ޕީއެންސީ ކެންޑިޑޭޓަށް ތާއީދުނުކުރުމުން އެމްޓީސީސީގެ މުވައްޒަފަކު ފިޔޯރީއިން އިހަވަންދޫއަށް ބަދަލުކޮށްފި

އެމްޓީސީސީ ފިޔޯރީ ސައިޓުން އިހަވަންދޫ ސައިޓަށް ބަދަލުކުރި އަބްދުﷲ ހާލިދު (ކ) އަދި ފިޔޯރީ ކައުންސިލްގެ ރައީސް ފައިޒަރު ރަޝީދު (ވ) -- ފޮޓޯ: ޖޯންސް ފޮޓޯ

އެމްޓީސީސީ ފިޔޯރީ ސައިޓުން އިހަވަންދޫ ސައިޓަށް ބަދަލުކުރި އަބްދުﷲ ހާލިދު (ކ) އަދި ފިޔޯރީ ކައުންސިލްގެ ރައީސް ފައިޒަރު ރަޝީދު (ވ) -- ފޮޓޯ: ޖޯންސް ފޮޓޯ

ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޓިކެޓުގައި ފިޔޯރީ ކުރިއަށް ލޯކަލް ކައުންސިލް އިންތިހަބުގައި ފިޔޯރީ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރާ ކެންޑިޑޭޓަށް ތާއީދު ނުކުރުމުން އެމްޓީސީސީގެ ފިޔޯރީ ސައިޓުގެ އެސިސްޓަންޓް މެނޭޖަރު އަބްދުﷲ ހާލިދު ހއ. އިހަވަންދޫ އެމްޓީސީސީ ސައިޓަށް ބަދަލުކޮށްފި އެވެ.

އަބްދުﷲ ހާލިދު އަދަދު އަށް ބުނީ ރޯދަ މަހާ ދިމާކޮށް ކުއްލިއަކަށް އޭނާ ފިޔޯރީ ސައިޓުން އިހަވަންދޫއަށް ބަދަލުކުރީ އަބްދުﷲ މުބާހުއަށް ތާއީދު ނުކޮށް އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ފިޔޯރީ ކައުންސިލްގެ ރައީސަކަށް މިހާރުވެސް ހުންނެވި ފައިޒަރު ރަޝީދަށް ތާއީދުކުރުމުން ކަމަށެވެ.

އޭނާ ފިޔޯރީން އިހަވަންދޫއަށް ބަދަލުކުރަން ނިންމީ ހައުސިން މިނިސްޓަރު އަބްދުالله މުއްތަލިބު އެ ރަށަށް ވަޑައިގެން ބައެއް ކަންކަމަށް އެއްބަސްނުވި ހިސާބުން ފެށިގެން ކަމަށެވެ. ޕީއެންސީ ޓިކެޓިގައި ވާދަކުރާ އަބްދުﷲ މުބާހުއަކީ މުއްތަލިބުގެ އާއިލާ މީހެކެވެ.

"ފިޔޯރީގައި މަސައްކަތް ކުރަމުން އައީ. ކުއްލިއަކަށް މުއްތަލިބު މިތަނަށް ވަޑައިގެން އެ މީހުންނާ އެއްބަސްނުވި ދުވަހަކު، އެމީހުން އަހަރުން އެއްކައިރި ކޮށްލާފައި އެންގީ އިހަވަންދޫއަށް ދާން. އިހަވަންދޫއަށް ނިކުންނަން 12 ގައި. އަޅުގަނޑު ބުނިން އާނއެކޭ ދާނަމޭ،" އަބްދުﷲ ހާލިދު ބުންޏެވެ.

"ކިޔާފައި އުޅެލާބަހައްޓާފައި އިއްޔެ ގާތްގަނޑަކަށް 10:30 ހާއިރު ގުޅާލާފައި ބުނީ ކޮބާ ޓިކެޓު ނަގައިފިންހޭ. މަ ބުނިން ލަންކާއަށް ދާށޭ ޓިކެޓު ނަގާނީ. ޑީއެމްޑީއަށްވުރެ މަތިން، ނައިބުރައީސްއަށްވުރެ މަތިން އައިސްފައި އޮތް ކަމަކަށް އިހަވަންދޫއަށް ދާކަށް އަޅުގަނޑު ބޭނުމެއް ނޫނޭ. މުއްތަލިބު ފޮނުވާލާށޭ. އަޅުގަނޑު ރަށުގައި ބަހައްޓާށޭ."

އިހަވަންދޫއަށް ބަދަލުކުރަން ނިންމީ ސީދާ މުއްތަލިބުގެ ނުފޫޒުން ކަމަށް ތުހުމަތުކޮށް އޭނާ ބުނީ މުއްތަލިބު ޖަހާ ކުޅިގަނޑެއްގެ ތެރެއަށް ނުވަންނާނެ ކަމަށެވެ.

"އަހަރެން މިއީ އާއިލާގެ އެންމެ ދޮށީ މީހާ. އެމީހުން އެބަހުރި މާލޭގެ ގޭގެއަށް ގޮސްލާފައި ބުނެލާފައި ތިމަންނަމެންނާ އެއްކޮޅަށް ނާރަންޏާ އެއްފަހަރު މަތިން ނައިބުރައީސަށް އަތްލެވިދާނެއޭ. ދެވަނަ ފަހަރަށް އެއަށްވުރެ މަތިންނޭ އަންނާނީ. މިފަހަރު އައީ މަތިން. އެހެންވީމަ މިފަހަރު ﷲ އަށް ޝުކުރު ކޮށްލާފައި އަހަރެން ރަށުގައި މަޑުކޮށްލީ،" އެނާ ބުންޏެވެ.

އަބްދުﷲ ހާލިދަކީ މުއްތަލިބު ބޮޑުބޭބެ ކިޔާ މީހެކެވެ. އޭނާއަށް އެމްޓީސީސީގެ ވަޒީފާ މީގެ ދެ އަހަރު ދުވަސް ކުރިން ދިންއިރު، އޭނާއަކީ ފިޔޯރީގައި ޕީއެންސީގެ އިސް ސަފުގައި ހަރަކާތްތެރިވި މީހެކެވެ. އެގޮތުން މި ސަރުކާރު ގެނައުމަށް ވެސް އަބްދުﷲ ހާލިދު ރަށުގައި އިސްކޮށް ހުރެ މަސައްކަތްކުރި އެވެ.

ޕީއެންސީއަށް ތައީދުކުރައްވާ ފިޔޯރީ ކައުންސިލުގެ ރައީސް، ފައިޒަރު ރަޝީދު ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވަން ނިންމެވީ ޕްރައިމަރީއަށް މުއްތަލިބު ނުފޫޒު ފޯރުވާ ކަމަށް ބުނެ އެވެ.

މިގޮތުން ޕީއެންސީ ވެރިކަމަށް ގެނައުމަށް ބުރަ މަސައްކަތްކުރި ފައިޒަރު ކުރިން ވިދާޅުވީ ސިޔާސީ ގޮތުން އެކި މަގާމުތަކަށް ފިޔޯރީ މީހުން ނެގީ ސްޓިއަރިން ކޮމިޓީއާ އެއްވެސް މަޝްވަރާއެއް ނުކޮށް ކަމަށާއި އޭގެ ސަބަބުން ހުރަސްތަކެއް ކުރިމަތިވި ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox