"އެއްވެސް ކުރިއެރުމެއް ނުފެނޭ، ހަގީގަތުގައި ރަށު ރައްޔިތުން ތިބީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި، ކައުންސިލަށް ވެސް މައުލޫމާތެއް ހިއްސާނުކުރާތާ ދުވަސްތަކެއް ވެއްޖެ،" މަނަދޫ ކައުންސިލްގެ ރައީސް އަބްދުލްރަހްމާން ސަބީހު "އަދަދު" ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.

ކައުންސިލްގެ ރައީސް ސަބީހު ކިޔައިދެއްވި ގޮތުން، ކޮންމެ ހަފުތާއެއްގެ ބުރާސްފަތި ދުވަހު ކައުންސިލް މެންބަރުން ރަށުގެ ގޭގެއަށް ޒިޔާރަތް ކުރެ އެވެ. އެ ޒިޔާރަތުގެ ތެރެއިން، ގިނަ ގޭގެއިން ފާހަގަ ކުރަނީ ގާތިލް ނުހޯދުމުގެ ކަންބޮޑުވުމެވެ. އަދި އެއިން ގިނަ ގޭގެއިން ސާމްޕަލް ނަގާފައި ވެސް ވެ އެވެ.

"ކޮންމެ ދުވަހަކު ވެސް އެބަ ފެނޭ، ކޮންމެ ވެސް އެއް ބަޔެއްގެ ޑީއެންއޭ ސާމްޕަލް، ފިންގަޕްރިންޓް ނަގާތަން، ވަރަށް މާސް ސާމްޕްލިންއަކަށް ގޮސް އުޅެނީ، މިހާރު ރަށުގެ ފުދޭވަރަކަށް ގިނަ މީހުންގެ ސާމްޕަލް ނަގާފައިވީ،" ސަބީހު ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި، ނައީމާ މަރާލާފައިވާ އޮތް ތަނުން އިތުރު މީހެއްގެ ޑީއެންއޭ ވަނީ ފެނިފަ އެވެ. އެހެންވެ ފުލުހުން ދަނީ ޑީއެންއޭ ދިމާވާނެ ސާމްޕަލް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

މިދިޔަ އޭޕްރީލް މަހުގެ ހަތްވަނަ ދުވަހު ނައީމާ ދިރިއުޅޭ ގެ ކައިރިއަށް އޭނާ ހޯދަން ދިޔަ ބައެއް މީހުނާއި، އެ ދުވަހު އެ ގެ ކައިރީ ހަރަކާތްތެރި ކަމަށް ބެލެވޭ މީހުންގެ ހަށިގަނޑުން ޑީއެންއޭ ސާމްޕަލްއާއި އިނގިލީގެ ނިޝާން ވެސް ވަނީ ނަގައިފަ އެވެ. ނައީމާގެ އާއިލާގެ ބައެއް މީހުންގެ ހަށިގަނޑުން ވެސް ޑީއެންއޭ ސާމްޕަލްއާއި އިނގިލީގެ ނިޝާން ނަގާފައިވެ އެވެ.

ނަމަވެސް މިހާތަނަށް ނެގި ސާމްޕަލްތަކުން، ނައީމާ މަރާލާފައި އޮއްވާ ފެނުނު އޭނާގެ ކޮޓަރިން ފެނުނު ޑީއެންއޭ ސާމްޕަލްއާ ދިމާނުވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ނައީމާގެ ހަށިގަނޑު ފެނުނު އޭނާ ދިރިއުޅޭ ގެ ހިމެނޭ ސަރަހައްދު ވަނީ އާންމުންނަށް ނުވަދެވޭ ގޮތަށް ހަފުތާއެއްހާ ދުވަސް ވަން ދެން ބަންދުކޮށްފައި ހުއްޓެވެ. ނަމަވެސް މިހާރު ބަންދުކޮށްފައި ވަނީ ހަމައެކަނި އެ ގެ ކަމަށް ރަށު ކައުންސިލުން ބުންޏެވެ. ހަމައެކަނި ގެ ބަންދުކޮށްފައި ހުންނަތާ ދެ ހަފުތާއެއްހާ ދުވަސް ވެއްޖެ އެވެ.

އޭނާގެ މަރުގައި އިތުރަށް ބަލަން ޖެހޭ ކަންތައްތަކެއް ހުރުމުން، ފުލުހުންނަށް ނާންގާ އެއްވެސް އުޅަނދެއް މަނަދޫއިން ބޭރަށް ނުދިއުމަށް އެރަށު ކައުންސިލުން ވަނީ އާންމުކޮށް އަންގާފަ އެވެ. ހަމައެއާއެކު ރަށަށް ދާ މީހުން ވެސް ފުލުހުންނަށް އަންގާފައި ދިއުމަށް ވެސް ކައުންސިލުން އަންގާފައި ވެއެވެ.

މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ މަރުވެފައި އޮއްވާ ފެނުނުއިރު ކޮޓަރީގެ ބިންމަތީގައި ގިނަ އަދަދަކަށް ލޭ ހުއްޓެވެ. އޭނާގެ ހަށިގަނޑުގެ އެކި ތަންތަނަށް ވަޅި ހަރާފައިވާ ކަން އެނގިފައިވެ އެވެ.

ނައީމާ މަރުވި އިރު އޭނާގެ އުމުރުން 62 އަހަރެވެ. ދުނިޔޭގައި ތިން ދަރިން އެބަ ތިއްބެވެ. ދެ ކައިވެންޏެއް ކުރިިއިރު، ކައިވެނިކުރި ދެ މީހުން ވެސް މިހާރު ދުނިޔޭގައި ނެތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިކުއިޓީ ހިލޭ ކުރާ ޕްރޮގްރާމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އެ ޕްރޮގްރާމުގެ ދަށުން މާލޭގައި ގެދޮރު އިމާރާތް ކުރަން ބޭނުންވާ ނަމަ އެއް މިލިއަން ރުފިޔާއާ ހަމައަށް ސަރުކާރުން ހިލޭ ފައިސާ ދޭނެ އެވެ. އަދި ރަށެއްގައި ނަމަ ދެ ލައްކަ ރުފިޔާއާ ހަމައަށް ހިލޭ ފައިސާ ދޭނެ އެވެ.

ބީއެމްއެލްގެ ހައުސިން ލޯނުގެ އިކުއިޓީ ކުޑަކޮށްފި

ތިން މިލިއަން ރުފިޔާ ނުވަތަ އެއަށް ވުރެ ދަށުގެ ލޯނުތަކަށް ނަގާ އިކުއިޓީ ފަސް ޕަސެންޓަށް ކުޑަކުރުމުގެ އިތުރުން ލޯނު ދޫކުރާއިރު ރަހުނެއް ވެސް ބަހައްޓާކަށް ނުޖެހޭނެ އެވެ. މީގެ ކުރިން އިކުއިޓީއަށް ލޯނުގެ 20 ޕަސެންޓު ނަގަ އެވެ.

ރަސްމާލެ ހާއްސަ ވެފައި އޮންނަންވާނީ ދިވެހިންނަށް: ޔާމީން

ރަސްމާލެ މަޝްރޫއަކީ ދިވެހިންގެ ބޯހިޔާވަހިކަމަށް އަމާޒުކޮށްފައިވާ ކަމަކަށްވާތީ، އެ ބިންތައް ބޭރުގެ ފަރާތްތަކަށް ވިއްކާލުމާ ކުރީގެ ރައީސް ޔާމީން ދެކޮޅު ހައްދަވައި ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދިވެހިންގެ ފައިސާއިން ހިންގާ މަޝްރޫއަކުން ބޭރު ބަޔަކަށް ފުރުސަތު ދިނުމަކީ ދިވެހިން ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ވެގެންދާނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރަސްމާލެއިން ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މިއަހަރު ސަބްސިޑީއަށް ޖެހީ 2.9 ބިލިއަން، މިހާރު 4.3 ހަރަދުވެއްޖެ

"އެގޮތުން އަޅުގަނޑުމެން މި އަހަރަށް ބަޖެޓުކޮށްފައި ވަނީ 2.9 ބިލިއަން. އެހެން ނަމަވެސް މިހާތަނަށް 4.3 ބިލިއަން ސަބްސިޑީޒްގެ ގޮތުގައި އަޅުގަނޑުމެންނަށް ހަރަދު ކުރަންޖެހިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ސުކޫކަށް ފައިސާ ދެއްކި ގޮތުގެ ތަފްސީލު މިނިސްޓަރު ހާމަކޮށްފި

"އަޅުގަނޑުމެން ސުކޫކަށް ފައިސާ ދެއްކުމަށް މި ބޭނުން ކުރީ 350 މިލިއަން ޑޮލަރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގެ ތެރެއިން. އަދި ހަމަ އެއާއެކު ދައުލަތުގެ ރިޒާވުން 175 މިލިއަން ޑޮލަރު އެކަމުގައި ބޭނުން ކުރެވިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ރައީސްގެ ދަތުރުގައި ބޮޑުވަޒީރު ޝެހެބާޒްއާ ބައްދަލު ކުރައްވާނެ

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރަކީ ބޮޑުވަޒީރު ޝެހެބާޒްގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށެވެ. ޕާކިސްތާނުގެ ރައީސް އާއި ބޮޑުވަޒީރުގެ އިތުރުން އެ ގައުމުގެ އިސް އެހެން ބައެއް އޮފިޝަލުންނާ ވެސް މުއިއްޒު ބައްދަލު ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލަންޖެހޭ ކަމަށް ދިރާސާގައި ބުނެފި

"ގާނޫނީ ގޮތުން މި ޕްރޮޖެކްޓު މަޑުޖައްސާލުމުގެ ބާރު ސަރުކާރަށް އަދިވެސް އެބަ އޮތް. އަދި މި ޕްރޮޖެކްޓު މަޑުޖައްސާލުމަކީ ސަރުކާރަށް ގާނޫނީ ގޮތުން ލާޒިމް ކަމެއް. ޕްރޮޖެކްޓު އިތުރަށް ކުރިއަށްގެންދަންޖެހޭނީ އަލުން ނެގޯޝިއޭޓްކޮށްގެން،" އެ ދިރާސާގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox