ތިން ރިސޯޓެއްގައި އޮތް ސަރުކާރުގެ ހިއްސާ ވިއްކާލަން އަގު ކުރަނީ

Apr 17, 2023, 6:40 AM
މާލޭގައި ހުންނަ ފިނޭންސް މިނިސްޓްރީ ހިންގާ އިމާރާތް. - ފައިލް ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

މާލޭގައި ހުންނަ ފިނޭންސް މިނިސްޓްރީ ހިންގާ އިމާރާތް. - ފައިލް ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ރިސޯޓު ތަރައްގީކުރަން ސަރުކާރާއި އަމިއްލަ ފަރާތްތަކާ ގުޅިގެން ހަދާފައިވާ ތިން ޖޮއިންޓް ވެންޗާ (ޖޭވީ) އެއްގައި އޮތް ސަރުކާރުގެ ހިއްސާ ވިއްކާލުމަށް ޓަކައި އެ ހިއްސާތައް އަގު ކުރާނެ ބަޔަކު ހޯދަން އިއުލާން ކޮށްފި އެވެ.

މި ޖޭވީ ކުންފުނިތަކަކީ ޓޫރިޒަމް ގާނޫނުގެ ފަސްވަނަ މާއްދާގައި ބުނާ ގިނަ ބަޔަކު ބައިވެރިވާ ބީލަން މަރުހަލާއަށް ނުގޮސް ރަށްތައް ކުއްޔަށް ދޭން ހަދާފައިވާ ކުންފުނިތަކެވެެ. ޓޫރިޒަމް ވިޔަފާރިތަކަށާއި ޓޫރިޒަމް ދާއިރާއަށް އަންނަ އިންވެސްޓްމަންޓުތަކަށް ފަހިކޮށްދިނުމުގެ މަގުސަދުގައި ކަމަށް ބުނެ އެކި ސަރުކާރުތަކުން މިގޮތަށް ކުންފުނި ހަދައިގެން ރަށްތައް ކުއްޔަށް ދީފައިވެ އެވެ.

މިފަދަ 45 ކުންފުންޏެއް އޮތް ކަމަށް ސަރުކާރުން މީގެކުރިން ހާމަކޮށްފައިވާއިރު މި ކުންފުނިތަކުގައި ސަރުކާރުގެ ހިއްސާ އޮވެގެންވާ ފައިދާއަށް ވުރެ ކުރިމަތިވާ ހުރަސްތައް ގިނަ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ.

އެއާއެކު ޓޫރިޒަމް ގާނޫނު އިސްލާހުކޮށް މިފަދަ ޖޭވީތަކުގައި އޮންނަ ސަރުކާރުގެ ހިއްސާ ވަކި އުސޫލުތަކެއް ދަށުން ވިއްކާލެވޭނެ މަގު ވަނީ ފަހިކޮށްފަ އެވެ.

ފިނޭންސް މިނިސްޓްރީން ތިން ޖޭވީއެއްގެ ހިއްސާ އަގުކޮށްދޭނެ ބަޔަކު ހޯދަން ވަނީ އިއްޔެ އިއުލާނުކޮށްފަ އެވެ.

  1. ހުރަސްފަރު ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް
  2. ނާއިންފަރު ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް
  3. ބޮޑުމޮހޮރާ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް

ބޮޑުމޮހޮރާގައި ސަރުކާރުގެ 10 ޕަސަންޓު ހިއްސާ އޮތް އިރު، ހުރަސްފަރާއި ނާއިފަރުގައި ސަރުކާރުގެ ފަސް ޕަސަންޓު ހިއްސާ އޮވެ އެވެ.

ދާދިފަހުން އެކުލަވައިލި ގަވައިދުގެ ދަށުން، ހިއްސާ ވިއްކާލުމުގެ ކުރިން ހިއްސާގެ އެންމެ ދަށް އަގު ކަނޑައަޅަން ޖެހެނީ އެ ކުންފުންޏެއްގެ ދަށުގައި ހުރި ހުރިހާ ހަރު މުދަލަކާއި، ރަށް ނުތަވަ ފަޅު ހިމެނޭ ގޮތުން، މުސްތަގިއްލު ވެލިއުއާއެއް މެދުވެރިކޮށް ހަދާ ވެލުއޭޝަނަކުންނެވެ.

އެ އަގުގެ ތެރޭގައި ޖޭވީއަށް ދޫކޮށްފައިވާ ފަޅު، ރަށް ނުވަތަ ބިމުގެ އެކިއުޒިޝަން ފީ އާއި ބިމު ކުލީގެ ގޮތުގައި ދައްކަން ޖެހޭ މިންވަރާއި، އިންވެސްޓްމަންޓު ވެލިއު އަދި ހިއްސާ ވިއްކާލުމުން ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ސަރުކާރަށް ލިބިދާނެ ކަމަށް ލަފާކުރެވޭ އާމްދަނީ އާއި އޮޕޮޗުނިޓީ ކޯސްޓަށް ރިއާޔަތްކުރަން ޖެހޭ ކަމަށް ބަޔާންކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox