ހައިކޯޓުގެ އިސްފަނޑިޔާރަކަށް އަބްދުالله ޖަމީލް މޫސާ، ފެމިލީ ކޯޓުގެ އިސް ގާޒީއަކަށް އަބްދުﷲ ނަޝީދު އައްޔަނުކޮށްފި

ހައިކޯޓުގެ އިސްފަނޑިޔާރުކަމަށް އައްޔަނުކުރި އަބްދުالله ޖަމީލް މޫސާ (ކ) ފެމިލީ ކޯޓުގެ އިސްފަނޑިޔާރުކަމަށް އައްޔަނުކުރި އަބްދުالله ނަޝީދު (ވ) ފޮޓޯ: ޕީއެސްއެމް

ހައިކޯޓުގެ އިސްފަނޑިޔާރުކަމަށް އައްޔަނުކުރި އަބްދުالله ޖަމީލް މޫސާ (ކ) ފެމިލީ ކޯޓުގެ އިސްފަނޑިޔާރުކަމަށް އައްޔަނުކުރި އަބްދުالله ނަޝީދު (ވ) ފޮޓޯ: ޕީއެސްއެމް

އިސްތިއުނާފީ މަރުހަލާގެ ފުރަތަމަ ކޯޓު، ހައިކޯޓުގެ އިސްފަނޑިޔާރަކަށް އެ ކޯޓު ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެހުންނެވި އަބްދުالله މޫސާ މިއަދު އައްޔަނުކޮށްފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަނުން ބުނީ، އެ މަގާމަށް ޖަމީލް އައްޔަނުކުރީ އެކަމަށް ޝައުގުވެރިކަން ފާޅުކޮށް ކުރިމަތިލެއްވި ބޭފުޅުންނާ އިންޓަވިއު ކުރުމަށްފަހު އިސްފަނޑިޔާރުކަމަށް އައްޔަނުކުރަން ކޮމިޝަނަށް ލަފާ ދީފައިވާ ގޮތަށް ކަމަށެވެ. 

ޖަމީލްއަކީ ހައިކޯޓުގެ ހިންގުން ވަގުތީ ގޮތުން ހަވާލުކޮށްފައި ހުންނެވި ބޭފުޅާ އެވެ. އޭނާއާ އެ މަސްއޫލިއްޔަތު ހަވާލުކުރީ ނޮވެމްބަރު 19. 2025 ގަ އެވެ. އޭގެ ކުރިން އެ މަގާމު އަދާކުރައްވަމުން ގެންދެވީ މުހައްމަދު ފައިސަލް އެވެ.

Advertisement

ފައިސަލްގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގު ކުރަން ފެށުމާއެކު އޭނާ ވަނީ ނޮވެމްބަރު 23، 2025 ގައި އެ ކޯޓުގެ ފަނޑިޔާރުކަމުން އިސްތިއުފާދެއްވައިފަ އެވެ. ފައިސަލް އަކީ ހައިކޯޓުގެ އިސްފަނޑިޔާރުކަމަށް އައްޔަނުކުރަން ޖޭއެސްސީން އޭޕްރިލް 17، 2025 ގައި ނިންމާފައި އޮތް ބޭފުޅާ އެވެ.

ހައިކޯޓުގެ އިސްފަނޑިޔާރުކަމަށް މިއަދު އައްޔަނުކުރި ޖަމީލްއަކީ މީގެ ކުރިން ލ. ދަނބިދޫ މެޖިސްޓްރޭޓު ކޯޓުގެ މެޖިސްޓްރޭޓުކަމާއި ސިވިލް ކޯޓުގެ ގާޒީކަން ކުރައްވާފައިވާ ބޭފުޅެކެވެ. ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާ ޖަމީލް ކުރެއްވީ އޯގަސްޓު 3، 2025 ގަ އެވެ.

އޭގެ އިތުރުން، ޖޭއެސްސީން މިއަދު ވަނީ ފެމިލީ ކޯޓުގެ އިސްފަނޑިޔާރުކަމަށް އަބްދުالله ނަޝީދު އައްޔަނުކޮށްފަ އެވެ.

ނަޝީދުއަކީ މީގެ ކުރިން ނ. މަނަދޫ ކޯޓުގެ މެޖިސްޓްރޭޓުކަމާއި އެ ކޯޓުގެ އިސްމެޖިސްޓްރޭޓުކަމުގެ އިތުރުން ނ. އަތޮޅު ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓުކަން އަދި، ކްރިމމިނަލް ކޯޓުގެ ގާޒީކަން ކުރައްވައިފަ އެވެ. ފެމިލީ ކޯޓުގެ ގާޒީކަމަށް ނަޝީދު އައްޔަނުކުރީ މާޗު 24، 2016 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox