އިކުއެޑޯގެ ނޫސްވެރިއަކަށް ފޮނުވި ޔޫއެސްބީ ބޮމެއް ގޮވައި އަނިޔާވެއްޖެ

އިކުއެޑޯގެ ފުލުހުން ނިއުސްރޫމެއްގައި ހަރަކާތްތެރި ވަނީ. -- ފޮޓޯ: އިކުއެޑޯ ފުލުހުން/ ޓްވިޓާ

އިކުއެޑޯގެ ފުލުހުން ނިއުސްރޫމެއްގައި ހަރަކާތްތެރި ވަނީ. -- ފޮޓޯ: އިކުއެޑޯ ފުލުހުން/ ޓްވިޓާ

އިކުއެޑޯގެ ނޫސްވެރިއަކަށް ފޮނުވި ޔޫއެސްބީ ބޮމެއް ނިއުސްރޫމް ތެރޭގައި ގޮވައި، އޭނާއަށް އަނިޔާވެއްޖެ އެވެ.

ލެނިން އާޓިއެޑާއަށް ޕޯސްޓުން ލިބުނު ސިޓީ އުރައިގެ ތެރޭގައި އޮތް ޔޫއެސްބީ ޑްރައިވް ލެޕްޓޮޕަށް ޖެހުމާ އެކު ގޮވި ކަމަށް އޭނާ ބީބީސީއަށް ބުންޏެވެ.

އެ ހާދިސާގައި އޭނާއަށް ކުދި އަނިޔާތައް ލިބުނެވެ. ރިޕޯޓުތައް ބުނާ ގޮތުން އިކުއެޑޯގެ ގިނަ ނޫސްވެރިންތަކަކަށް ދަނީ ޕޯސްޓު މެދުވެރިކޮށް އެފަދަ ގޮވާ ތަކެތި ފޮނުވަމުންނެވެ.

އެ ގައުމުގެ އެޓޯނީ ޖެނެރަލްގެ އޮފީހުން ބުނީ އެކަމާ ގުޅޭ ތަހުގީގެއް ފަށާފައިވާ ކަމަށެވެ. މިހާތަނަށް ޓާގެޓްކުރި މީޑިއާތަކުގެ ނަން ހާމަކޮށްފައެއް ނުވެ އެވެ. އެހެން ނަމަވެސް، ތަފާތު ފަސް ތަނަކަށް ސިޓީ އުރައިގައި ގޮވާ ތަކެތި ފޮނުވާފައިވެ އެވެ.

އިކުއެޑޯގެ ސަރުކާރުން އެކަން ކުށްވެރިކޮށް ބުނީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ހުރިހާ އެންމެން އިހްތިރާމް ކުރަން ޖެހޭ ހައްގެއް ކަމަށެވެ.

"ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމަށް ހުރަސް އަޅަން ހިންގާ ކޮންމެ ކަމަކާ މެދު ވެސް ގާނޫނުގެ ތެރެއިން އެންމެ ބޮޑު އަދަބު ދޭން ޖެހޭ،" ސަރުކާރުގެ ބަޔާނުގައި ބުންޏެވެ.

އިންޓީރިއާ މިނިސްޓަރު ހުއާން ޒަޕާޓާ ވިދާޅުވީ ހުރިހާ ޑިވައިސްތަކެއް ވެސް ޕޯސްޓު ކުރީ އެއް އަވަށަކުން ކަމަށެވެ.

ލެނިން އާޓިއޭޑާއަށް އަނިޔާވި އިރު، އެހެން ނޫސްވެރިންނަށް ފޮނުވި ޑިވައިސްތައް ނުގޮވަ އެވެ. އަދި ބައެއް ނޫސްވެރިން ސިޓީއުރަ ނުހުޅުވަ އެވެ.

ޓީސީ ޓެލެވިޝަންއަށް ފޮނުވި ޑިވައިސްއެއް ނުގޮވާ ގޮތް ހެދުމަށް ފުލުހުން ހާއްސަ އޮޕަރޭޝަނެއް ވެސް ހިންގި އެވެ. އިކުއެޑޯގެ ފޮރެންސިކް ސައިންސްއާ ބެހޭ ޗީފް ވިދާޅުވީ އެ ޑިވައިސްތަކުގައި ހިމެނެނީ "އަސްކަރީ ގްރޭޑު"ގެ ގޮވާ ތަކެތި ކަމަށެވެ.

އިކުއެޑޯގައި ހަމަނުޖެހުން އިތުރުވަމުންދާ މި ދަނޑިވަޅުގައި ރައީސް ގުއިލާމޯ ލާސޯ ވިދާޅުވީ އެއީ ގޭންގުތަކުގެ މެދުގައި އޮންނަ ވާދަވެރިކަމުގެ ނަތީޖާ ކަމަށެވެ.

އެ ގައުމުގައި ފަހަކަށް އައިސް ގޭންގު ކުށްތަކާއި މީހުން މެރުން ވަރަށް ބޮޑަށް އިތުރެވެ. އިކުއެޑޯއަކީ ޕެރޫ އާއި ކޮލޮމްބިއާއަށް މަސްތުވާތަަކެތި ފޮނުވުމަށް ބޭނުންކުރާ ޓްރާންސިޓް ގައުމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޑީލަކީ ހިޔާނާތެއް: އާޒިމް

ރަސްމާލެއިން 500 ހެކްޓަރުގެ ބިން ބޭރުގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ގައުމަށް ވެވޭ ބޮޑު ހިޔާނާތެއް ކަމަށް ވިދާޅުވެ، އެ އެއްބަސްވުން ބާތިލުކުރުމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ގޮވާލައްވައިފިއެވެ. އާޒިމް ވިދާޅުވީ މިއީ ދިވެހިންގެ މުސްތަގުބަލު ގެއްލޭ ގޮތަށް، ރައްޔިތުންނަށް އެ ބިން އަނބުރާ ނުލިބޭނެ ފަދަ ގޮތަކަށް ކޮށްފައިވާ ނުރައްކާތެރި ކަމެއް ކަމަށެވެ.

ރަސްމާލެ ދިނަސް ބޯހިޔާވަހިކަމަށް ހުރަސް ނޭޅޭނެ: މުއިއްޒު

ރަސްމާލެއިން ބޮޑު ބިމެއް އީގަލް ހިލްސް ކުންފުންޏަށް ދޫކުރި ނަމަވެސް، ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް އެއްވެސް ހުރަހެއް ނޭޅޭނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ދެއްވައިފިއެވެ. ނަމަވެސް، ބިދޭސީންނަށް ޚާއްސަކޮށްގެން ހިންގާ މި މަޝްރޫއަށް ބޮޑު ބިމެއް ދިނުމުން، ސަރުކާރުން ވައުދުވި ގޯއްޗާއި ފްލެޓްތައް އެޅުމަށް ބޭނުންވާ ޖާގައާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރިޒާވު ދަށް، އެކަމަކު ހަ މަސް ތެރޭގައި ރަނގަޅު ވާނެ: މުއިއްޒު

ހަ މަސްދުވަހުގެ ތެރޭގައި ރިޒާވް ރަނގަޅުވާނެ ކަމުގެ ޔަގީންކަންމުއިއްޒު ދެއްވިއިރު، ރިޒާވް އިތުރުކުރުމަށްޓަކައި ޑޮލަރު މާރުކުރާ މިންވަރު އިތުރުކުރުމާއި މެލޭޝިއާއިން ކަރަންސީ ސްވޮޕް ފެސިލިޓީ ހޯދުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުން. ސަރުކާރުން ބުނަނީ ރިޒާވު ދަށް ވަނީ ދަރަނި ދައްކަން ޖެހޭތީ އާއި ތެޔޮ އިމްޕޯޓުކުރުމުގެ ހަރަދު ބޮޑުވީމަ ކަމަށް.

އީގަލް ހިލްސްއަށް ރަސްމާލެ ދިނުމާ ދެކޮޅު ހަދަންޖެހޭ: ފަޒްލޫން

ރަސްމާލެ މަޝްރޫއު ހިންގަން އީގަލް ހިލްސް ކުންފުންޏަށް ބިން ދިނުމަކީ ރާއްޖޭގައި ޒަޔަނިސްޓުން ވަޒަންވެރިކުރުވައި، ގައުމުގެ އިސްތިގުލާލަށް ނުރައްކާވެދާނެ ކަމެއް ކަމަށް ޝެއިހް ފަޒްލޫން ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި މި މަޝްރޫއުގެ ދަށުން ދޫކުރާ ތަންތަން 99 އަހަރުގެ މުއްދަތަށް، ނިމުމެއް ނެތް ސިލްސިލާއެއްގެ ގޮތުގައި ދެވޭނެ.

ރ. މަޑުއްވަރީގައި ބިދޭސީއެއް އަތުން ފޭރުނު މައްސަލައެއް ބަލަނީ

ރ. މަޑުއްވަރީގައި ބިދޭސީ އަންހެނެއް އަތުން ފޭރި މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށާފައިވާއިރު، މި އަމަލު ހިންގާފައިވަނީ ބަންގްލަދޭޝް ފިރިހެނެއްކަން ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއިން އެނގޭ. މި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނޭ.

ސަލާމަތީ މަޖިލީހުން ސިޑްސްއަށް ދާއިމީ ގޮނޑިއެއް ދޭން ގޮވާލައިފި

އދ. ގެ އާންމު މަޖިލީހުގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވަނީ ވީޓޯގެ ބާރު އުވާލުމަށާއި، 2033-2034 ވަނަ އަހަރަށް ސަލާމަތީ މަޖިލީހުގެ ގޮނޑިއަކަށް ރާއްޖެއިން ކުރާ މަސައްކަތަށް ތާއީދުކޮށްދިނުމަށް އެދިވަޑައިގެންފަ

ކޮވިޑުގެ ސަބަބުން ރާއްޖެ 15 އަހަރު ފަހަތަށް ސޮއްސާލި: އިރުތިޝާމް

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ އުފެއްދުންތެރިކަމުގެ ތިންބައިކުޅަ އެއްބައި ގެއްލި، ތަރައްގީގައި 15 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވި. ވެކްސިނާއި ބޭހާއި ބަލި ދެނެގަންނަ ވަސީލަތްތައް ފޯރުކޮށްދެވޭނެ ވަރުގަދަ ނިޒާމުތަކެއް ބޭނުންވާކަން އިރުތިޝާމް ފާހަގަކުރެއްވި.

Newsletter

Get the latest news delivered straight to your inbox