ކެންޔާގެ "ކަލްޓް"އާ ގުޅުން ހުރި 51 ގަބުރު ޖަންގަލި ތެރެއިން ފެނިއްޖެ

ގަބުރުތައް ފެނުނު ހިސާބުގައި ޓީމުތައް ހަރަކާތްތެރި ވަނީ. -- ފޮޓޯ: ޝަޓާސްޓޮކް

ގަބުރުތައް ފެނުނު ހިސާބުގައި ޓީމުތައް ހަރަކާތްތެރި ވަނީ. -- ފޮޓޯ: ޝަޓާސްޓޮކް

މަލިންދީ، ކެންޔާ (އެޕްރީލް 24) - ކެންޔާގެ ދީނީ "ކަލްޓަކާ" ގުޅުން ހުރި 51 ގަބުރު ޖަންގަލީގެ ތެރެއިން ފެނުމުން އެ ސަރަހައްދު ބަލައި ފާސްކުރުމުގެ ބޮޑު އޮޕަރޭޝަނެއް ފަށައިފި އެވެ.

ފުލުހުން ބުނީ އޮޕަރޭޝަނުގެ މަގުސަދަކީ ގަބުރުތައް ހޯދުމުގެ އިތުރުން "ކަލްޓް" މެމްބަރުންގެ ތެރެއިން ދިރިހުރި ބަޔަކު ތިބި ނަމަ އެ މީހުން ސަލާމަތް ކުރުން ކަމަށެވެ.

ރިޕޯޓުތައް ބުނާ ގޮތުން ނަސާރާ ދީނުގެ ގްރޫޕެއްގެ ގޮތުގައު ހިންގި "ކަލްޓު"ގެ ލީޑަރު މެމްބަރުންނަށް އެންގީ "އީސާގެފާނާ ބައްދަލުކުރުމަށް" ނުކައި ތިބުމަށެވެ.

Advertisement

ގުޑް ނިއުސް އިންޓަނޭޝަނަލް ޗާޗްގެ ނަމުގައި ހިންގި ކަލްޓްގެ ހަގީގަތް ހޯދަން ބޮޑު ތަހުގީގެއް ފެށީ ޝަކަހޯލާ ޖަންގަލީގެ ތެރެއިން މިދިޔަ ހަފުތާގައި ފުރަތަމަ ގަބުރުތައް ފެނުމުންނެވެ.

ފާއިތުވި ހަފުތާ ބަންދުގައި 800 އޭކަރުގެ ސަރަހައްދަކުން އިތުރު ގަބުރުތަައް ފެނުނެވެ. ކަލްޓުގެ ބައެއް މެމްބަރުން އެ ސަރަހައްދުގައި ފިލައި ތިބި ކަމަށް ފުލުހުން ގަބޫލުކުރެ އެވެ.

އޭގެ ތެރެއިން ބައެއް މީހުން ސަލާމަތްކޮށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ އިރު، އިތުރު މީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.

ގުޑް ނިއުސް އިންޓަނޭޝަނަލް ޗާޗްއާ ގުޅޭ ގޮތުން ފުލުހުންނަށް ޝަކުވާ ހުށަހެޅީ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ގްރޫޕަކުންނެވެ.

ރިޕޯޓުތައް ބުނާ ގޮތުން ކަލްޓުގެ މެމްބަރުންގެ ތެރެއިން ސަލާމަތްކޮށްފައިވާ ބައެއް މީހުންގެ ގައިން ވަރު ދެރަވެ ހާލު ގޯސްވަމުން ދިޔަ ނަމަވެސް ކެއުމަށް ދެކޮޅު ހަދަ އެވެ.

ކެންޔާގެ ރެޑް ކްރޮސްއިން ބުނީ އެ ކަލްޓު ހަރަކާތްތެރިވި މަލިންދީގެ ހިސާބުގައި 112 މީހުން ގެއްލިގެން އެ ޖަމިއްޔާއަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ކަލްޓުގެ ލީޑަރު މެކެންޒީ ންތެންގޭ ފުލުހުންނާ ހަވާލުވީ އަމިއްލައަށެވެ. މިދިޔަ މަހު އޭނާއާ ދެކޮޅަށް ދައުވާ އުފުލީ ކަލްޓު މެމްބަރުންގެ ގޮތުގައި ހިމެނޭ ބަޔެއްގެ ދެ ދަރިން ނުކައި ތިބެ މަރުވުމުންނެވެ. މިހާރު މެކެންޒީ ންތެންގޭ ހުރީ ކަފާލާތުގެ ދަށުން ދޫކޮށްލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޑީލަކީ ހިޔާނާތެއް: އާޒިމް

ރަސްމާލެއިން 500 ހެކްޓަރުގެ ބިން ބޭރުގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ގައުމަށް ވެވޭ ބޮޑު ހިޔާނާތެއް ކަމަށް ވިދާޅުވެ، އެ އެއްބަސްވުން ބާތިލުކުރުމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ގޮވާލައްވައިފިއެވެ. އާޒިމް ވިދާޅުވީ މިއީ ދިވެހިންގެ މުސްތަގުބަލު ގެއްލޭ ގޮތަށް، ރައްޔިތުންނަށް އެ ބިން އަނބުރާ ނުލިބޭނެ ފަދަ ގޮތަކަށް ކޮށްފައިވާ ނުރައްކާތެރި ކަމެއް ކަމަށެވެ.

ރަސްމާލެ ދިނަސް ބޯހިޔާވަހިކަމަށް ހުރަސް ނޭޅޭނެ: މުއިއްޒު

ރަސްމާލެއިން ބޮޑު ބިމެއް އީގަލް ހިލްސް ކުންފުންޏަށް ދޫކުރި ނަމަވެސް، ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް އެއްވެސް ހުރަހެއް ނޭޅޭނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ދެއްވައިފިއެވެ. ނަމަވެސް، ބިދޭސީންނަށް ޚާއްސަކޮށްގެން ހިންގާ މި މަޝްރޫއަށް ބޮޑު ބިމެއް ދިނުމުން، ސަރުކާރުން ވައުދުވި ގޯއްޗާއި ފްލެޓްތައް އެޅުމަށް ބޭނުންވާ ޖާގައާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރިޒާވު ދަށް، އެކަމަކު ހަ މަސް ތެރޭގައި ރަނގަޅު ވާނެ: މުއިއްޒު

ހަ މަސްދުވަހުގެ ތެރޭގައި ރިޒާވް ރަނގަޅުވާނެ ކަމުގެ ޔަގީންކަންމުއިއްޒު ދެއްވިއިރު، ރިޒާވް އިތުރުކުރުމަށްޓަކައި ޑޮލަރު މާރުކުރާ މިންވަރު އިތުރުކުރުމާއި މެލޭޝިއާއިން ކަރަންސީ ސްވޮޕް ފެސިލިޓީ ހޯދުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުން. ސަރުކާރުން ބުނަނީ ރިޒާވު ދަށް ވަނީ ދަރަނި ދައްކަން ޖެހޭތީ އާއި ތެޔޮ އިމްޕޯޓުކުރުމުގެ ހަރަދު ބޮޑުވީމަ ކަމަށް.

އީގަލް ހިލްސްއަށް ރަސްމާލެ ދިނުމާ ދެކޮޅު ހަދަންޖެހޭ: ފަޒްލޫން

ރަސްމާލެ މަޝްރޫއު ހިންގަން އީގަލް ހިލްސް ކުންފުންޏަށް ބިން ދިނުމަކީ ރާއްޖޭގައި ޒަޔަނިސްޓުން ވަޒަންވެރިކުރުވައި، ގައުމުގެ އިސްތިގުލާލަށް ނުރައްކާވެދާނެ ކަމެއް ކަމަށް ޝެއިހް ފަޒްލޫން ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި މި މަޝްރޫއުގެ ދަށުން ދޫކުރާ ތަންތަން 99 އަހަރުގެ މުއްދަތަށް، ނިމުމެއް ނެތް ސިލްސިލާއެއްގެ ގޮތުގައި ދެވޭނެ.

ރ. މަޑުއްވަރީގައި ބިދޭސީއެއް އަތުން ފޭރުނު މައްސަލައެއް ބަލަނީ

ރ. މަޑުއްވަރީގައި ބިދޭސީ އަންހެނެއް އަތުން ފޭރި މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށާފައިވާއިރު، މި އަމަލު ހިންގާފައިވަނީ ބަންގްލަދޭޝް ފިރިހެނެއްކަން ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއިން އެނގޭ. މި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނޭ.

ސަލާމަތީ މަޖިލީހުން ސިޑްސްއަށް ދާއިމީ ގޮނޑިއެއް ދޭން ގޮވާލައިފި

އދ. ގެ އާންމު މަޖިލީހުގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވަނީ ވީޓޯގެ ބާރު އުވާލުމަށާއި، 2033-2034 ވަނަ އަހަރަށް ސަލާމަތީ މަޖިލީހުގެ ގޮނޑިއަކަށް ރާއްޖެއިން ކުރާ މަސައްކަތަށް ތާއީދުކޮށްދިނުމަށް އެދިވަޑައިގެންފަ

ކޮވިޑުގެ ސަބަބުން ރާއްޖެ 15 އަހަރު ފަހަތަށް ސޮއްސާލި: އިރުތިޝާމް

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ އުފެއްދުންތެރިކަމުގެ ތިންބައިކުޅަ އެއްބައި ގެއްލި، ތަރައްގީގައި 15 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވި. ވެކްސިނާއި ބޭހާއި ބަލި ދެނެގަންނަ ވަސީލަތްތައް ފޯރުކޮށްދެވޭނެ ވަރުގަދަ ނިޒާމުތަކެއް ބޭނުންވާކަން އިރުތިޝާމް ފާހަގަކުރެއްވި.

Newsletter

Get the latest news delivered straight to your inbox