ބޮޑު ބްރޭކުގެ އަސަރު މާޒިޔާ ކުޅުންތެރިން ކިބައިން ފެނުނު

Apr 4, 2023, 12:52 AM
މާޒިޔާގެ ކޯޗު އިވާން ރޭގެ މެޗަށް ފަހު އިންޓަވިއުދެނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މާޒިޔާގެ ކޯޗު އިވާން ރޭގެ މެޗަށް ފަހު އިންޓަވިއުދެނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ހަތް މަހެއްހާ ދުވަހު ކްލަބް ލެވަލްގެ މެޗެއް ނުކުޅެ ތިބުމަށް ފަހު އަލުން މެޗަކަށް ނުކުންނަން ޖެހުމުން އެ ހުރި އުނދަގޫތަކުގެ އަސަރު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ޓީމުގެ ކުޅުންތެރިންގެ ފަރާތުން ރޭގެ އެފްއޭ ޗެރިޓީ ޝީލްޑް މެޗުގައި ފެނުނު ކަމަށް އެ ޓީމުގެ ކޯޗު ބަލްގޭރިއާގެ އިވާން ވެންކޯވް ކޮލޭވް ބުނެފި އެވެ.

ފުރަތަމަ ހާފުގައި ޖެހި ދެ ގޯލާ އެކު، 2-1 އިން ކްލަބް އީގަލްސް ބަލިކޮށް މާޒިޔާ އިން ވަނީ އެ ކްލަބްގެ ތާރީހުގައި ފަސް ވަނަ ފަހަރަށް ސީޒަން ހުޅުވުމަށް ކުޅޭ ޗެރިޓީ ޝީލްޑް މެޗުން މޮޅުވެފަ އެވެ.

މި މެޗަކީ މާޒިޔާގެ ކޯޗުކަމާ މި ސީޒަނުގައި ހަވާލުވި އިވާންގެ އިރުޝާދުގެ ދަށުން މާޒިޔާ އިން ކުޅުނު ފުރަތަމަ މެޗެވެ. މި މެޗުގެ ފުރަތަަމަ 18 މިނިޓް ތެރޭ މާޒިޔާ އިން ދެ ގޯލު ޖެހިއިރު، މެޗުގެ ބާކީ ބައިގައި ގޯލު ޖަހަން ފުރުސަތު ލިބި ބޭނުމެއް ނުހިފުނެވެ.

މެޗަށް ފަހު އިން އިންޓަވިއުއެއްގައި އިވާން ބުނީ ހިތްހަމަޖެހުމަކީ މޮޅުވުން ކަމަށާއި މި ކަަހަލަ މެޗަކަށް ނުކުންނައިރު އެންމެ މުހިންމު ކަންތަކަކީ ނަތީޖާ ނެރުން ކަމަށެވެ.

"އަހަރެން ބޭނުން ކުޅުންތެރިންނަށް މަރުހަބާ ކިޔަން، އެއީ އެ މީހުން ވަރަށް ރަނގަޅަށް ކުޅެފި،" އިވާން ބުންޏެވެ.

"ރަނގަޅު ވާހަކައެއް އަހަރެމެން ވަރަށް ގިނަ ގޯސްތަކެއް ވެސް ހެދި މި މެޗުގައި. އެއީ ނޯމަލް ކަމެއް، އެއީ ތި މީހުން ވެސް ތި އޮތީ ބުނެފައި ހަތް މަސް ފަހުންނޭ މެޗަކަށް މި ގޮތަށް މި ނުކުތީ، އެހެންވީމަ ހަތް މަސް ފަހުން މެޗެއް ކުޅޭއިރު، ކުއްލިއަކަށް ގޮސް ކުޅެން ފަށައިގެން ހުރިހާ ކަމެއް ރަނގަޅަށް ނުކުރެވޭނެ، އެކަމަކު ވީ އެންމެ ރަނގަޅަށް ކުރި މަސައްކަތް އަހަރެން ބަލައިގަންނަން،"

އިވާން ބުނީ ޔަގީންކަމާ އެކު ބުނަން އެނގޭ ވާހަކަ އަކީ މި އަށް ވުރެ ރަނގަޅަށް ކުރިއަށް އޮތްތަނުގައި މާޒިޔާގެ ކުޅުންތެރިން ޕާފޯމްކުރާނެކަން ކަމަށެވެ.

"ޔަގީންކަމެއް ކުރިއަށް އޮތްތަނުގައި އަހަރެމެންގެ އެޓޭކް މި އަށް ވުރެން ރަނގަޅުކުރެވޭނެ. ލިބޭ ފުރުސަތުތައް ރަނގަޅަށް ނިންމާލެވޭނެ. އުންމީދަކީ ދެން މެޗެއްގައި މި އަށް ވުރެ ރަނގަޅުކޮށް ކުރިއަށް ދިއުން،"

އެފްއޭއެމުން ފުޓްބޯޅަ ސީޒަން ފެއްޓި ނަަމަވެސް ރަސްމީ ސިފައެއްގައި ސީޒަން ކަލަންޑަރު މީޑިއާ އަށް އާންމުކޮށްފައެއް ނުވެ އެވެ. ކްލަބްތަކަށް ހިއްސާކޮށްފައިވާ ކަލަންޑަރުގައިވާ ގޮތުން މި މަހު އަށް ވަނަ ދުވަހު ޕްރެޒިޑެންޓްސް ކަޕް ފަށާނެ އެވެ. އެކަމަކު، މި ވަގުތު ފުރަތަމަ ޑިވިޝަނުގެ އަށް ކްލަބްގެ ތެރެއިން ޕްރެކްޓިސް ކުރަނީ ތިން ކްލަބް ކަމަށްވާއިރު، ޕްރެޒިޑެންޓްސް ކަޕް މިހާރު އޮތް ތާރީހަށް ނުފެށުމުގެ ފުރުސަތު އެބައޮތެވެ.

"ދެން އޮތް މުބާރާތް ފަށާ ސީދާ ތާރީހެއް ނޭނގުނު ކަމުގައި ވިޔަސް އަހަރެމެން މި ކުރާ މަސައްކަތް ކުރިއަށްދިއުން މީގެ މުހިންމީ،" އިވާން ބުންޏެވެ.

އެންމެ ގިނަ ފަހަރު ޝީލްޑް އުފުލާލުމުގެ ރެކޯޑް އޮތް މާޒިޔާ އިން މި ވަނީ 2015، 2016، 2017، 2021 އަދި 2023 ވަނަ އަހަރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox