އެއާޕޯޓުތަކަށް ހަރަދުވާ ވަރެއް ފިނޭންސުން ނުބުނި، ހަރަދު ކުރި ވަރު ބުނީ ނުބައިކޮށް

Mar 4, 2026, 9:32 AM
މިލަންދޫ އެއާޕޯޓުގެ ބިން ހިއްކަން ފެށި ދުވަހު ރައީސް މުއިއްޒު ފޮޓޮއަކަށް ހުއްޓިލައިގެން: އަރިހުގައި ތިބީ ފިނޭންސް މިނިސްޓަރު ޒަމީރާއި އެމްއޭސީއެލްގެ އެމްޑީ ޝަރީފު --- ފޮޓޯ: ރައީސް އޮފީސް

މިލަންދޫ އެއާޕޯޓުގެ ބިން ހިއްކަން ފެށި ދުވަހު ރައީސް މުއިއްޒު ފޮޓޮއަކަށް ހުއްޓިލައިގެން: އަރިހުގައި ތިބީ ފިނޭންސް މިނިސްޓަރު ޒަމީރާއި އެމްއޭސީއެލްގެ އެމްޑީ ޝަރީފު --- ފޮޓޯ: ރައީސް އޮފީސް

ސަރުކާރުން ތަރައްގީކުރަމުން އަންނަ އެއާޕޯޓުތަކަށް ހިނގާނެ ހަރަދު ހިއްސާކޮށްދޭން ފިނޭންސް މިނިސްޓްރީގައި އެދުމުން ކުރި ސުވާލުތަކަށް ޖަވާބު ނުދީ، ޖުމްލަ ހަރަދުކުރި ކަމަށް ބުނެ ގޯސް އަދަދުތަކެއް އެ މިނިސްޓްރީން ހިއްސާކޮށްފި އެވެ.

ފިނޭންސަށް ހުށަހެޅި އާރުޓީއައިއެއްގައި އަދަދު އިން އެދުނީ މި ސަރުކާރުގެ ޕްލޭނުގެ ދަށުން ހަދާ އެއާޕޯޓުތަކުގެ އަދަދާއި، އެ މަޝްރޫއުތަކުގެ ޖުމްލަ ބަޖެޓާއި ކޮންމެ އެއާޕޯޓަކަށް ހިނގާނެ ހަރަދު ހިއްސާކޮށްދިނުމަށެވެ. ފިނޭންސުން ދިން ޖަވާބުގައި މިއިން އެއްވެސް ސުވާލަކަށް ޖަވާބު ދީފައި ނެތެވެ.

އޭގެ ބަދަލުގައި އެ މިނިސްޓްރީން ދިނީ މިދިޔަ އަހަރާއި މި އަހަރު އެއާޕޯޓުތަކަށް ބަޖެޓު ކުރި ވަރާއި ހަރަދު ކުރި ވަރެވެ. މި އަދަދު ހިއްސާކުރިއިރު އާރުޓީއައިގައި ދިން އަދަދާއި މިނިސްޓްރީން ޝާއިއުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައި އޮތް އަދަދާ ހާސްބައި ތަފާތެވެ.

Advertisement

އާރުޓީއައިގައި ފިނޭންސުން ބުނީ މިދިޔަ އަހަރު އެއާޕޯޓުތަކަށް ބަޖެޓު ކުރީ 2.4 ބިލިއަން ރުފިޔާ ކަމަށާއި ހަރަދު ކުރީ 2.8 ބިލިއަން ރުފިޔާ ކަމަށެވެ. ފިސްކަލް ޑިވެލޮޕްމަންޓު ރިޕޯޓުގައި އޮތީ އެއާޕޯޓުތައް ތަރައްގީކުރަން 3.4 ބިލިއަން ރުފިޔާ ހަރަދުކުރި ކަމަށެވެ.

ފިނޭންސުން މި މައުލޫމާތު ނުދިނުމުން އަދަދު އިން ވާނީ ރަސްމީ އެކި މަސްދަރުތަކުން ލިބެން ހުރި މައުލޫމާތު އެއްކޮށްގެން މުއިއްޒު ސަރުކާރުން ޕްލޭންކޮށްފައިވާ އެއާޕޯޓުތަކުގެ ލިސްޓެއް އެކުލަވާލާފަ އެވެ. މި ލިސްޓުގައި 10 އެއާޕޯޓެއް ހިމެނެ އެވެ.

މުއިއްޒު ސަރުކާރުން ތަރައްގީކުރަމުންދާ އެއާޕޯޓުތައް

  1. ހއ. ދިއްދޫ އެއާޕޯޓު [އެމްއޭސީއެލް]
  2. ށ. ބިލެތްފަހި އެއާޕޯޓު [އެމްއޭސީއެލް]
  3. ށ. ކޮމަންޑޫ އެއާޕޯޓު [އެމްއޭސީއެލް]
  4. ށ. މިލަންދޫ އެއާޕޯޓު [އެމްއޭސީއެލް]
  5. ނ. ވިހަފަރު އެއާޕޯޓު [އެމްއޭސީއެލް]
  6. ރ. ފައިނު އެއާޕޯޓު [އެމްޓީސީސީ]
  7. އއ. މަތިވެރި އެއާޕޯޓު [އެމްއޭސީއެލް]
  8. ފ. ނިލަންދޫ އެއާޕޯޓު [އެމްއޭސީއެލް]
  9. ތ. ވިލުފުށި އެއާޕޯޓު [އެމްއޭސީއެލް]
  10. ތ. ގުރައިދޫ އެއާޕޯޓު [އެމްޓީސީސީ]
  11. ގއ. ވިލިނގިލި އެއާޕޯޓު

މި އެއާޕޯޓުތަކުގެ އިތުރުން ސޯލިހު ސަރުކާރުގައި މަސައްކަތް ފެށި ހދ. މަކުނުދޫ އެއާޕޯޓާއި ރ. އަލިފުށީ އެއާޕޯޓާއި ފ. މަގޫދޫ އެއާޕޯޓުގެ އިތުރުން ބ. ތުޅާދޫ އެއާޕޯޓުގެ ޕްރޮޖެކްޓުތައް ނިންމައި، އެ އެއާޕޯޓުތައް އޮޕަރޭޝަނަށް ގެންނާނެ ކަމަށް ސަރުކާރުން ބަނީ ބުނެފަ އެވެ.

މި ހުރިހާ އެއާޕޯޓެއްގެ މަސައްކަތް ނިމުމުން ރާއްޖޭގައި އެއާޕޯޓެއް ނޯންނަ އަތޮޅަކަށް އޮންނާނީ ވާވު އަތޮޅު އެކަންޏެވެ.

އާ އެއާޕޯޓުތައް ތަރައްގީކުރުމުގެ މަސައްކަތުގެ އިތުރުން މިހާރު ހުރި ބައެއް ޑޮމެސްޓިކް އެއާޕޯޓުތައް އަޕްގްރޭޑު ކުރުމާއި ލާމު އަތޮޅުގައި ދެވަނަ އެއާޕޯޓެއް ތަރައްގީކުރުމަކީ ވެސް ސަރުކާރުގެ ޕްލޭނުގައި ހިމެނޭ ކަންކަމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox