ގަނޑުކޮށް ބޭސް ގަންނަން އެއްބަސްވުމަކާ ހަމައަށް އާދެވިއްޖެ، ވަރަށް އަވަހަށް ސޮއި ކުރާނެ: ފިނޭންސް

މާލޭގައި ހުންނަ ބޭސްފިހާރައެއް: ދައުލަތުގެ ބަޖެޓުން ބޭހަށް ކުރާ ހަރަދުކުޑަކުރަން ގަނޑުކޮށް ބޭސްގަތުމަށްޓަކައި ވަރަށް އަވަހަށް އެއްބަސްވުމެއްގައި ސޮއި ކުރާނެ ކަމަށް ފިނޭންސުން ބުނޭ. -އަދަދު ފައިލް ފޮޓޯ

މާލޭގައި ހުންނަ ބޭސްފިހާރައެއް: ދައުލަތުގެ ބަޖެޓުން ބޭހަށް ކުރާ ހަރަދުކުޑަކުރަން ގަނޑުކޮށް ބޭސްގަތުމަށްޓަކައި ވަރަށް އަވަހަށް އެއްބަސްވުމެއްގައި ސޮއި ކުރާނެ ކަމަށް ފިނޭންސުން ބުނޭ. -އަދަދު ފައިލް ފޮޓޯ

ޑޮކްޓަރީ ބޭހާއި މެޑިކަލް ކޮންސިއުމަބްލްސް އެއްފަހަރާ ގަނޑުކޮށް، ބަލްކް ޕްރޮކިއުމެންޓްގެ ތެރެއިން ގަތުމަށް ބޭރުގެ ފަރާތަކާ މަޝްވަރާ ކުރެވި، އެއްބަސްވުމަކާ ހަމައަށް އާދެވިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ދައުލަތުގެ ރިކަރަންޓު ހަރަދު އާމްދަނީން ފޫބެއްދޭނެ ގޮތަށް މި އަހަރުގެ ބަޖެޓު ފަރުމާކޮށްފައިވާއިރު، ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކުން ގާތްގަނޑަކަށް ތިން ބިލިއަން ރުފިޔާ ސަލާމަތް ކުރަން ވަނީ ހިމަނާފަ އެވެ.

އޭގެ ތެރޭގައި ބަލްކް ޕްރޮކިއުމެންޓްގެ ތެރެއިން ޑޮކްޓަރީ ބޭހާއި މެޑިކަލް ކޮންސިއުމަބްލްސް ގަނެގެން އެކަމަށް ކުރާ ހޭދައިން 166.41 މިލިއަން ރުފިޔާ ސަލާމަތް ކުރޭވޭނެ ކަމަށް ފިނޭންސުން ވަނީ އަންދާޒާކޮށްފަ އެވެ.

އެކަން މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެފައިވީ ނަމަވެސް، މި އަހަރުގެ މިހާތަނަށް އެކަން އޮތީ ނުނިމި އެވެ.

އެކަމާ ގުޅޭގޮތުން، "އަދަދު"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް އަހުމަދު ސަރުވަޝް އާދަމް ވިދާޅުވީ ބަލްކް ޕްރޮކިޔުމަންޓުގެ މަސައްކަތް ގާތްގަނޑަކަށް ނިމި ބޭރު ފަރާތަކާއެކު އެއްބަސްވުމަކާ ހަމައަށް އާދެވިފައިވާ ކަމަށެވެ.

"އެއްބަސްވުމުގައި ސޮއި ކުރެވޭ ހިސާބަށް މިހާރު އާދެވިއްޖެ. ވަރަށް އަވަހަށް އެކަން ނިންމައި އެކަމުގެ ތަފްސީލުތައް ހާމަކުރާނެ،" ސަރުވަޝް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox