މޯލްޑިވްސް އޯޕަން: ރާއްޖޭގެ ބިލިއާޑް ތަރިންނަށް ބައިނަލްއަގުވާމީ ރަނުގެ ފުރުސަތެއް

Apr 5, 2023, 9:51 AM
ގައުމީ ޕޫލް ބިލިއާޑް ސެންޓަރުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން.--- ފޮޓޯ: ރާއިފް ޔޫސުފް/ ޔޫތު މިނިސްޓްރީ މީޑިއާ

ގައުމީ ޕޫލް ބިލިއާޑް ސެންޓަރުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން.--- ފޮޓޯ: ރާއިފް ޔޫސުފް/ ޔޫތު މިނިސްޓްރީ މީޑިއާ

މި މަހު 22-26 އަށް ކުރިއަށްދާ "މޯލްޑިވްސް އޯޕަން 2023"، 10 ބޯލް އޭޝިއަން ޓުއާގެ މުބާރާތަކީ ރާއްޖޭގެ ޕޫލް ބިލިއާޑް ތަރިންނަށް ބައިނަލްއަގުވާމީ މައިދާނުގައި ކުރިއަށްދިއުމަށް ލިބޭ ރަނުގެ ފުރުސަތެއްގެ ގޮތުގައި މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން ފާހަގަކުރާ އެންމެ ބޮޑު ސަބަބަކީ މިއީ ބައިނަލްއަގުވާމީ ފެޑެރޭޝަންތަކުގެ ރޭންކިން ޕޮއިންޓް ވެސް ލިބޭ މުބާރާތަކަށް ވާތީ ކަަމަށް އެ އެސޯސިއޭޝަނުން ބުނެފި އެވެ.

މޯލްޑިވްސް އޯޕަން މުބާރާތުގެ މައުލޫމާތު ހިއްސާކުރުމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ބިލިއާޑް އެސޯސިއޭޝަންގެ ރައީސް އަހުމަދު ނާސިފު ވިދާޅުވީ ކޮވިޑް-19ގެ ހާލަތުން އަރައިގަނެ، 2020 ފަހުކޮޅުގައި މާލޭގައި ގާއިމްކުރި މަތީ ފެންވަރުގެ ބިލިއާޑް ފެސިލިޓީ ހުޅުވިގެންދިޔައިރު ވެސް އިންޓަނޭޝަނަލް މުބާރާތަށް ޓާގެޓް ކުރުމަކީ ވެސް މި ކުޅިވަރުގެ ތަރައްގީ އަށް ދުރާލާ މި ފަދަ ބޮޑު ތަސައްވަރެއް އޮތުން ދޭހަވާ ކަމެއް ކަމަށެވެ.

"ދެން އަޅުގަނޑުމެން އުންމީދާ އެކު ބަލަމުންދިޔައީ އަޅުގަނޑުމެންނަށް ވޯލްޑް ޗެމްޕިއަންޝިޕެއް ރާއްޖޭގައި ބޭއްވޭނެ އިރެއް ޑިފައިން ކުރުމަށް،" ނާސިފް ވިދާޅުވި އެވެ.

"މި އިވެންޓަކީ، ވޯލްޑް ޕޫލް އެސޯސިއޭޝަންގެ ރޭންކިން އިވެންޓެއް. ދެން، ރީޖަނަލް ގަވަނިން ބޮޑީ އަކަށްވާ އޭސީބީއެސްގެ ވެސް ރޭންކިން އިވެންޓެއް، މި ދެ (ބައިގެ) ރޭންކިން ޕޮއިންޓް ލިބޭއިރު، މިއީ އޭޝިއަން ޓުއާގެ ފުރަތަމަ ފިޔަވަހި، އެއީ ވެސް ރާއްޖެ އަށް ލިބިގެންދާ ފަހުރުވެރިކަމެއް،"

ނާސިފް ވިދާޅުވީ މި މުބާރާތާ އެކީ، ދިވެހި ކުޅުންތެރިންނަށް ދޭން ބޭނުންވާ މެސެޖަކީ މިއީ ދެމެހެއްޓެނިވި ގޮތެއްގައި ލިބޭ ފުރުސަތަކަށް ހެދުމަށް މި މުބާރާތް ސީރީސްއެއް ގޮތުގައި ގެންދާނެ ކަމަށެވެ.

"އެ ގޮތަށް ގެންދަން ބޭނުންވަނީ މީގެ އެންޑޯޒްމަންޓްގެ ތެރޭގައި ސަރުކާރު އެންމެ ބޮޑު ބައެއް ހިފާފައިވާއިރު، ދުނިޔޭގެ ފެޑެރޭޝަނާއި މީގެ ރީޖަނަލް ބޮޑީން ވެސް މި ވަނީ ސެންކްޝަންކޮށްފައި. މިއާ އެކު ބޭރުގެ ފުރުސަތުތައް ފަހިވުން ދިވެހި ކުޅުންތެރިންނަށް ފަސޭހަވެގެންދާނެ،" ނާސިފް ވިދާޅުވި އެވެ.

ގައުމީ ޕޫލް ބިލިއާޑް ސެންޓަރުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ބިލިއާޑް ރައީސް ނާސިފް ވާހަކަ ދައްކަވަނީ.--- ފޮޓޯ: ރާއިފް ޔޫސުފް/ ޔޫތު މިނިސްޓްރީ މީޑިއާ

މޯލްޑިވްސް އޯޕަން 2023 އަށް ޕޫލް ބިލިއާޑުން ވަނީ ހާއްސަ ރޭންކިން ކޮލިފިކޭޝަނެއް ވެސް ކުޅެފަ އެވެ. މި މުބާރާތުގައި ޖުމްލަ އެކު 64 ކުޅުންތެރިން ވާދަކުރާއިރު، އޭގެއިން 16 ކުޅުންތެރިންނަކީ ދިވެހި ކުޅުންތެރިންނެވެ. މިއީ ވެސް ވަރަށް މަސަައްކަތުން ދިވެހި އެތުލީޓުންނަށް ހޯދައިދެވުނު ފުރުސަތެއް ކަމަށް ބިލިއާޑް އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.

"މީގެ ކުރިން ލޯކަލް އަށް ކުޅުންތެރިންނަށް މުބާރާތުގައި ވާދަކުރަން ފުރުސަތު ލިބެނީ. މި ފަހަރު ރާއްޖޭގެ 16 ކުޅުންތެރިންނަށް ވެސް ފުރުސަތު ލިބޭ. ދެން މި މުބާރާތަށް ދުނިޔޭގައި ތިބި ބިލިއާޑްގެ އެންމެ މޮޅެތި، އެންމެ ބޮޑެތި ކުޅުންތެރިން އަންނަ ކަމީ އަޅުގަނޑުމެންގެ ކުޅުންތެރިންނަށް މި ލިބޭ އެކްސްޕޯޝާ އާއި ރާއްޖެ އިސްތިހާރު ކުރަން މި ހުޅުވޭ ދޮރު ފުޅާވެގެންދަނީ،" ރޭގެ އިވެންޓްގައި ވާހަކަ ދައްކަވަމުން ޔޫތު މިނިސްޓަރު މަހުލޫފް ވިދާޅުވި އެވެ.

މިދިޔަ ހަތަރު އަހަރު ކުރެވުނު މަސައްކަތުން ކުޅިވަރު ތަރައްގީ ކުރުމުގައި މި އޮތް ތަފާތު ކުރުންތައް ނައްތާލައި، އެންމެ ބޮޑެތި ކަންކަން ހާސިލްކުރުމަށް ކުރެވުނު އެއް ކުޅިވަރަކަށް ބިލިއާޑްވާނެ ކަމަށް މިނިސްޓަރު މަހުލޫފްގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ. އެކަން، ހާސިލްވެފައި މި އޮތީ އެސޯސިއޭޝަންގެ ރައީސް، އެކްސްކޯ އަދި މުޅި ބިލިއާޑް އާއިލާގެ އެހީތެރިކަމާ އެކީގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ގައުމީ ޕޫލް ބިލިއާޑް ސެންޓަރުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން.--- ފޮޓޯ: ރާއިފް ޔޫސުފް/ ޔޫތު މިނިސްޓްރީ މީޑިއާ

ރޭގެ އިވެންޓްގައި ބައިވެރިވި ގައުމީ ބިލިއާޑް ޓީމުގެ ކުޅުންތެރިޔާ، އިސްމާއިލް ސުވައިދު ބުނީ މި ފަދަ ފުރުސަތެއް ފަހިކޮށްދިނީތީވެ، ބިލިއާޑްގެ އެކްސްކޯ ޓީމަށާއި ސަރުކާރަށް ކުޅުންތެރިންގެ ފަރާތުން ޝުކުރު އަދާކުރާ ކަމަށެވެ. އަދި މި ފުރުސަތުގެ ބޭނުން އެންމެ ރަނގަޅަށް ހިފައި، މިހާރު މި ލިބިފައިހުރި ގައުމީ ޓީމުގެ ކޯޗާ އެކީގައި މަސައްކަތްކޮށްގެން، ރާއްޖެ އަށް ރީތި ނަން ހޯދައިދިނުމަށް ކުރެވުނު މަސައްކަތެއް ކުރާނެ ކަމުގެ ޔަގީންކަން ދޭ ކަމަށް ސުވައިދު ވަނީ ބުނެފަ އެވެ.

"މި ކަމުގައި އެންމެ ފިޔަވަޅެއް ވެސް އަޅުގަނޑުމެން ފަހަތަކަށް ނުޖެހޭނަން،" ސުވައިދު ބުންޏެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް އިން ހޮވި އެންމެ މޮޅު ޕޫލް ބިލިއާޑް ކުޅުންތެރިޔާގެ މަގާމު ހޯދި މުހައްމަދު ޝަރީފް (ޝަރީ) ބުނީ މީގެ ކުރިން ކުދި ކުޅިވަރުތައް ބާކީކޮށް އޮތުން ނައްތާލައި، ކުދި ކުޅިވަަރުތަކާއި ބޮޑެތި ކުޅިވަރުތައް އެއް ހަމައިން ތަރައްގީކޮށް ފުރުސަތު ދޭން ގެންގުޅުނު މި ސިޔާސަތުގެ ތެރެއިން މިހާތަނަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތަށް ޝުކުރު އަދާކުރާ ކަމަށެވެ.

މި ފަދަ ބޮޑު މުބާރާތެއް ބޭއްވުމަށް ޕޫލް ބިލިއާޑް އެސޯސިއޭޝަން އިން ކުރާ ބުރަ މަސައްކަތް ވެސް ފާހަގަކޮށް ޝަރީ ބުނީ އުންމީދަކީ މި މުބާރާތުން ބޮޑު ކުރިއެރުންތަކާއި ހައިރާންކުރަނިވި ކާމިޔާބީ ހޯދުން ކަމަށެވެ. އަދި އެ ކަމަށް އެހީތެރިިކަން ފޯރުކޮށްދީ ބައިވެރިވުމުގެ ގޮތުން މި ބަރަކާތްތެރި ރަމަޟާން މަހު ދިވެހި ރައްޔިތުން ކުރާ ދުއާތަކުގައި އެ ކުޅުންތެރިންނަށް ކާމިޔާބަށް އެދި ޝާމިލުކޮށްދިނުމަށް އެދޭ ކަމަށް ވެސް ޝަރީ ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox