ފުރަތަމަ 4 މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު؛ ތާރީހުގައި ވެސް ރެކޯޑެއް!

ފުރަތަމަ 4 މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު؛ ތާރީހުގައި ވެސް ރެކޯޑެއް!

ރާއްޖޭގެ ތާރީހުގައި ވެސް އަލަށް، އަހަރުގެ ފުރަތަމަ ހަތަރު މަހުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 650،000 އިން މައްޗަށް ހިނގައްޖެ އެވެ.

ޓޫރިޒަމް މިނިސްޓަރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ފުރަތަމަ ހަތަރު މަހުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޖުމުލަ އަދަދަކީ 688,284 އެވެ.

މީގެ ކުރިން އެ މުއްދަތުގައި އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރީ 2019 ގައެވެ. އެ އަހަރުގެ އޭޕްރިލް މަހާ ހަމައަށް ރާއްޖެ އައި ފަތުރުވެރިންގެ ޖުމުލައަކީ 646,093 އެވެ.

އެ އަހަރަކީ ފަތުރުވެރިކަމުގެ ތާރީހުގައި ވެސް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި އަހަރެވެ.

އެ ހިސާބުތައް މިދިޔަ ހުކުރު ދުވަހާ އަދާ ހަމަކޮށްލުމުން މިހާތަނަށް ރާއްޖެއައި ފަތުރުވެރިންގެ އަދަދު ވަނީ 710،645 އަށް އަރައިފަ އެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 17.5 އިންސައްތައިގެ ކުރިއެރުމެކެވެ. މިދިޔަ އަހަރު، މެއި 5، އާ ހަމައަށް ރާއްޖެއަށް ޒިޔާރަތް ކުރީ 604،730 ފަތުރުވެރިންނެވެ. އޭގެ ކުރީ އަހަރު 403،304 ފަތުރުވެރިންނެވެ.

ޓޫރިޒަމް މިނިސްޓަރީން އާންމުކޮށްފައިވާ ތަފާސް ހިސާބު --
ޓޫރިޒަމް މިނިސްޓަރީން އާންމުކޮށްފައިވާ ތަފާސް ހިސާބު --

ޓޫރިޒަމް މިނިސްޓަރީން އާންމުކޮށްފައިވާ ތަފާސް ހިސާބު --

ރާއްޖެއަށް ޒިިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު 2013 ވަނަ އަހަރު، އެއް މިލިއަނުން މައްޗަށް އަލަށް އެރުމާ ހަމައިން ކޮންމެ އަހަރަކު ވެސް ކުރިއެރުންތަކެއް ހޯދަމުން އައިސް އެއްކޮށް ވަޅުޖެހުނީ 2019 ގައި ކުރިމަތިވި އާލަމީ ވަބާއާ ގުޅިގެންނެވެ. ކޮވިޑާ ގުޅިގެން ދުނިޔޭގެ އެކި ގައުމުތަކުން ގެންގުޅުނު ހަރުކަށި ސިޔާސަތުތަކަށް ލުއިދޭން ފެށުމާ އެކު ރާއްޖޭގެ ފަތުރުވެރިކަމަށް ކިރިޔާ ހަމަ ނޭވައެއް ލެވުނީ މިދިޔަ އަހަރު އެވެ. މިދިޔަ އަހަރު ރާއްޖެއަށް ޖުމުލަ 1.6 މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރި އެވެ.

ކޮވިޑާ ގުޅިގެން ކުރިމަތިވި އިގުތިސާދީ ހީނަރުކަމުން އަރައިގަތުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ތެރެއިން ޓޫރިޒަމް މިނިސްޓަރީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެ މިނިސްޓަރީން ވަނީ މިއަހަރުހެ ނިޔަލަށް 1.8 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނެސް ރިކޯޑެއް ހެދުމަށް އަމާޒު ހިފައިފަ އެވެ.

ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ރާއްޖޭން ވަނީ ވޯލްޑު ލީޑިން ޑެސްޓިނޭޝަނުގެ މަގާމު ވެސް މިދިޔަ ތިން އަހަރު ޖެހިޖެހިގެން ހޯދައި އެ އެވޯޑު މިލްކުކޮށްފަ އެވެ. އެއީ ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ދޭ އެންމެ ޝަރަފުވެރި އެވޯޑުތަކެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ފަތުރުވެރިން އަންނަމުންދާ އަދަދު މިހައި އިތުރުވުމަކީ މިއަހަރަށް ކަނޑައެޅި ލަނޑުދަނޑި ފަހަނައަޅައި ދެވޭނެ ކަމުގެ އުއްމީދު ބޮޑުކަމަށް ސަރުކާރުން ވެސް ދަނީ ބުނަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox