ފަހަތުން އަރައި ލިވަޕޫލުން އާސެނަލާ އެއްވަރުކޮށްފި

Apr 9, 2023, 6:05 PM
ފަހަތުން އަރައި ލިވަޕޫލުން އާސެނަލާ އެއްވަރުކޮށްފި

ލިވަޕޫލް (އޭޕްރީލް 9) - އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮތް އާސެނަލުން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ލިވަޕޫލުން މިރޭ ފަހަތުން އަރައި 2-2 އިން އެއްވަރުކޮށް، ލީގުގެ ރޭހުގައި މެންޗެސްޓާ ސިޓީ އަށް ހިތްހަމަޖެހުމެއް ހޯދައިދީފި އެވެ.

ލީގުގެ އެއް ވަނައިގައި އާސެނަލް މި ވަގުތު އޮތީ ދެ ވަނައިގައި އޮތް ސިޓީ އަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެން ހަ ޕޮއިންޓުގެ ލީޑަކާ އެކު އެވެ.

އެ ގޮތުން، ލީގުގެ ތާވަލް މި ވަގުތު އޮތް ގޮތަށް ބަލާއިރު، އާސެނަލަށް ވަނީ 30 މެޗުން 73 ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތް ސިޓީގެ އޮތީ 29 މެޗުން 27 ޕޮއިންޓެވެ. ސިޓީން މެޗު ހަމަކޮށް، އަމިއްލަ ދަނޑުގައި އާސެނަލް އަތުން މޮޅުވެއްޖެނަމަ ލީގުގެ އެއް ވަނަ އަށް އެރުމުގެ ފުރުސަތު އޮތީ ހުޅުވިފަ އެވެ.

Advertisement

ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި ކުޅުނު މެޗުގެ އަށް ވަނަ މިނިޓްގައި އާސެނަލުން ލީޑުނެގި އެވެ. މި ލަނޑު ޖެހީ ގަބްރިއެލް މާޓިނެލީ އެވެ. ލިވަޕޫލްގެ ޑިފެންސް ތެރެއިން އެ ޓީމުގެ ވާޖިލް ވެން ޑައިކް ހެދި ގޯހެއްގެ ފައިދާނަގައި، މާޓިނެލީ ވަނީ ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ. ލިވަޕޫލަށް އެއްވަރުކޮށްދޭން އެންޑީ ރޮބަޓްސަން އަށް ލިބުނު ފުރުސަތުން ޖެހި ބޯޅަ ދިޔައީ ގޯލު ކުރިމަތިން ހުރަސްވެގެންނެވެ.

އާސެނަލުން ވަނީ މެޗުގެ 28 ވަނަ މިނިޓްގައި ލީޑުފުޅާކޮށްފަ އެވެ. މިއީ މާޓިނެލީ އޭރިއާތެރެއަށް ހުރަސްކޮށްލި ބޯޅައަކަށް ހުސްކޮށް ފުންމައިގެން އަރައި، ގަބްރިއެލް ޖީސޫސް ބޮލުން ގޯލުގެ ކަނަށް ބޯޅަ އަމާޒުކޮށްލައިގެން ޖެހި ގޯލެކެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިވަޕޫލުން ވަނީ ގޯލެއް ޖަހައިފަ އެވެ. އެ ގޮތުން މެޗުގެ 42 ވަނަ މިނިޓްގައި އާސެނަލް އޭރިއާތެރެއިން މުހައްމަދު ސަލާހު އަށް ލިބުނު ފުރުސަތުން އޭނާ ޖެހި ބޯޅަ ވަނީ ގޯލުގެ ކަނަށް އަމާޒުވެފަ އެވެ.

އެކަމަކު، ދެ ވަނަ ހާފުގެ ކުރީކޮޅުގައި ލިވަޕޫލަށް އެއްވަރުކޮށްދޭން ލިބުނު ރަނުގެ ފުރުސަތަކުން ސަލާހު ޖެހި ޕެނަލްޓީ ދިޔައީ ގޯލު ދަނޑިކައިރިން ބޭރުންނެވެ. މިއީ، ލިވަޕޫލްގެ ޑިއޯގޯ ޖޮޓާ އަށް އާސެނަލްގެ ރޮބް ހޯލްޑިން ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ. ސަލާހު މި ވަނީ އެންމެ ފަހުން ޖެހި ދެ ޕެނަލްޓީ ވެސް ބޭކާރުކޮށްލައިފަ އެވެ. ބޯންމައުތު ކޮޅަށް ސަލާހު ޖެހި ޕެނަލްޓީ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

އާސެނަލަށް ލީޑުފުޅާކޮށްދޭން ކޯނަަރަކުން، އައި ބޯޅައެއްގައި ހުސްކޮށް ހުރެފައި، އާސެނަލްގެ ޑިފެންޑަރު، ގަބްރިއެލް މަގާޅައެސް ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ އަތަށެވެ.

