އެމެރިކާގެ ޓެކްސަސް ސްޓޭޓުގެ ގެއެއްގައި ބަޑި ޖަހައި ފަސް މީހުން މަރާލުމަށް ފަހު ތުހުމަތު ކުރެވޭ މީހާ ފިލައިފި އެވެ.
މަރާލި ހޮންޑިޔުރަސްގެ ފަސް މީހުންގެ ތެރޭގައި އަށް އަހަރުގެ ކުއްޖަކު ހިމެނެ އެވެ. ބެލެވޭ ގޮތުގައި ހަމަލާގައި ބޭނުންކުރީ އޭއާރް-15 ބަޑިއެކެވެ.
ރިޕޯޓުތައް ބުނާ ގޮތުން ތުހުމަތު ކުރެވޭ މީހާ ގޭގެ ގޯތިތެރޭގައި ބަޑި ޖަހާތީ އަޑުގަދަވެ ތުއްތު ކުއްޖަކަށް ނުނިދިގެން އުޅޭތީ ހޮންޑިޔުރަސްގެ މީހުން އެކަން ހުއްޓާލަން އެދުނެވެ.
ފުލުހުން ބުނީ ޝަކުވާއެއް ލިބިގެން، ހޮންޑިޔުރަސްގެ މީހުން ތިބި ގެޔަށް ގޮސް ބެލި އިރު ގޭގެ މައި ދޮރުން ފެށިގެން ނިދާ ކޮޓަރިއާ ހަމައަށް މީހުންގެ ހަށިތައް ހުރި ކަމަށެވެ.
ކޮޓަރި ތެރޭގައި ދެ އަންހެނުން މަރުވެފައި އޮތް އިރު، ކުޑަ ދެ ކުއްޖަކު ސަލާމަތްވީ އެ އަންހެނުންގެ ގައި ދަަށުގައި ތިބުމުންނެވެ.
ހުރިހާ އެންމެން ވެސް މަރާލާފައި ވަނީ ބޮލަށް ބަޑި ޖަހައިގެންނެވެ. ރިޕޯޓުތަައް ބުނާ ގޮތުން ބަޑި ޖެހި މީހާ ހުރީ މަސްތުގެ ހާލަތުގަ އެވެ.
ހަމަލާއަށް ފަހު އޭނާ ފިލި އިރު، ބެލެވޭ ގޮތުގައި އެއީ މެކްސިކޯއަށް ނިސްބަތްވާ މީހެކެވެ. ފުލުހުން ބުނީ އޭނާ އެމެރިކާ ދޫކޮށް ގޮސްފައިވުން އެކަށީގެންވާ ކަމަށެވެ.










