ޖޫން ފެށުމާ އެކު އެމެރިކާގެ ދަރަނި ޑީފޯލްޓުވެދާނެކަމުގެ އިންޒާރު ޓްރެޝަރީ ސެކެޓްރީ ދީފި

އެމެރިކާގެ ޓްރެޝަރީ ސެކެޓްރީ ޖެނެޓް ޔެލެން. -- ފޮޓޯ: އޭއެފްޕީ

އެމެރިކާގެ ޓްރެޝަރީ ސެކެޓްރީ ޖެނެޓް ޔެލެން. -- ފޮޓޯ: އޭއެފްޕީ

ވޮޝިންޓަން، އެމެރިކާ (މޭ 2) - ޖޫން މަސް ފެށުމާ އެކު އެމެރިކާއިން ފައިސާ ހުސްވެ، ދަރަނިތައް ޑީފޯލްޓުވެދާނެކަމުގެ އިންޒާރު ޓްރެޝަރީ ސެކެޓްރީ ޖެނެޓް ޔެލެން ދެއްވައިފި އެވެ.

ޑިމޮކްރެޓިކް ޕާޓީގެ ސަރުކާރުން ބޭކާރު ހަރަދު ކުރާ ކަމަށް އިދިކޮޅު ރިޕަބްލިކަން ޕާޓީއިން ބުނެ އެވެ. ރިޕަބްލިކަނުން ކޮންޓްރޯލް ކުރާ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގައި ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެމެރިކާއިން ދަރަނި ނެގޭނެ ލިމިޓެއް ކަނޑައަޅާފައިވާ އިރު، ހަރަދުތައް މަދުކުރަން ރައީސް ޖޯ ބަައިޑެންއަށް ޕްރެޝަރު ބޮޑެވެ.

ރިޕަބްލިކަނުން ބޭނުންވަނީ "ލިމިޓް، ސޭވް، ގްރޯ" ބިލް ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްއިން ފާސްކޮށް، ހަރަދު ކުޑަކުރަން ސަރުކާރަށް މަޖުބޫރު ކުރުވުމަށެވެ.

އެކަމަކު ގާނޫނު ހަދާ މަތިގެ އާއި ސަރުކާރު ކޮންޓްރޯލް ކުރާ ޑިމޮކްރެޓުން އެ ބިލާ ދެކޮޅެވެ. އެހެންކަމުން، އެ ބިލް ގާނޫނަކަށް ހެދުމުގެ ފުރުސަތު ކުޑަ އެވެ.

އެ ކޯޅުމާ ހެދި އެމެރިކާގެ ތާރީހުގައި ފުރަތަމަ ފަހަރަށް ދަރަނި ޑީފޯލްޓުވުމުގެ ނުރައްކާ އޮތީ އުފެދިފަ އެވެ.

"އަޅުގަނޑުމެންނަށް ލަފާކުރެވެނީ ދަރަނީގެ ލިމިޓު މަތިނުކުރާ ނަމަ، ޖޫން އެއް ވަނަ ދުވަހުން ފެށިގެން ދަރަނި ޑީފޯލްޓުވެދާނެ ކަމަށް،" ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްއަށް ފޮނުވި ސިޓީއެއްގައި ޓްރެޝަރީ ސެކެޓްރީ ޔެލެން ވިދާޅުވި އެވެ.

އެމެރިކާގެ ދަރަނީގެ ލިމިޓު 31.4 ޓްރިލިއަން ޑޮލަރަށް އެރީ މިދިޔަ ޖެނުއަރީ މަހު އެވެ. އޭގެ ފަހުން ސަރުކާރުގެ ހަރަދުތަކަށް ފައިސާ ހޯދަން ޓްރެޝަރީ ސެކެޓްރީ ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅުއްވައިފަ އެވެ.

އެ ފިޔަވަޅުތައް އިތުރަށް ފުޅާކުރެވެން ނެތުމުން، ދަރަނި ނެގޭނެ މިންވަރު އިތުރު ނުކުރާ ނަމަ، ސަރުކާރަށް ފައިސާ ހުސްވެ، އިގުތިސާދީ ބޮޑެތި ލޮޅުންތަކެއް އަންނާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑޮނީޝިއާއިން ފެތުރޭ ދުމާ ހެދި ސަރަހައްދީ މަސްރަހު ގޯސްވެއްޖެ

އިންޑޮނީޝިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ވިހަ ދުން އަވަށްޓެރި ގައުމުތަކަށް ފެތުރުމުގެ ސަބަބުން، އާންމުންގެ ސިއްހަތަށް ނުރައްކާވެ ސަރަހައްދީ ސިޔާސީ މަސްރަހު ވަނީ ނުތަނަވަސްވެފައެވެ. މި މައްސަލައާ ގުޅިގެން އިންޑޮނީޝިއާއާ އެކު އޮތް ހާރިޖީ ގުޅުންތަކަށް ބުރޫއަރަމުންދާއިރު، މެލޭޝިއާ ފަދަ ގައުމުތަކުގެ އާންމުން ދަނީ އެ ގައުމުގެ އުފެއްދުންތައް ބޮއިކޮޓްކޮށް ނުރުހުން ފާޅުކުރަމުންނެވެ.

އެމެރިކާއިން އީރާނުގެ ގިޝްމް އައިލެންޑަށް ހަމަލާތަކެއް ދީފި

އެމެރިކާގެ މަތިންދާބޯޓަކަށް އީރާނުން ބަޑިޖެހި މައްސަލައިގެ ރައްދުގައި، އެމެރިކާއިން ވަނީ އީރާނުގެ ގިޝްމް އައިލެންޑުގެ ވަކި އަމާޒުތަކަކަށް ހަމަލާދީފައެވެ. މި ހަމަލާތައް ދީފައިވަނީ އެމެރިކާގެ މިޑްޓާމް އިންތިޚާބު ބޯމަތިވެފައި ވަނިކޮށް ކަމަށްވާއިރު، ރައީސް ޓްރަމްޕް ވަނީ އީރާނުގެ ނިއުކްލިއާ ސައިޓަކަށް ހަމަލާދޭން ޖެހިދާނެ ކަމުގެ އިޝާރާތެއް ވެސް ކުރައްވާފައެވެ. އީރާނަށް ދޭ ހަމަލާތައް ވަރުގަދަކުރުމަށް އަވަސް އަރުވާނުލާ ކަމަށް ވިދާޅުވެ، އިންތިޚާބަށްފަހު ވަރުގަދަ ހަމަލާތަކެއް ދީފާނެ ކަމަށް ދެކެވޭ ވާހަކަތައް ޓްރަމްޕް ވަނީ ދޮގުކުރައްވާފައެވެ.

އިންޑިއާ ސްކޫލެއްގައި ކުއްޖަކު އެހެން ކުއްޖަކަށް އަނިޔާކޮށްފި

އިންޑިއާގެ ހަރިޔާނާ ސްޓޭޓްގެ ސްކޫލެއްގައި އަށް އަހަރުގެ ފިރިހެން ކުއްޖަކު ހަ އަހަރުގެ އަންހެން ކުއްޖަކަށް ރަހުމުކުޑަ ހަމަލާއެއް ދިން މައްސަލައެއް ފެންމަތިވެ، މުޅި ގައުމަށް ބޮޑު ސިހުމެއް ލިބިއްޖެއެވެ. މި ހާދިސާއާ ގުޅިގެން ސްކޫލުގެ އިސްވެރިން ސަސްޕެންޑްކޮށްފައިވާއިރު، އަނިޔާކުރި ކުއްޖާ ވަނީ ކުޑަކުދިން ބައިތިއްބާ މަރުކަޒަކަށް ފޮނުވައި މައްސަލަ ތަހުގީގު ކުރަން ފަށާފައެވެ.

ޔޫރަޕްގެ ހަތް ގައުމެއްގެ ސުޕަމާކެޓްތަކަށް ސައިބާ ހަމަލާ

ޔޫރަޕްގެ ހަތް ގައުމެއްގެ ސުޕަމާކެޓްތަކުގެ ފިނިކުރާ ނިޒާމަށް ދިން ސައިބާ ހަމަލާއެއްގައި، ފްރިޖުތަކުގެ ހޫނުމިން މަތިވެ ކާބޯތަކެތި ހަލާކުވުމުގެ ބިރު ކުރިމަތިވެއްޖެއެވެ. މި ހަމަލާގެ ސަބަބުން ބެލްޖިއަމްގެ "ސަބްކޯބެލް" ކުންފުނިން ބަލަހައްޓާ ގިނަ އައުޓްލެޓްތަކަކަށް އަސަރުކޮށްފައިވާއިރު، މިއީ ފަރަންސޭސިވިލާތަށް ކުރިން ދިން ހަމަލާއަކާ އެއްގޮތް ހަމަލާއެކެވެ. މި މައްސަލަ ހައްލުކުރުމަށް ސޮފްޓްވެއާގެ އިތުރުން މެޝިނަރީއަށް ފިޒިކަލް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

Newsletter

Get the latest news delivered straight to your inbox