އީގަލްސް ބަލިކޮށް މާޒިޔާ އިން ފަސް ވަނަ ފަހަރަށް ޝީލްޑް ކާމިޔާބުކޮށްފި

Apr 3, 2023, 7:00 PM
މާޒިޔާ އިން ޝީލްޑް ކާމިޔާބު ކުރުުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު ސްޕޯޓްސް

މާޒިޔާ އިން ޝީލްޑް ކާމިޔާބު ކުރުުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު ސްޕޯޓްސް

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެއްޓުމުގެ ގޮތުން މިރޭ ކުޅުނު މެޗުގައި ކްލަބް އީގަލްސް 2-1 އިން ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ފަސް ވަނަ ފަަހަރަށް ޝީލްޑް އުފުލާލައިފި އެވެ.

އެންމެ ގިނަ ފަހަރު ޝީލްޑް އުފުލާލުމުގެ ރެކޯޑް އޮތް މާޒިޔާ އިން މި ވަނީ 2015، 2016، 2017، 2021 އަދި 2023 ވަނަ އަހަރު އެވެ. އީގަލްސް އިން ވަނީ 2020 ވަނަ އަހަރު މާޒިޔާ ބަލިކޮށް ޝީލްޑް އުފުލާލައިފަ އެވެ.

ހަތް މަހަށް ވުރެ ގިނަ ދުވަހުގެ ބްރޭކަކަށް ފަހު، ގަލޮޅު ދަނޑުގައި މިރޭ ކްލަބް ލެވަލްގެ ރަސްމީ މެޗެއް ކުޅުނުއިރު، މާޒިޔާ އާއި އީގަލްސް އިން ވެސް މި ވަނީ މި ސީޒަން ފެށިއިރު ގެނައި ކުޅުންތެރިންނަށް ފުރަތަމަ އެގާރައިން ފުރުސަތު ދީފަ އެވެ.

Advertisement

އެ ގޮތުން، މާޒިޔާގެ ފުރަތަމަ އެގާރައިގައި އީގަލްސް އިން ގެނައި ތިން ކުޅުންތެރިން ކަމަށްވާ ހަސަން ރާއިފް އަހުމަދު (ހަންނަ) އާއި އަހުމަދު ނޫމާން (ހެލްމެޓް) އަދި ހުސެއިން ސިފާއު ޔޫސުފް (ކުރޯ) ވަނީ ހިމަނައިފަ އެވެ.

މެޗުގެ ކުޅުން ފަށައިގެން އަށް ވަނަ މިނިޓްގައި މާޒިޔާގެ ހެމްލެޓްގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާގެ ސަބަބުން ބަދަލުކޮށްފަ އެވެ.

މާޒިޔާ އަށް ލީޑުނަގައިދިނީ 15 ވަނަ މިނިޓްގައި ހަންނަ އެވެ. މިދިޔަ ސީޒަނުގައި އީގަލްސް ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިން އެއް ކުޅުންތެރިޔާ، ހަންނަ، މި ފަހަރުގެ ސީޒަނުގައި މި ވަނީ މާޒިޔާ ޖޯޒީގައި ކުޅުނު ފުރަތަމަ މެޗުގައި ވެސް ގޯލު ޖަހައިފަ އެވެ. އޭރިއާތެރެއިން މާޒިޔާގެ ހައިޝަމް ހަސަން (ބިޑި) ނެގި ހުރަހަކުން ހަންނަ ވަނީ ތިރިތިރިން ގޯލުގެ ދުރު ކަނަށް ބޯޅަ ވައްދާލައިފަ އެވެ.

ފުރަތަމަ ގޯލު ޖެހުމަށް ފަހު، މާޒިޔާ އިން ލީޑުފުޅާކުރަން މާޒިޔާ އިން މާގިނައިރެއް ނުނެގި އެވެ. މެޗުގެ 18 ވަނަ މިނިޓްގައި މާޒިޔާގެ ސާބިއާ ފޯވާޑް، ސްޓެފަން މިހަލޮވިޗް ވަނީ އެ ޓީމުގެ ދެ ވަނަ ގޯލު ޖަހައިފަ އެވެ. މަތިން މިހަލޮވިޗަށް ކުޅުނު ބޯޅަ މޮޅަށް ކޮންޓްރޯލް ކުރުމަށް ފަހު އޭރިއާތެރެއިން ޖާގަ ހޯދައި، ދުރު ކަނަށް ފޮނުވާލިއިރު، ބޯޅަ ގޯލަށް ވަނީ ދަނޑީގައި ޖެހިފަ އެވެ.

މާޒިޔާގެ ހަމްޕު (ވ) އަތުން ބޯޅަ ހޯދަން އީގަލްސްގެ މައިސާން މަސައްކަތް ކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މާޒިޔާ އިން ދެ ގޯލުގެ ލީޑެއް ނަގައި ހަމަޖެހިލިއިރު، އީގަލްސް އިން އެ ޓީމުގެ ކުރިއަށް ކުުޅުނު ތިން ކުޅުންތެރިން ކަމަށްވާ ޓީމުގެ ކެޕްޓަން، އަހުމަދު ރިޒުވާން (ރިޒޭ) އާއި އިސްމާއިލް އީސާ (މެސީ) އަދި ކުރިން މާޒިޔާ އަށް ކުޅުނު އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އަށް ބޯޅަ ދީގެން އެޓޭކް ކުރެވޭތޯ ބަލަމުންދިޔައިރު، މާޒިޔާ ގޯލުގައި ހުރި ހުސެއިން ޝަރީފް ހާސްކޮށްލެވޭ ވަރުގެ ހަމަލާއެެއް ފޮނުވައިނުލެވުނެވެ.

ފުރަތަަމަ ހާފު ނިމުމުގެ ކުރިން މާޒިޔާ އިން ތިން ވަނަ ގޯލެއް ޖެހުމަށް ރަނގަޅު ހަމަލާއެއް ފޮނުވާލި އެވެ. އޭރިއާ ރޮނގުކައިރިން މާޒިޔާގެ އިބްރާހިމް އައިސަމް ޖެހި ބޯޅަ އީގަލްސްގެ ކީޕަރު މުހައްމަދު ޝަފީއު (ޗެކް) ވަނީ މަތަކޮށްފަ އެވެ.

އީގަލްސް އިން ދެ ވަނަ ހާފަށް ނުކުތީ ބަދަލަކާ އެކު އެވެ. އީސަގެ ބަދަލުގައި ބްރެޒިލްގެ ފޯވާޑް އިވާން ކާލޯސް ކުޅެން އަރުވައިފަ އެވެ.

ދެ ވަަނަ ހާފް ފެށިގެން އީގަލްސް އިން ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން ކުޅެން ފެށި އެވެ. ރިޒޭ އަށް ހުސްކޮށް ލިބުނު ފުރުސަތެއްގައި ޖެހި ޝޮޓް އަރިމަތީ ދާގަނޑަށް އަމާޒުވިއިރު، އިވާން ޖެހި ގޯލު ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ. އެ ނިންމުމާ މެދު އީގަލްސް އިން ހިތްހަމަނުޖެހުން ފާޅުކުރި އެވެ.

އޭގެ ފަހުން، މާޒިޔާ އިން މަޑުމަޑުން މެޗުގެ ތެރެއަށް ވަދެ، ފުރުސަތު ހޯދަން ފެށި އެވެ. މެޗުގެ 66 ވަނަ މިނިޓްގައި މާޒިޔާގެ ހަމްޒާ މުހައްމަދު (ހަމްޕު) ފޮނުވާލި ބޯޅަ ދަނޑިކައިިރިން ދިޔައިރު، އޭގެ މިނިޓެއް ފަހުން، އެ ޓީމުގެ މިސްރު މިޑްފީލްޑަރު، ހަލީލް ޖަމާލް ޖެހި ޝޮޓް ކީޕަރު ޝަފީއު ވަނީ ހުއްޓުވައިފަ އެވެ.

އީގަލްސް އިން ވަނީ މެޗުގެ 72 ވަނަ މިނިޓްގައި ހިލޭ ޖެހުމަކުން ތަނަވަސްކުރި ފުރުސަތެއްގައި ގޯލު ޖަހައިފަ އެވެ. އޭރިއާތެރެއަށް ހުރަސްވި ބޯޅަ ދޫވެގެން އައި ވަގުތު، އީގަލްސްގެ ބިދޭސީ ޑިފެންޑަރު، ޖަހަންގިރު ބަހޯދިރު ވަނީ ގޯލަށް ބޯޅަ ވައްދާލައިފަ އެވެ.

މެޗުގެ 78 ވަނަ މިނިޓްގައި އޭރިއާތެރެއިން މާޒިޔާގެ ހަމްޕު ޖެހި ބޯޅަ ކީޕަރު ޝަފީއު ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން، އޭރިއާތެރެއިން މާޒިޔާގެ ނާއިޒު ހަސަން (ދާދު) ޖެހި ބޯޅަ އީގަލްސް ޑިފެންޑަރަކު ފައިގައި ޖެހިފައި ދިޔައީ އަރިމަތިން ބޭރުންނެވެ.

އިތުރު ގޯލެއް ޖަހައި، ނަތީޖާ ހަމަހަމަކުރަން އީގަލްސް އިން ކުރި މަސައްކަތް ކާމިޔާބުވާ ގޮތެއްނުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox