ޓްރަމްޕްގެ ކުރީގެ ގާނޫނީ ވަކީލާ ދެކޮޅަށް ދައުވާކޮށްފި

ޑޮނަލްޑް ޓްރަމްޕް އަދި ކުރީގެ ގާނޫނީ ވަކީލު މައިކަލް ކޯހެން. -- ފޮޓޯ: ރޮއިޓާޒް

ޑޮނަލްޑް ޓްރަމްޕް އަދި ކުރީގެ ގާނޫނީ ވަކީލު މައިކަލް ކޯހެން. -- ފޮޓޯ: ރޮއިޓާޒް

އެއްބަސްވުމާ ހިލާފުވިކަމަށް ވިދާޅުވެ ކުރީގެ ގާނޫނީ ވަކީލާ ދެކޮޅަށް 500 މިލިއަން ޑޮލަރު ހޯދަން އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވައިފި އެވެ.

ޓްރަމްޕް ތުހުމަތު ކުރައްވާ ގޮތުގައި މައިކަލް ކޯހެން އެމަނިކުފާނުގެ ގާނޫނީ ވަކީލަކަށް ހުންނެވި އިރު، ކްލަޔަންޓުގެ މަސްލަހަތު އިސްކުރުމުގައި ވަކީލުގެ މައްޗަށް އޮންނަ ޒިންމާ އަދާކުރުމުގައި ފެއިލްވި ކަމަށެވެ.

ޓްރަމްޕްއާ ދެކޮޅަށް ނިއު ޔޯކްގައި ހިންގި ޖިނާއީ ތަހުގީގުގެ އެންމެ މުހިއްމު އެއް ހެކިވެރިޔަކީ ކޯހެން އެވެ. އެހެންވެ، ޓްރަމްޕްގެ ސަޕޯޓަރުން ގެންދަނީ ކޯހެންއާ މެދު ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.

މިދިޔަ ހަފުތާގައި ނިއު ޔޯކްގެ ކޯޓެއްގައި ވަނީ ޓްރަމްޕްގެ މައްޗަށް މަކަރާއި ހީލަތް ހެދުމުގެ ދައުވާ އުފުލައިފަ އެވެ. އެއީ ބަރަހަނާ ފިލްމު ކުޅޭ އަންހެނަކާ އެކު ޓްރަމްޕް ބޭއްވި ގުޅުން ފޮރުވަން ފައިސާ ދިން ކަމަށް ބުނާ މައްސަލައިގަ އެވެ.

ފައިސާ ދިން ކަމަށް ބުނާ ދުވަސްވަރު ޓްރަމްޕްގެ ވަކީލަކީ ކޯހެން އެވެ. ޓްރަމްޕްގެ ވަކީލެއްގެ ގޮތުގައި 10 އަހަރަށް ވުރެ ދިގު މުއްދަތެއް ހޭދަކުރި ކޯހެން ވަނީ ޓްރަމްޕް އޯގަނައިޒޭޝަންގެ ނައިބު ރައީސްކަން ވެސް އަދާކޮށްފަ އެވެ.

އެކަމަކު 2016 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ފަހު ޓްރަމްޕާއި ކޯހެންއާ ދެމެދު މައްސަލަ ޖެހުނެވެ. އޭރު އިދާރާތަކުން ދިޔައީ ޓްރަމްޕްއާ ގުޅުން ހުރި ފަރާތްތައް ތަހުގީގު ކުރަމުންނެވެ.

މަކަރާ ހީލަތް ހެދުމާއި ކެމްޕޭނަށް ހަރަދު ކުރުމުގައި ގަވާއިދާ ހިލާފުވި ކަމަށް އެއްބަސްވެ، 2018 ވަނަ އަހަރު ކޯހެން ތިން އަހަރަށް ޖަލަށް ހުކުމްކޮށް ޖޫރިމަނާ ކުރި އެވެ.

މިހާރު މިނިވަންވެފައިވާ ކޯހެންއަކީ ޓްރަމްޕަށް އެންމެ ގިނައިން ފާޑުކިޔާ އެކަކެވެ. ގިނަ ޓީވީ ޝޯތަކަށް އޭނާ އަރަމުންދާ އިރު، ފޮތެއް ލިޔެ ޕޮޑްކާސްޓެއް ވެސް ހުށަހަޅަމުން ދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑޮނީޝިއާއިން ފެތުރޭ ދުމާ ހެދި ސަރަހައްދީ މަސްރަހު ގޯސްވެއްޖެ

އިންޑޮނީޝިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ވިހަ ދުން އަވަށްޓެރި ގައުމުތަކަށް ފެތުރުމުގެ ސަބަބުން، އާންމުންގެ ސިއްހަތަށް ނުރައްކާވެ ސަރަހައްދީ ސިޔާސީ މަސްރަހު ވަނީ ނުތަނަވަސްވެފައެވެ. މި މައްސަލައާ ގުޅިގެން އިންޑޮނީޝިއާއާ އެކު އޮތް ހާރިޖީ ގުޅުންތަކަށް ބުރޫއަރަމުންދާއިރު، މެލޭޝިއާ ފަދަ ގައުމުތަކުގެ އާންމުން ދަނީ އެ ގައުމުގެ އުފެއްދުންތައް ބޮއިކޮޓްކޮށް ނުރުހުން ފާޅުކުރަމުންނެވެ.

އެމެރިކާއިން އީރާނުގެ ގިޝްމް އައިލެންޑަށް ހަމަލާތަކެއް ދީފި

އެމެރިކާގެ މަތިންދާބޯޓަކަށް އީރާނުން ބަޑިޖެހި މައްސަލައިގެ ރައްދުގައި، އެމެރިކާއިން ވަނީ އީރާނުގެ ގިޝްމް އައިލެންޑުގެ ވަކި އަމާޒުތަކަކަށް ހަމަލާދީފައެވެ. މި ހަމަލާތައް ދީފައިވަނީ އެމެރިކާގެ މިޑްޓާމް އިންތިޚާބު ބޯމަތިވެފައި ވަނިކޮށް ކަމަށްވާއިރު، ރައީސް ޓްރަމްޕް ވަނީ އީރާނުގެ ނިއުކްލިއާ ސައިޓަކަށް ހަމަލާދޭން ޖެހިދާނެ ކަމުގެ އިޝާރާތެއް ވެސް ކުރައްވާފައެވެ. އީރާނަށް ދޭ ހަމަލާތައް ވަރުގަދަކުރުމަށް އަވަސް އަރުވާނުލާ ކަމަށް ވިދާޅުވެ، އިންތިޚާބަށްފަހު ވަރުގަދަ ހަމަލާތަކެއް ދީފާނެ ކަމަށް ދެކެވޭ ވާހަކަތައް ޓްރަމްޕް ވަނީ ދޮގުކުރައްވާފައެވެ.

އިންޑިއާ ސްކޫލެއްގައި ކުއްޖަކު އެހެން ކުއްޖަކަށް އަނިޔާކޮށްފި

އިންޑިއާގެ ހަރިޔާނާ ސްޓޭޓްގެ ސްކޫލެއްގައި އަށް އަހަރުގެ ފިރިހެން ކުއްޖަކު ހަ އަހަރުގެ އަންހެން ކުއްޖަކަށް ރަހުމުކުޑަ ހަމަލާއެއް ދިން މައްސަލައެއް ފެންމަތިވެ، މުޅި ގައުމަށް ބޮޑު ސިހުމެއް ލިބިއްޖެއެވެ. މި ހާދިސާއާ ގުޅިގެން ސްކޫލުގެ އިސްވެރިން ސަސްޕެންޑްކޮށްފައިވާއިރު، އަނިޔާކުރި ކުއްޖާ ވަނީ ކުޑަކުދިން ބައިތިއްބާ މަރުކަޒަކަށް ފޮނުވައި މައްސަލަ ތަހުގީގު ކުރަން ފަށާފައެވެ.

ޔޫރަޕްގެ ހަތް ގައުމެއްގެ ސުޕަމާކެޓްތަކަށް ސައިބާ ހަމަލާ

ޔޫރަޕްގެ ހަތް ގައުމެއްގެ ސުޕަމާކެޓްތަކުގެ ފިނިކުރާ ނިޒާމަށް ދިން ސައިބާ ހަމަލާއެއްގައި، ފްރިޖުތަކުގެ ހޫނުމިން މަތިވެ ކާބޯތަކެތި ހަލާކުވުމުގެ ބިރު ކުރިމަތިވެއްޖެއެވެ. މި ހަމަލާގެ ސަބަބުން ބެލްޖިއަމްގެ "ސަބްކޯބެލް" ކުންފުނިން ބަލަހައްޓާ ގިނަ އައުޓްލެޓްތަކަކަށް އަސަރުކޮށްފައިވާއިރު، މިއީ ފަރަންސޭސިވިލާތަށް ކުރިން ދިން ހަމަލާއަކާ އެއްގޮތް ހަމަލާއެކެވެ. މި މައްސަލަ ހައްލުކުރުމަށް ސޮފްޓްވެއާގެ އިތުރުން މެޝިނަރީއަށް ފިޒިކަލް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

Newsletter

Get the latest news delivered straight to your inbox