ފަނޑިޔާރުން ލޮބީކުރުމާއެކު، ސުލޫކީ މައްސަލަތައް އާންމުކުރުމުގެ އުސޫލަށް ބަދަލެއް

ޖުޑީޝަލް ސާވިސް ކޮމިޝަންގެ ރައީސް ހިސާން ހުސައިން "އަދަދު" ނޫހަށް އިންޓަވިއު ދެއްވަނީ - ފޮޓޯ: މިރާން ނާޝިމް / އަދަދު

ޖުޑީޝަލް ސާވިސް ކޮމިޝަންގެ ރައީސް ހިސާން ހުސައިން "އަދަދު" ނޫހަށް އިންޓަވިއު ދެއްވަނީ - ފޮޓޯ: މިރާން ނާޝިމް / އަދަދު

ފަނޑިޔާރުންގެ ޖަމިއްޔާއިން ލޮބީކުރުމާއެކު، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާ ސުލޫކީ މައްސަލަތައް އާންމުކުރުމުގެ އުސޫލަށް ބަދަލެއް ގެނެސްފި އެވެ.

މިހާރު އޮތް ކޮމިޝަނާއެކު އެންމެ ފުރަތަމަ އެ ކޮމިޝަނަށް ފަނޑިޔާރެއްގެ ސުލޫކާ ގުޅޭ ޝަކުވާއެއް ހުށަހެޅުމާއެކު އެ ފަނޑިޔާރެއްގެ ނަން ދިޔައީ އާންމުކުރަމުންނެވެ. ފަނޑިޔާރުންގެ ޖަމިއްޔާގެ ލޮބީއާއެކު، ކޮމިޝަނުން ދެން އާންމުކުރަމުން ދިޔައީ އެ ކޮމިޝަނުން ބަލަން ނިންމާ މައްސަލަތަކެވެ.

ނަމަވެސް ކޮމިޝަންގެ އުސޫލަށް ގެނައި އެ ބަދަލަށް ފަހު ވެސް އުސޫލަށް އިތުރު ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ފަނޑިޔާރުންގެ ޖަމިއްޔާގެ އަހަރީ ޖަލްސާގައި އެ ޖަމިއްޔާގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ސުއޫދު ވިދާޅުވެފައިވެ އެވެ. އަދި އެ ކަމަށް ލޮބީކުރައްވާނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

Advertisement

"މައްސަލަ ބަލާ ނިމިގެން ފިޔަވަޅު އަޅައިފިއްޔާ މައްސަލައެއް ނެތް. ދެން އެ ހިސާބުން އެ އަޅާ ފިޔަވަޅެއް އެޅި ވާހަކަ ނޫސްތަކާ ހަމައަށް އައުމަކީ އަޅުގަނޑު ދެކޭގޮތުގައި އެންމެ ރަނގަޅު ގޮތް،" މި އަހަރުގެ ކުރީކޮޅު ބޭއްވި އެ ޖަލްސާގައި ސުއޫދު ވިދާޅުވެފައިވެ އެވެ.

ޖޭއެސްސީގެ ރައީސަކަށް ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން "އަދަދު" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެ ޝަކުވާއަކީ ވަކިވަކި ފަނޑިޔާރުންގެ ފަރާތުންނާއި، ފަނޑިޔާރުން ތަމްސީލްކުރާ ޖަމިއްޔާގެ ފަރާތުން އެ ކޮމިޝަނުގެ ސާމަލު ކަމަށް އައިސްފައިވާ ކަމެއް ކަމަށެވެ.

"ތިމަންނަމެން [ފަނޑިޔާރުންގެ] މަސައްކަތަށް އެބަ ދަތިވެއޭ، ރައްޔިތުންގެ އަތްދިއްކުރުންތަކެއް ތިމަންނަމެންގެ މައްޗަށް އާދެއޭ، ފަނޑިޔާރެއްގެ މައްސަލައެއް ބަލަން ކޮމިޝަނުން ނިންމައި، ނަން ހާމަކުރާ ހިސާބުން ފަށައިގެން،" ހިސާން ވިދާޅުވި އެވެ.

"ދެން ފަނޑިޔާރުންގެ ޖަމިއްޔާއިން ވެސް، އަޅުގަނޑު ހަނދާންވާ ގޮތުން، ފަނޑިޔާރުންގެ ޖަމިއްޔާގެ ފަރާތުން ވެސް ތިން ފަހަރެއްގެ މަތިން މި އިޝޫގަ ބައްދަލުކުރި،" ފަނޑިޔާރުންގެ ޖަމިއްޔާއިން ވެސް އެ ކަމުގައި ލޮބީކުރިކަން ހިސާން ކަށަވަރުކޮށްދެއްވި އެވެ.

ފަނޑިޔާރުންގެ ޖަމިއްޔާއިން އެދޭ ގޮތަށް ކޮމިޝަންގެ އުސޫލު އަނެއްކާ ވެސް ވަނީ ބަދަލުކޮށްފަ އެވެ. ދެން އާންމުކުރާނީ، މައްސަލަ ބަލައި ނިންމައި ފަހުން މައްސަލައެއް ސާބިތުވާނަމަ އެވެ.

"އަޅުގަނޑުމެންގެ ޕޮޒިޝަނަށް ބަދަލެއް މި ގެންނަނީ، ފަނޑިޔާރުންގެ އެ ކަންބޮޑުވުމަށް އެޑްރެސް ކުރުމަށް ޓަކައި،" ހިސާން ވިދާޅުވި އެވެ.

ޖޭއެސްސީގެ އުސޫލަށް ގެނައި ބަދަލުގެ ސަބަބުން "ޓްރާންސްޕޭރެންސީ" ގެ ސިޔާސަތަށާއި، ކޮމިޝަންގެ މަސައްކަތަށް އެއްވެސް އަސަރެއް ކުރާ ތަނެއް ނުފެންނަ ކަމަށް ވެސް ހިސާން ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox