ޓްރަމްޕްއާ ދެކޮޅަށް ޖިނާއީ ދައުވާ އުފުލަން ނިންމައިފި

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް. -- ފޮޓޯ: އޭޕީ

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް. -- ފޮޓޯ: އޭޕީ

އަންހެނަކާ އެކު ބޭއްވި ގުޅުން ސިއްރުކުރަން ފައިސާ ދިން ކަމަށް ތުހުމަތު ކުރާ މައްސަލައިގައި އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ދެކޮޅަށް ޖިނާއީ ދައުވާ އުފުލަން ނިންމައިފި އެވެ.

ބަރަހަނާ ފިލްމު ކުޅުމަށް މަޝްހޫރު ސްޓޯމީ ޑެނިއެލްސްއާ އެކު ޓްރަމްޕް ބޭއްވި ޖިންސީ ގުޅުންތަކުގެ ވާހަކަ ސިއްރުކުރަަން 2016 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކުރިން 130،000 ޑޮލަރު ދިން ކަަމަށް ތުހުމަތު ކުރާ މައްސަލަ ބެލުމަށް ފަހު ގްރޭންޑް ޖޫރީއިން ނިންމީ ދައުވާ އުފުލުމަށެވެ.

އުމުރުން 76 އަހަރުގެ ޓްރަމްޕް އެ ތުހުމަތު ދޮގުކުރައްވަ އެވެ. އެމަނިކުފާނަކީ އެމެރިކާގެ ތާރީހުގައި ވެސް ޖިނާއީ ދައުވާއެއް ކުރިމަތިވި ފުރަތަމަ ކުރީގެ ރައީސެވެ.

ރިޕޯޓުތައް ބުނާ ގޮތުން ފްލޯރިޑާގައި ދިރިއުޅުއްވާ ޓްރަމްޕް ހޯމަ ދުވަހު ނިއު ޔޯކަށް ދަތުރު ކުރައްވައި، އަންގާރަ ދުވަހު ކޯޓަށް ވަޑައިގަންނަވާނެ އެވެ. އެމަނިކުފާނާ ދެކޮޅަށް އުފުލާ ދައުވާތައް އިއްވާނީ ކޯޓު އަޑުއެހުމުގަ އެވެ.

ޓްރަމްޕްއާ އެކު އޮތް ސިއްރު ގުޅުމުގެ ވާހަކަތައް ކިޔައިދޭން ބޭނުން ކަމަށް ބުނެ، ސްޓޯމީ ޑެނިއެލްސް ނޫސްތަކަށް ގުޅީ 2016 ވަނަ އަހަރު އެވެ. އޭނާ ބުނީ އެ ގުޅުން ބޭއްވީ ޓްރަމްޕް އާއި މިހާރުގެ އަނބިކަނބަލުން މެލާނިއާ ކައިވެނި ކުރެއްވި ފަހުން 2006 ވަނަ އަހަރުގައި ކަމަށެވެ.

އެކަމުގެ ހަބަރު ލިބި، ސްޓޯމީ ޑެނިއެލްސްގެ ވާހަކަތައް ހުއްޓުވުމަށް ޓްރަމްޕްގެ ވަކީލު މައިކަލް ކޯހެން އޭނާއަށް 130،000 ޑޮލަރު ދިން ކަމަށް ތުހުމަތު ކުރެވެ އެވެ. އެއީ ގާނޫނީ ކުށެކެވެ.

އެ އަދަދަށްވާ ފައިސާ ޓްރަމްޕްގެ ފަރާތުން ވަކީލަށް ފޮނުއްވި އެވެ. އެހެން ނަމަވެސް ރަސްމީ ލިޔުންތަކުގައި ބުނީ އެއީ ގާނޫނީ ފީތަކުގެ ގޮތުގައި ދައްކާ ފައިސާ ކަމަށެވެ. ޕްރޮސެކިއުޓަރުން ބުނީ އެއީ ވިޔަފާރި ލިޔުންތައް އޮޅުވާލުން ކަމަށެވެ. އެއީ ނިއު ޔޯކްގައި ޖިނާއީ ކުށެކެވެ.

ޓްރަމްޕް ނެރުއްވި ބަޔާނެއްގައި ނިއު ޔޯކްގެ ޕްރޮސެކިއުޓަރުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. އަދި މެންހެޓަން ޑިސްޓްރިކްޓުގެ އެޓޯނީ އުޅުއްވަނީ ރައީސް "ޖޯ ބައިޑެންގެ ވަގު އެޖެންޑާ ކުރިއަރުވަން" ކަމަށް ތުހުމަތު ކުރެއްވި އެވެ.

ސްޓޯމީ ޑެނިއެލްސް. -- ފޮޓޯ: ގެޓީ އިމޭޖާޒް
ސްޓޯމީ ޑެނިއެލްސް. -- ފޮޓޯ: ގެޓީ އިމޭޖާޒް

ސްޓޯމީ ޑެނިއެލްސް. -- ފޮޓޯ: ގެޓީ އިމޭޖާޒް

ޓްރަމްޕް އާއި އެމަނިކުފާނުގެ ސަޕޯޓަރުން ތަކުރާރުކޮށް ވިދާޅުވަނީ ދައުވާ ކުރަން އުޅެނީ ސިޔާސީ ބޭނުމެއްގައި ކަމަށެވެ. މި މައްސަލައިގެ ސަބަބުން 2024 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އަސަރު ކުރާނެ އެވެ.

އެގޮތުން ރިޔާސީ އިންތިހާބަށް ރިޕަބްލިކަން ޕާޓީގެ ޓިކެޓް ހޯދުމަށް ޓްރަމްޕް ހިންގަވާ ކެމްޕެއިނަށް ވެސް އޭގެ ސަބަބުން ހުރަސް އެޅޭނެ އެވެ. މި ވަގުތު އެ ޕާޓީގެ ކެންޑިޑޭޓުންގެ ތެރެއިން އެންމެ މަގްބޫލުކަން ބޮޑީ ޓްރަމްޕަށެވެ.

އެހެން ނަމަވެސް ޖިނާއީ ކުށެއް ސާބިތުވާ ކެންޑިޑޭޓަކު ކެމްޕެއިން ކުރެއްވުމާއި ރައީސްގެ މަގާމު އަދާކުރެއްވުން އެމެރިކާގެ ގާނޫނުން މަނާނުކުރެ އެވެ. ކެންޑިޑޭޓަކު ޖަލުގައި ހުންނެވި ނަމަވެސް ގާނޫނީ ހުރަހެއް ނެތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑޮނީޝިއާއިން ފެތުރޭ ދުމާ ހެދި ސަރަހައްދީ މަސްރަހު ގޯސްވެއްޖެ

އިންޑޮނީޝިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ވިހަ ދުން އަވަށްޓެރި ގައުމުތަކަށް ފެތުރުމުގެ ސަބަބުން، އާންމުންގެ ސިއްހަތަށް ނުރައްކާވެ ސަރަހައްދީ ސިޔާސީ މަސްރަހު ވަނީ ނުތަނަވަސްވެފައެވެ. މި މައްސަލައާ ގުޅިގެން އިންޑޮނީޝިއާއާ އެކު އޮތް ހާރިޖީ ގުޅުންތަކަށް ބުރޫއަރަމުންދާއިރު، މެލޭޝިއާ ފަދަ ގައުމުތަކުގެ އާންމުން ދަނީ އެ ގައުމުގެ އުފެއްދުންތައް ބޮއިކޮޓްކޮށް ނުރުހުން ފާޅުކުރަމުންނެވެ.

އެމެރިކާއިން އީރާނުގެ ގިޝްމް އައިލެންޑަށް ހަމަލާތަކެއް ދީފި

އެމެރިކާގެ މަތިންދާބޯޓަކަށް އީރާނުން ބަޑިޖެހި މައްސަލައިގެ ރައްދުގައި، އެމެރިކާއިން ވަނީ އީރާނުގެ ގިޝްމް އައިލެންޑުގެ ވަކި އަމާޒުތަކަކަށް ހަމަލާދީފައެވެ. މި ހަމަލާތައް ދީފައިވަނީ އެމެރިކާގެ މިޑްޓާމް އިންތިޚާބު ބޯމަތިވެފައި ވަނިކޮށް ކަމަށްވާއިރު، ރައީސް ޓްރަމްޕް ވަނީ އީރާނުގެ ނިއުކްލިއާ ސައިޓަކަށް ހަމަލާދޭން ޖެހިދާނެ ކަމުގެ އިޝާރާތެއް ވެސް ކުރައްވާފައެވެ. އީރާނަށް ދޭ ހަމަލާތައް ވަރުގަދަކުރުމަށް އަވަސް އަރުވާނުލާ ކަމަށް ވިދާޅުވެ، އިންތިޚާބަށްފަހު ވަރުގަދަ ހަމަލާތަކެއް ދީފާނެ ކަމަށް ދެކެވޭ ވާހަކަތައް ޓްރަމްޕް ވަނީ ދޮގުކުރައްވާފައެވެ.

އިންޑިއާ ސްކޫލެއްގައި ކުއްޖަކު އެހެން ކުއްޖަކަށް އަނިޔާކޮށްފި

އިންޑިއާގެ ހަރިޔާނާ ސްޓޭޓްގެ ސްކޫލެއްގައި އަށް އަހަރުގެ ފިރިހެން ކުއްޖަކު ހަ އަހަރުގެ އަންހެން ކުއްޖަކަށް ރަހުމުކުޑަ ހަމަލާއެއް ދިން މައްސަލައެއް ފެންމަތިވެ، މުޅި ގައުމަށް ބޮޑު ސިހުމެއް ލިބިއްޖެއެވެ. މި ހާދިސާއާ ގުޅިގެން ސްކޫލުގެ އިސްވެރިން ސަސްޕެންޑްކޮށްފައިވާއިރު، އަނިޔާކުރި ކުއްޖާ ވަނީ ކުޑަކުދިން ބައިތިއްބާ މަރުކަޒަކަށް ފޮނުވައި މައްސަލަ ތަހުގީގު ކުރަން ފަށާފައެވެ.

ޔޫރަޕްގެ ހަތް ގައުމެއްގެ ސުޕަމާކެޓްތަކަށް ސައިބާ ހަމަލާ

ޔޫރަޕްގެ ހަތް ގައުމެއްގެ ސުޕަމާކެޓްތަކުގެ ފިނިކުރާ ނިޒާމަށް ދިން ސައިބާ ހަމަލާއެއްގައި، ފްރިޖުތަކުގެ ހޫނުމިން މަތިވެ ކާބޯތަކެތި ހަލާކުވުމުގެ ބިރު ކުރިމަތިވެއްޖެއެވެ. މި ހަމަލާގެ ސަބަބުން ބެލްޖިއަމްގެ "ސަބްކޯބެލް" ކުންފުނިން ބަލަހައްޓާ ގިނަ އައުޓްލެޓްތަކަކަށް އަސަރުކޮށްފައިވާއިރު، މިއީ ފަރަންސޭސިވިލާތަށް ކުރިން ދިން ހަމަލާއަކާ އެއްގޮތް ހަމަލާއެކެވެ. މި މައްސަލަ ހައްލުކުރުމަށް ސޮފްޓްވެއާގެ އިތުރުން މެޝިނަރީއަށް ފިޒިކަލް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

Newsletter

Get the latest news delivered straight to your inbox