ލިވަޕޫލުން މެޗުގެ ފަހު ކޮޅުގައި އެޓޭކަށް ޖެހި، ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލި އެވެ. އެ ގޮތުން ބަދަލަކަށް ކުޅެން އެރި ޑާވިން ނޫނޭޒް ހުސްކޮށް އަރައި ޖެހި ބޯޅަ އާސެނަލްގެ ކީޕަރު އާރޮން ރަމްސްޑޭލް މަތަކުރި އެވެ.

މެޗުގެ 87 ވަނަ މިނިޓްގައި ޓްރެންޓް އަލެކްސަންޑާ އާނޯލްޑް ނެގި ހުރަހަކުން ލިވަޕޫލްގެ ރޮބާޓޯ ފިރްމީނޯ ވަނީ ބޮލުން ގޯލަށް ބޯޅަ ފޮނުވާލައި، ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. އޭގެ ފަހުން މެޗުގެ އިތުރު ވަގުތުގައި ލިވަޕޫލްގެ ސަލާހާއި ޑިފެންޑަރު، އިބްރާހިމާ ކޮނާޓޭ ގޯލަށް ޖަހަން ފޮނުވާލި ބޯޅަތައް ކީޕަރު ރަމްސްޑޭލް ވަނީ މަތަކޮށްފަ އެވެ.

މި ނަތީޖާއާ އެކު، ލީގުގެ ގަދަ ހަތަރެއްގައި މި ފަހަރ ނިންމާލައި، އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ކުޅުމުގެ ފުރުސަތު ލިވަޕޫލަށް ވަނީ ވަރަށް ބޮޑަށް ހަނިވެފަ އެވެ. ލިވަޕޫލް މި ވަގުތު ލީގުގެ އަށް ވަނައިގައި އޮތީ 29 މެޗުން 44 ޕޮއިންޓާ އެކު އެވެ. ހަތަރެއްގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް 29 މެޗުން ވަނީ 56 ޕޮއިންޓް ލިބިފަ އެވެ.

ލީގުގައި މިރޭ ކްރިސްޓަލް ޕެލަސް އިން ވަނީ ފަަހަތުން އަރައި، 5-1 އިން ލީޑްސް ޔުނައިޓެޑް ބަލިކޮށްފަ އެެވެ. މިއީ ރޯއީ ހޮޖްސަން ހަވާލުވިފަހުން ޕެލަސް ކުޅުނު ދެ ވަނަ މެޗެވެ. ދެ މެޗުން ވެސް ޕެލަސް ވަނީ މޮޅުވެފަ އެވެ. މި މެޗުން ލިބުނު ތިން ޕޮއިންޓާ އެކު، ޕެލަސް އޮތީ 30 މެޗުން 33 ޕޮއިންޓާ އެކު ލީގުގެ 12 ވަނައިގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިޔެކިޔުންތައް ދޭން ޔުއެފާ އިން އިންފަންޓީނޯ އަށް މުހުލަތެއް

ފީފާގެ ލީޑަޝިޕާ ގުޅޭ މައްސަލަ ބޮޑުވެފައިވާ ލިޔެކިޔުންތައް އާންމުކުރުމަށް ޔުއެފާ އިން ފީފާގެ ރައީސް އިންފަންޓީނޯ އަށް ދެ ހަފްތާގެ މުހުލަތެއް ދީ، އެމެރިކާގެ ކޯޓަކަށް މައްސަލަ ހުށަހަޅައިފިއެވެ. މީގެ ތެރޭގައި ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލުމުގެ މުއާމަލާތްތަކާއި، ބައެއް އެވޯޑްތައް ދިނުމުގައި އަމަލުކުރި ގޮތުގެ ތަފްސީލު ހޯދުމަށް ޔުއެފާ އިން ވަނީ ގޮވާލާފައެވެ.

ރޮނާލްޑޯ އަށް 30 ދުވަހުގެ ސަސްޕެންޝަނަކާއި ޖޫރިމަނާއެއް

ޕޯޗުގަލް ގައުމީ ޓީމުގެ ކޭމްޕް އަމިއްލައަށް ދޫކޮށްދިޔަ މައްސަލައިގައި، ކްރިސްޓިއާނޯ ރޮނާލްޑޯ، 30 ދުވަހަށް ސަސްޕެންޑްކޮށް 285 ޑޮލަރުން ޖޫރިމަނާކުރުމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ނިންމައިފައި. ނަމަވެސް މި ސަސްޕެންޝަނުގެ ސަބަބުން އަންނަ މަހު އޮންނަ ބައިނަލްއަގުވާމީ މެޗުތަކުގައި އޭނާ ކުޅުމަކަށް ހުރަހެއް ނެތް ކަމަށް ބެލެވޭ

ފިނޮޅު ކައިރިން ވެލާ އިން ތަފާތު ބޮޑުކޮށް ނަތީޖާ އަނބުރާލައިފި

ރިސޯޓް ސުޕަ ލީގުގައި ވެލާ ޕްރައިވެޓް އައިލެންޑުން ފިނޮޅު އަތުން 10-1 ގެ ބޮޑު ތަފާތަކުން މޮޅުވެ، 12-4 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރިހޯދައިފި. މީގެ އިތުރުން ސަން ސިޔާމް އޮޅުވެލި ވެސް ވަނީ ބަރޮސް ބަލިކޮށް ކުރިހޯދާފައިވާއިރު، މުބާރާތުގެ ފައިނަލަށް ސީދާ ހޮވޭނީ އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމު

ދިވެހި ޕްރިމިއާ ލީގުގެ ފެންވަރަށް ރަނގަޅު ބަދަލު އާދޭ: ޓްރުޗާ

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ 10 ޓީމުން ވެސް ކަންކަން ރަނގަޅުކުރަން މަސައްކަތް ކުރާތީ ލީގުގެ ފެންވަރު މަތިވަމުން އަންނަކަން މާޒިޔާގެ ކޯޗު ޓްރުޗާ ފާހަގަކޮށްފި. ބިދޭސީ ކުޅުންތެރިންނާއި ކޯޗުންގެ ސަބަބުން ޓީމުތަކުގެ ކުޅުމަށް ކުރިއެރުން ލިބެމުންދާއިރު، ލީގުގެ ފެންވަރު އިތުރަށް ފުރިހަމަވާނީ ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ހާޒިރުވެގެން ކަމަށް ބުނި

އިންޑޯ ކޮމްޕްލެކްސްތަކުން ޖާގައިގެ ދަތިތަކަށް ހައްލުލިބޭނެ

ހުޅުމާލެ އާއި ވިލިމާލޭގައި ގާއިމްކުރާ އިންޑޯ ކޮމްޕްލެކްސްތަކުގެ ސަބަބުން ކުޅިވަރު ކުޅޭނެ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ. މީގެ އިތުރުން މާލޭ ހޭންޑްބޯޅަ ކޯޓު ހިޔާކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ނިމި، މުބާރާތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް މަގުފަހިވާނެ ކަމަށް ވިދާޅުވި

ރިވައިވަލް އިން ޔޫރަޕްގެ ތިން މުބާރާތެއްގައި ވާދަކުރަނީ

ބީޑަބްލިއުއެފް އިން ރުހުން ދީފައިވާ ޔޫރަޕްގެ ތިން ބެޑްމިންޓަން މުބާރާތެއްގައި ވާދަކުރުމަށް ރިވައިވަލް ސްޕޯޓްސް އާއި ގައުމީ ސްކޮޑުގެ ފަސް ކުޅުންތެރިން ތައްޔާރުވެއްޖެ. މި މަހާއި އަންނަ މަހު ގްރީސް، ހަންގޭރީ އަދި ނޯވޭގައި ބާއްވާ މި މުބާރާތްތަކަކީ ރިވައިވަލް އިން މިއަހަރު ޔޫރަޕްގައި ކުރިއަށްގެންދާ ދެ ވަނަ ޓުއާ

އެމްބާޕޭގެ ދެ ގޯލާ އެކު ރެއާލުން ސެވިއްޔާ ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭ ކީލިއަން އެމްބާޕޭ ކާމިޔާބުކުރި ދެ ގޯލާއެކު 4-1 އިން ސެވިއްޔާ ބަލިކޮށް، ރެއާލް މެޑްރިޑް ތާވަލުގެ ތިން ވަނަ އަށް ޖެހިލައިފި. ރެއާލްގެ އަނެއް ދެ ލަނޑު އާޑާ ގުލާ އާއި ޑިއޮމަންޑޭ ޖަހައިދިންއިރު، މި މޮޅާއެކު އެޓީމަށް ވަނީ ކުޅުނު ނުވަ މެޗުން 21 ޕޮއިންޓް ލިބިފައި.

Newsletter

Get the latest news delivered straight to your inbox