ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ސުއޫދު މިއަދު ކޯޓަށް ވަޑައިގަތީ ވަކީލެއްގެ ގޮތުގައި

ސުޕްރީމް ކޯޓުގައި މިއަދު ސުއޫދު ވަކާލާތު ކުރައްވަނީ

ސުޕްރީމް ކޯޓުގައި މިއަދު ސުއޫދު ވަކާލާތު ކުރައްވަނީ

ރައީސް މުހައްމަދު މުއިއްޒު ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ވިދާޅުވެ އެ ކޯޓުގެ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވި ހުސްނުއްސުއޫދު އެ ކޯޓުން ބަލަމުންދާ އިންތިހާބާ ބެހޭ މައްސަލައެއްގައި ވަކާލާތު ކުރުމަށް ގާނޫނީ ވަކީލެއްގެ ގޮތުގައި މިއަދު އެ ކޯޓަށް ހާޒިރުވެއްޖެ އެވެ. 

ޑިސެމްބަރު 2019، ގައި އެންމެ މަތީ ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނުކުރި ސުއޫދު އެ ކޯޓުގެ ބެންޗުން އިސްތިއުފާ ދެއްވީ މާޗު 4، 2025 ގަ އެވެ. އޭނާ އިސްތިއުފާ ދެއްވީ ސިޔާސީ ޕާޓީތަކަށް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ ބާތިލު ކުރަން ސުޕްރީމް ކޯޓަށް ހުށަހަޅާފައި އޮތް މައްސަލައަށް މުއިއްޒު ނުފޫޒު ފޯރުވަމުންދާ ކަމަށް ވިދާޅުވެ އެވެ.

ސުޕްރީމް ކޯޓުގައި މިއަދު ބަލަމުން އަންނަނީ ވޭވަށު ކައުންސިލް ގޮނޑިއަކާ ގުޅޭ މައްސަލައެކެވެ. ކައުންސިލް އިންތިހާބުގެ ނަތީޖާ ދާއްކާ ގޮތުން އެ ގޮނޑި ކާމިޔާބު ކުރެއްވީ އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ކެންޑިޑޭޓު އަހުޝަން ނައީމެވެ. އިންތިހާބުގެ ނަތީޖާއާ ގުޅޭ މައްސަލައެއް ހައި ކޯޓަށް ހުށަހެޅީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓު މުހައްމަދު ނަޒީހު އެވެ.

އޭނާ ހުށަހެޅި މައްސަލައިގައި ހައި ކޯޓުން ކުރި ހުކުމާއެކު އެ ގޮނޑި ޕީއެންސީއަށް ލިބުނެވެ. އެ މައްސަލައިގައި ސުއޫދު ތަމްސީލުކުރަައްވަނީ ސުޕްރީމް ކޯޓަށް އިސްތިއުނާފު ހުށަހެޅި އަހުޝަން ނައީމެވެ. އެމްޑީޕީގެ ފަރާތުން ވަނީ މައްސަލައަށް ތަދައްހުލުވެފަ އެވެ. 

މި މައްސަލަ ސުޕްރީމް ކޯޓުގައި ބައްވަލާ ބެންޗުގެ ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު އަބްދުالله ހަމީދު އެވެ. ދެން ތިއްބެވީ ފަނޑިޔާރު ހުސައިން ޝަހީދު އާއި ފަނޑިޔާރު މުހައްމަދު ސަލީމް އެވެ. މި ތިން ފަނޑިޔާރުންނަކީ ވެސް މުއިއްޒު އެ ކޯޓަށް އައްޔަނުކުރެއްވި ފަނޑިޔާރުންނެވެ. 

ސުއޫދު އިސްތިއުފާ ދެއްވުން

ސުއޫދު އިސްތިއުފާ ދެއްވައި، މުއިއްޒަށް ފޮނުއްވި ސިޓީގައި ވިދާޅުވީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑުކުރީ، ގާނޫނުއަސާސީ އަށް 6 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުން ގާނޫނުއަސާސީގެ 73 ވަނަ މާއްދާ އަށް ގެނައި އިސްލާހު ބާތިލްކުރަން ހުށަހެޅި މައްސަލަ ބެލުމުގެ އިހުތިސާސް ސުޕްރީމް ކޯޓަށް ލިބިގެންވާ ކަމަށް އެ ކޯޓުން ނިންމުމާއެކު، މަނިކުފާނުގެ ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއާ ހިލާފަށް ދިވެހިރާއްޖޭގެ އަދުލު އިންސާފުގެ ބާރަށް ނުފޫޒު ފޯރުވައި ސުޕްރީމް ކޯޓަށް ހުށަހެޅިފައި އޮތް މައްސަލަ ބެލުން ހުއްޓުވުމަށް ކަމަށެވެ.

އެ މައްސަލަ ބެލުން ހުއްޓުވުމަށްޓަކައި، ސަރުކާރުން އަޑީގައި އޮވެގެން އުފެއްދި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި އޭސީސީން ބަލަމުންދާ ކަމަށް ބުނެ ސުއޫދުގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި ތިއްބެވި މަހާޒު އަލީ ޒާހިރު އަދި  އަޒްމިރަލްދާ ޒާހިރު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސަސްޕެންޑުކުރި އެވެ.

ތިން ފަނޑިޔާރުން ސަސްޕެންޑު ކުރީ އޭސީސީން ޖިނާއީ ތަހުގީގެއް ކުރަމުންދާ ކަމަށް ބުނެ ޖޭއެސްސީއަށް އެނގުމުންނެވެ. ނަމަވެސް، އެ ތުހުމަތަކީ ކޮބައިކަން ޖޭއެސްސީން ވެސް އަދި އޭސީސީން ވެސް ހާމައެއް ނުކުރެ އެވެ.

ފެބްރުއަރީ 26، 2025 ގައި ތިން ފަނޑިޔާރުން ސަސްޕެންޑު ކުރީ މަޖިލީހުގެ މެންބަރުން ވަކި ކުރުމުގެ އެއްވެސް އިޖުރާއަތެއް ނުހިންގުމަށް އަމުރެއް ނެރެދިނުމަށް ހުށަހެޅި މައްސަލައިގެ އަޑުއެހުން ފަށަން ކުޑަ ވަގުތުކޮޅަކަށްވެފައި ވަނިކޮށެވެ.

ސުއޫދު އިސްތިއުފާ ދެއްވިއިރު އަޒްމިރާލްދާ އާއި މަހާޒު ވަކިކުރީ ޕީއެންސީގެ މެޖޯރިޓީ އޮންނަ މަޖިލީހުންނެވެ. އިސްތިއުފާ ދެއްވިއިރު ސުއޫދަކީ މަތީ ކޯޓު ޖޭއެސްސީގައި ތަމްސީލުކުރަމުންދިޔަ މެންބަރެވެ. 

ސުއޫދަކީ ރާއްޖޭގެ ޝަރުއީ ދާއިރާއަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ތަޖުރިބާކާރު ވަކީލެކެވެ. އޭނާ ލިޔުއްވާފައިވާ ފޮތްތަކަކީ ރާއްޖޭގެ ގާނޫނީ އޮނިގަނޑާ ގުޅޭގޮތުން މިހާތަނަށް ނެރެފައިވާ އެންމެ މުހިންމު ފޮތްތަކެވެ. އަދި ޝަރުއީ ދާއިރާގެ މިނިވަންކަމަށް އަބަދުވެސް އޭނާ ވަކާލާތު ކުރައްވަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox