މާޒިޔާ އާއި އީގަލްސް ބައްދަލުކުރާ ޗެރިޓީ ޝީލްޑް މެޗު އަންނަ ހަފްތާގައި

Mar 26, 2023, 8:52 AM
 މިދިޔަ އަހަރު ލީގުގައި މާޒިޔާ އާއި އީގަލްސް ކުޅުނު މެޗެއްގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު ފައިލް ފޮޓޯ

މިދިޔަ އަހަރު ލީގުގައި މާޒިޔާ އާއި އީގަލްސް ކުޅުނު މެޗެއްގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު ފައިލް ފޮޓޯ

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެއްޓުމުގެ ގޮތުން ކުޅޭ އެފްއޭ ޗެރިޓީ ޝީލްޑް މެޗުގައި މިދިޔަ އަހަރުގެ ދިވެހި ޕްރިމިއާ ލީގު ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ލީގުގެ ރަނަރަޕް ކްލަބް އީގަލްސް އިން އަންނަ ހަފްތާގައި ބައްދަލުކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އެފްއޭއެމް އިން މިއަދު މީޑިއާ އަށް ދިން މެސެޖެއްގައި ބުނެފައިވަނީ، އަންނަ ހަފްތާގެ ހޯމަ ދުވަހުގެރޭ، އީގަލްސް އާއި މާޒިޔާ ބައްދަލުކުރާ ޝީލްޑް މެޗު އޮންނާނެ ކަމަށެވެ. އަދި މެޗު ފަށަން ނިންމާފައިވާ ވަގުތަކީ 22:00 ގަ އެވެ.

މާޒިޔާ އަކީ މިދިޔަ ސީޒަނުގައި ލީގާއި އެފްއޭ ކަޕްގެ ޗެމްޕިއަނުންނެވެ. އާންމު ގޮތެއްގައި ޝީލްޑް މެޗުގައި ކުޅެނީ ލީގު ޗެމްޕިއަނާއި އެފްއޭ ކަޕްގެ ޗެމްޕިއަނެވެ. ދެ މުބާރާތް ވެސް އެއް ޓީމަކުން ކާމިޔާބުކޮށްފިނަމަ ޝީލްޑް މެޗުގެ ފުރުސަތު ލިބެނީ ލީގުގެ ރަނަރަޕަށެވެ.

ޝީލްޑް މެޗުގެ އެންމެ ކާމިޔާބު ޓީމަކީ މާޒިޔާ އެވެ. މިދިޔަ ސީޒަނުގެ ޝީލްޑް މެޗުގައި މާޒިޔާ އިން ވަނީ 5-0 އިން ކްލަބް ވެލެންސިއާ ބަލިކޮށް، ހަތަރު ވަނަ ފަހަރަށް ޝީލްޑް އުފުލާލައިފަ އެވެ.

މި ފަހަރު އޮތީ ރާއްޖޭގެ ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ 13 ވަނަ ޗެރިޓީ ޝީލްޑް މެޗު: މި ސީޒަނުގެ ޗެރިޓީ ޝީލްޑް މެޗަކީ މާޒިޔާ އިން ކުޅޭ އަށް ވަނަ މެޗު.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެއްޓުމަށް ކުރިން ކުޅެމުން އައި ކަޕް ވިނާސް ކަޕްގެ ބަދަލުގައި 2009 ވަނަ އަހަރު ފެށި ޝީލްޑް މެޗުގެ މިހާތަނަށް 12 މެޗެއް ކުޅެފައިވާއިރު، މާޒިޔާ އިން ހޯދި ހަތަރު ފަހަރުގެ އިތުރުން ދެން ޝީލްޑް އުފުލާލާފައިވަނީ ވީބީ އައްޑޫ އެފްސީން ވަނީ ތިން ފަހަރާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ދެ ފަހަރާއި ކްލަބް ވެލެންސިއާ، ޓީސީ ސްޕޯޓްސް ކްލަބް އަދި ކްލަބް އީގަލްސް އިން ވަނީ އެއް ފަހަރު ޝީލްޑް އުފުލާލައިފަ އެވެ.

މާޒިޔާ އާއި އީގަލްސް އިން ވަނީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހު ޗެރިޓީ ޝީލްޑް މެޗުގައި ބައްދަލުކޮށްފަ އެެވެ. އެ މެޗުން މާޒިޔާ އަތުން އީގަލްސް ވަނީ ފަހަތުން އަރައި 3-2 އިން މޮޅުވެފަ އެވެ.

ޗެރިޓީ ޝީލްޑް މެޗާ ކުރިމަތިލާއިރު، ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ އަށް ޓީމުގެ ތެރެއިން މި ވަގުތު ޕްރެކްޓިސް ކުރަނީ މާޒިޔާ އާއި އީގަލްސް އެކަންޏެވެ. ރާއްޖޭގައި އެންމެ ފަހުން ރަސްމީކޮށް ފުޓްބޯޅަ މެޗެއް ކުޅުނުތާ ހަތް މަހަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، މިހާތަނަށް އާ ސީޒަނަށް ތައްޔާރުވުމުގައި އެކަށީގެންވާ މަަސައްކަތެއް ކްލަބްތަކުގެ ފަރާތުން ނުފެނެ އެވެ. މާލީ މައްސަލަތަކުގެ ސަބަބުން ކްލަބްތަކަށް ޕްރީ ސީޒަން ޕްރެކްޓިކްސް އޮތީ ނުފެށި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox