ފަރެސްމާތޮޑާ އެއާޕޯޓަށް ޓެސްޓު ފްލައިޓު ޖެއްސުން މިއަދު ހަވީރު

ފަރެސްމާތޮޑާ އެއާޕޯޓު: އެ އެއާޕޯޓު ހުޅުވުމަށް ހަމަޖެހިފައިވަނީ މި މަހު 15 ގައި - ފޮޓޯ: އެމްޓީސީސީ

ފަރެސްމާތޮޑާ އެއާޕޯޓު: އެ އެއާޕޯޓު ހުޅުވުމަށް ހަމަޖެހިފައިވަނީ މި މަހު 15 ގައި - ފޮޓޯ: އެމްޓީސީސީ

ގއ. ފަރެސްމާތޮޑާގައި މި ސަރުކާރުން ތަރައްގީކުރި އެއާޕޯޓަށް ފުރަތަމަ ޖައްސާ ޓެސްޓު ފްލައިޓު މިއަދު ހަވީރު ޖައްސާނެ ކަމަށް މޯލްޑިވިއަން އިން ބުނެފި އެވެ.

މޯލްޑިވިއަންގެ މީޑިއާ އޮފިޝަލް "އަދަދު" އަށް ވިދާޅުވި ގޮތުގައި އެ އެއާޕޯޓުގައި ފުރަތަމަ ފްލައިޓު ޖައްސާނީ މިއަދު ހަވީރު 5:00 ހާއިރު އެވެ.

ޓެސްޓު ފްލައިޓު ޖެއްސުން މިއަދު އޮތް ނަމަވެސް އެ އެއާޕޯޓު ރަސްމީކޮށް ހުޅުވާ ދަތުރުތައް ފަށަން ހަމަޖެހިފައިވަނީ މި ހަފުތާގެ ތެރޭގަ އެވެ. އެގޮތުން މި މަހު 15 ގައި އެއާޕޯޓު ރަސްމީކޮށް ހުޅުވާއިރު، ހަފުތާއަކު ދެ ދަތުރުގެ މަގުން ދަތުރުތައް ފަށާނީ މި މަހު 16 އެވެ.

Advertisement

ފަރެސްމާތޮޑާ އެއާޕޯޓު ހުޅުވުން ފާހަގަކުރުމަށް ގައުމީ އެއާލައިނުން ވަނީ މި މަހުގެ 16 އަދި 19 ގައި އެ އެއާޕޯޓަށް ދަތުރުކުރާ ފަރާތްތަކަށް ހާއްސަ ފެއާއެއް ކަނޑައަޅާފަ އެވެ. އެގޮތުން އެ ދެ ދުވަހު އެ އެއާޕޯޓަށް އެއްކޮޅު ޓިކެޓެއް ލިބޭނީ އާންމު އަގަށްވުރެ 50ރ. ކުޑަކޮށް 1574ރ. އަށެވެ.

ގާތްގަނޑަކަށް 145 މިލިއަން ރުފިޔާ ހޭދަވި މި މަޝްރޫއު ސަރުކާރުން އިއުލާންކޮށް ފެށީ 2020 ގަ އެވެ. އެގޮތުން އެމްޓީސީސީއާ ހަވާލުކޮށްގެން މަސައްކަތް ފެށީ އެއް އަހަރާއި އަށް މަހުން މަސައްކަތް ނިންމާ އެއާޕޯޓު ހުޅުވުމަށެވެ.

ނަމަވެސް ދުނިޔޭގެ ބާޒާރަށް އައި ދަތިތަކާއެކު ތަކެތި ލިބުން ދަތިވެ އެއާޕޯޓުގެ ބައެއް މަސައްކަތްތައް ލަސްވެގެންދިޔަކަން އެމްޓީސީސީއިން ވަނީ މީގެ ކުރިން ފާހަގަކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިރާގު ރޯޑް ރޭސް 5،500އަށްވުރެ ގިނަ ދުވުންތެރިންނާއެކު ބާއްވައިފި

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ 17 ވަނަ އެޑިޝަން 5،500 އަށްވުރެ ގިނަ ދުވުންތެރިންނާއެކު ހުޅުމާލެ ސެންޓްރަލް ޕާކުގައި ވަނީ ބާއްވާފައެވެ. މި ދުވުމުގެ ލައިވް އަޕްޑޭޓްތަކާއި، ނަތީޖާ އަދި ދުވުންތެރިންގެ ރޭންކިންގ ބަލައިލުމުގެ ފުރުސަތު ދިރާގުން ވަނީ ޚާއްޞަ މޮބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ފަހިކޮށްދީފައެވެ.

ޕީއެންސީގެ މެންބަރުންގެ އަދަދު ލައްކައަކަށްވުރެ ދަށަށް

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރިތާ 24 ގަޑިއިރު ނުވަނީސް، އަލުން އެ އަދަދު ލައްކައަކަށް ވުރެ ދަށަށް ގޮސްފިއެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މި އަދަދު ހަމަކުރުމަށްޓަކައި ވަޒީފާގެ ބިރުދެއްކުމާއި ރިޝްވަތުގެ ގޮތުގައި ފައިސާ ބޭނުންކޮށްފައިވެއެވެ. އީސީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ ޕާޓީގެ މެންބަރުންގެ އަދަދު މިހާރު ވަނީ 99,930 އަށް ތިރިވެފައެވެ.

ރަސްމާލޭގެ ޑީލުގައި ސޮއިނުކުރަން އެދި އަލައްބާރަށް ސިޓީއެއް

ރަސްމާލެ މަޝްރޫއުގެ މިހާރުގެ ޝަރުތުތަކާއި ގާނޫނުއަސާސީއާ ފުށުއެރުންތަކެއް ހުރި ކަމަށާއި، އެކަމުގައި އެކަށީގެންވާ ގޮތެއްގައި ރައްޔިތުންގެ ހިޔާލު ހޯދާފައި ނުވާތީ، ދެން އަންނަ ސަރުކާރަކުން ވެސް މި މަޝްރޫއުގެ އެއްބަސްވުން އަލުން މުރާޖައާކުރުމަށް ނުވަތަ އެއްކޮށް ބާތިލުކުރުމުގެ ފުރުސަތު އޮތް ކަމަށް އެ ސިޓީގައި ބުނެފައިވޭ.

"ރަސްމާލެ މައްސަލައިގައި މުއިއްޒު ވަނީ އަނގަވަތަށް ވެއްޓިފައި"

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ ސިޔާދަތަށް އުނިކަންލިބޭ، ބޭރުގެ ފަރާތްތަކަށް ބިން ދިނުމަށް ހިންގާ ހީލަތްތެރި ރޭވުމެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޔާމީން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މި މަޝްރޫއުގެ ސަބަބުން ރައީސް މުއިއްޒު ރައްޔިތުންގެ ކުރިމަތީގައި ބޭޒާރުވެފައިވާ ކަމަށާއި، މި ސަރުކާރަށް ދެވަނަ ދައުރެއް ރައްޔިތުން ނުދޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ރަސްމާލެ ދޫކޮށްލުމާ ދެކޮޅުވެރިކަމެއް ނެތްކަމުގެ އިޝާރާތެއް

ރަސްމާލެއިން ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ދެކޮޅު ހަދަނީ މަދު ބަޔަކު ކަމަށާއި، ދިވެހިން އަބަދުވެސް އިސްކުރަނީ ގައުމީ ތަރައްގީކަން މުއިއްޒު ފާހަގަކުރެއްވި. މީގެކުރިންވެސް ރާއްޖެއަށް އައި ބޮޑެތި ބަދަލުތަކާ ބައެއް މީހުން ދެކޮޅު ހެދި ނަމަވެސް، ގިނަ ރައްޔިތުން ތާއީދުކުރީ ގައުމީ ކުރިއެރުމަށްކަން އެމަނިކުފާނު ބަޔާންކޮށްދެއްވި.

ހުލާސާކޮށް އިއްޔެ: ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް އައި ބޮޑު ބަދަލު

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރުމާއެކު، ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ ފަދަ ދުވަސްވީ ޕާޓީތަކުން ގިނަ އަދަދެއްގެ މެންބަރުންނާއި އިސް ބޭފުޅުން ވަނީ ވަކިވެފައެވެ. މީގެ އިތުރުން، ރަސްމީ ޖަލްސާތަކުގެ ޕްރޮޓޮކޯލަށް ބަދަލުތަކެއް ގެނެސްފައިވާއިރު، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އިލްމުވެރިންނާއި ސިޔާސީ ފަރާތްތަކުގެ މެދުގައި ވަނީ ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

Newsletter

Get the latest news delivered straight to your inbox