ހަސަން ކުރުސީގެ ނަމުގައި ހިންގާ ޓްވިޓާ އެކައުންޓުގެ އަސްލު ހޯދަން އެދި ނަޝީދު ފުލުހަށް

މަޖިލިސް ރައީސް މުހައްމަދު ނަޝީދު؛ ކުރުސީގެ ނަމުގައި ހިންގާ އެކައުންޓުގެ އަސްލު ހޯދަން އެމަނިކުފާނު ވަނީ އެދިފައި -- ފޮޓޯ: ޝަބިން/ އަދަދު

މަޖިލިސް ރައީސް މުހައްމަދު ނަޝީދު؛ ކުރުސީގެ ނަމުގައި ހިންގާ އެކައުންޓުގެ އަސްލު ހޯދަން އެމަނިކުފާނު ވަނީ އެދިފައި -- ފޮޓޯ: ޝަބިން/ އަދަދު

ހަސަން ކުރުސީގެ ނަމުގައި ހިންގާ ޓްވިޓާ އެކައުންޓުގެ އަސްލު ހޯދައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ފުލުހުންނަށް ހުށަހަޅުއްވައިފި އެވެ.

ކުރުސީގެ ނަމުގައި ޓްވިޓާގައި އެކައުންޓެއް ހިންގަމުންދަނީ އެމަނިކުފާނު ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެ އެވެ. ނަމަވެސް, އެމަނިކުފާނު ވެސް ވަނީ މީގެކުރިން ވެސް އެ ވާހަކަތައް ދޮގު ކުރައްވާފަ އެވެ.

ހަސަން ކުރުސީގެ ނަމުގައި ހިންގާ އެކައުންޓަކީ އެމަނިކުފާނުގެ އެކައުންޓެއް ކަމަށް ބައެއް ފަރާތްތަކަށް ހީކުރެވި އެތަކެއް އޮޅުން އަރާ ކަމަށް މިއަދު ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް ފޮނުއްވި ސިޓީއެއްގައި ނަޝީދު ވިދާޅުވެފައިވެ އެވެ.

އަދި, އެކަމުގެ ސަބަބުން ސަބަބުން އެމަނިކުފާނަށް އިންތިހާއަށް ގެއްލުން ލިބެމުންދާ ކަމަށް ވެސް އެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

"އެހެންކަމުން މޯލްޑިވްސް ޕޮލިސް ސާވިސްއިން އެ ޓްވިޓާ އެކައުންޓުގެ އަސްލު ހޯއްދަވައި ދެއްވުމަށް އެދި ދެންނެވީމެވެ." ނަޝީދުގެ ސިޓީގައި ވެއެވެ.

ކުރުސީއަކޫ ނަޝީދުގެ އެކައުންޓެއް ކަމަށް އޭރު ތުހުމަތު ކުރެއްވީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އެވެ.

އެ ތުހުމަތަށް ރައްދު ދެއްވާ ނަޝީދު އޭރު ވިދާޅުވީ ހަސަން ކުރުސީއަކީ އެމަނިކުފާނުގެ ބައެއް ލިޔުންތަކުގައި ގެންގުޅުއްވާ ހަގީގީ-ހިޔާލީ ޝަހުސިއްޔަތެއް ކަމަށެވެ. އެހެންނަމަވެސް އޭނާއަކީ އެމަނިކުފާނުގެ ތޮބިއްޔަތު ބަޔާން ކޮށްދޭ ޝަހުސިއްޔަތެއް ކަމަށް ދަންނަވަން ދަތި ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

"އެހެނަސް އޭނާއަކީ ޖިސްމާނީ ގޮތުން އަޅުގަނޑެއް ނޫން، ލިޔުމަކުން އުފެދުނު ޝަހުސިއްޔަތެއް މި ދަރަޖައަށް ދާ ކަމީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" ނަޝީދު އޭރު ވިދާޅުވި އެވެ.

ކުރުސީ އެކައުންޓަކީ ނަޝީދުއަށް ތާއިދުކޮށް ވަރަށް ގިނައިން ޓްވީޓު ކުރާ އެކައުންޓެކެވެ. އެގޮތުން, އެމަނިކުފާނު ކުރިއަށްގެންދަވާ "ފިކުރެއްގެ ދިރުން" ހަރަކާތަށް ތާއިދު ހޯދުމަށް އެ އެކައުންޓުން މަސައްކަތް ކުރެ އެވެ. އަދި, ސިޔާސީ ގޮތުން ހިޔާލު ތަފާތު މީހުންނާ މެދު ތުހުމަތުކޮށް ތަފާތު އެކި މައުލޫމާތުތައް ވެސް ދަނީ އެ އެކައުންޓު މެދުވެރިކޮށް ލީކު ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިކުއިޓީ ހިލޭ ކުރާ ޕްރޮގްރާމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އެ ޕްރޮގްރާމުގެ ދަށުން މާލޭގައި ގެދޮރު އިމާރާތް ކުރަން ބޭނުންވާ ނަމަ އެއް މިލިއަން ރުފިޔާއާ ހަމައަށް ސަރުކާރުން ހިލޭ ފައިސާ ދޭނެ އެވެ. އަދި ރަށެއްގައި ނަމަ ދެ ލައްކަ ރުފިޔާއާ ހަމައަށް ހިލޭ ފައިސާ ދޭނެ އެވެ.

ބީއެމްއެލްގެ ހައުސިން ލޯނުގެ އިކުއިޓީ ކުޑަކޮށްފި

ތިން މިލިއަން ރުފިޔާ ނުވަތަ އެއަށް ވުރެ ދަށުގެ ލޯނުތަކަށް ނަގާ އިކުއިޓީ ފަސް ޕަސެންޓަށް ކުޑަކުރުމުގެ އިތުރުން ލޯނު ދޫކުރާއިރު ރަހުނެއް ވެސް ބަހައްޓާކަށް ނުޖެހޭނެ އެވެ. މީގެ ކުރިން އިކުއިޓީއަށް ލޯނުގެ 20 ޕަސެންޓު ނަގަ އެވެ.

ރަސްމާލެ ހާއްސަ ވެފައި އޮންނަންވާނީ ދިވެހިންނަށް: ޔާމީން

ރަސްމާލެ މަޝްރޫއަކީ ދިވެހިންގެ ބޯހިޔާވަހިކަމަށް އަމާޒުކޮށްފައިވާ ކަމަކަށްވާތީ، އެ ބިންތައް ބޭރުގެ ފަރާތްތަކަށް ވިއްކާލުމާ ކުރީގެ ރައީސް ޔާމީން ދެކޮޅު ހައްދަވައި ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދިވެހިންގެ ފައިސާއިން ހިންގާ މަޝްރޫއަކުން ބޭރު ބަޔަކަށް ފުރުސަތު ދިނުމަކީ ދިވެހިން ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ވެގެންދާނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރަސްމާލެއިން ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މިއަހަރު ސަބްސިޑީއަށް ޖެހީ 2.9 ބިލިއަން، މިހާރު 4.3 ހަރަދުވެއްޖެ

"އެގޮތުން އަޅުގަނޑުމެން މި އަހަރަށް ބަޖެޓުކޮށްފައި ވަނީ 2.9 ބިލިއަން. އެހެން ނަމަވެސް މިހާތަނަށް 4.3 ބިލިއަން ސަބްސިޑީޒްގެ ގޮތުގައި އަޅުގަނޑުމެންނަށް ހަރަދު ކުރަންޖެހިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ސުކޫކަށް ފައިސާ ދެއްކި ގޮތުގެ ތަފްސީލު މިނިސްޓަރު ހާމަކޮށްފި

"އަޅުގަނޑުމެން ސުކޫކަށް ފައިސާ ދެއްކުމަށް މި ބޭނުން ކުރީ 350 މިލިއަން ޑޮލަރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގެ ތެރެއިން. އަދި ހަމަ އެއާއެކު ދައުލަތުގެ ރިޒާވުން 175 މިލިއަން ޑޮލަރު އެކަމުގައި ބޭނުން ކުރެވިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ރައީސްގެ ދަތުރުގައި ބޮޑުވަޒީރު ޝެހެބާޒްއާ ބައްދަލު ކުރައްވާނެ

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރަކީ ބޮޑުވަޒީރު ޝެހެބާޒްގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށެވެ. ޕާކިސްތާނުގެ ރައީސް އާއި ބޮޑުވަޒީރުގެ އިތުރުން އެ ގައުމުގެ އިސް އެހެން ބައެއް އޮފިޝަލުންނާ ވެސް މުއިއްޒު ބައްދަލު ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލަންޖެހޭ ކަމަށް ދިރާސާގައި ބުނެފި

"ގާނޫނީ ގޮތުން މި ޕްރޮޖެކްޓު މަޑުޖައްސާލުމުގެ ބާރު ސަރުކާރަށް އަދިވެސް އެބަ އޮތް. އަދި މި ޕްރޮޖެކްޓު މަޑުޖައްސާލުމަކީ ސަރުކާރަށް ގާނޫނީ ގޮތުން ލާޒިމް ކަމެއް. ޕްރޮޖެކްޓު އިތުރަށް ކުރިއަށްގެންދަންޖެހޭނީ އަލުން ނެގޯޝިއޭޓްކޮށްގެން،" އެ ދިރާސާގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox