ބައިވެރިވާ ތަރިންނާ އެކު މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ ނޮމިނޭޝަންތައް އިއުލާނުކުރަނީ

Mar 10, 2023, 7:19 PM
މި ފަހަރުގެ އެވޯޑްގައި ބައިވެރިވާނެކަން އިއުލާނުކޮށްފައިވާ ލެޖެންޑަރީ ފުޓްބޯޅަ ގޯލްކީޕަރު ޑޭވިޑް ޖޭމްސް (ކ) އާއި މަޝްހޫރު ކްރިކެޓް ތަރި ބްރަޔާން ލާރާ.

މި ފަހަރުގެ އެވޯޑްގައި ބައިވެރިވާނެކަން އިއުލާނުކޮށްފައިވާ ލެޖެންޑަރީ ފުޓްބޯޅަ ގޯލްކީޕަރު ޑޭވިޑް ޖޭމްސް (ކ) އާއި މަޝްހޫރު ކްރިކެޓް ތަރި ބްރަޔާން ލާރާ.

މި މަހު 16 ވަނަ ދުވަހު ބާއްވާ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހަފްލާގައި ބައިވެރިވާ ދުނިޔޭގެ ފެންވަރުގެ ތަރިންގެ ނަންތަކާ އެކު، މި ފަހަރުގެ އެވޯޑްތަކަށް އެކި ކުޅިވަރުތަކުން ވާދަކުރާ ކުޅުންތެރިންގެ ނޮމިނޭޝަންތައް އިއުލާނު ކުރަން ފަށައިފި އެވެ.

ޔޫތު މިނިސްޓްރީން މިދިޔަ އަހަރު އެސޯސިއޭޝަންތަކާ ގުޅިގެން ދޭން ފެށި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ މި އަހަރުގެ ހަފްލާ އަންނަ ބުރާސްފަތި ދުވަހުގެރޭ ކުޅިވަރު އެކުވެނި ދަނޑުގައި އޮންނާނެ އެވެ.

މި އިވެންޓްގައި ބައިވެރިވާނެކަން ޔޫތު މިނިސްޓްރީން މިހާތަނަށް އިއުލާނުކޮށްފައިވަނީ އިނގިރޭސި ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު ޑޭވިޑް ޖޭމްސް އާއި ކްރިކެޓްގެ ތާރީހީ ރެކޯޑްތަކެއް ހޯލްޑް ކުރާ ބެޓްސްމަން، ބްރަޔާން ލާރާގެ އިތުރުން ސްޕެޝަލް އެތުލީޓް، މާލޫ ވެން ރައިން އެވެ.

މީގެ އިތުރުން ވެސް ދުނިޔޭގެ ނަން މަޝްހޫރު ގިނަ ކުޅިވަރު ސަހުސިއްޔަތުތަކެއް މި ފަަހަރުގެ އެވޯޑް ހަފްލާގައި ބައިވެރިވާނެ ކަމަށް ޔޫތު މިނިސްޓްރީން ވަނީ މައުލޫމާތު ދީފަ އެވެ.

މި ފަހަރުގެ އެވޯޑަށް މިހާތަނަށް ނޮމިނޭޝަންތައް އިއުލާނުކޮށްފައިވަނީ އަހަރުގެ އެންމެ މޮޅު ބޮޑީބިލްޑިން އެތުލީޓުގެ މަގާމާއި އަހަރުގެ އެންމެ މޮޅު އަންހެން ކެރަމް ކުޅުންތެރިޔާގެ މަގާމާއި އަހަރުގެ އެންމެ މޮޅު އަންހެން އަދި ފިރިހެން ބާސްކެޓްބޯޅަ ކުުޅުންތެރިޔާގެ އެވޯޑްގެ އިތުރުން އެންމެ މޮޅު ފިރިހެން ހޭންޑްބޯޅަ ކުޅުންތެރިޔާގެ ނޮމިނޭޝަން އެވެ.

އެ ގޮތުން، އެންމެ މޮޅު ފިރިހެން ބޮޑީބިލްޑަރުގެ މަގާމަށް ވާދަކުރަނީ ފަތުހުﷲ މުހައްމަދު، މުހައްމަދު މޫސާ އަދި އަޒްނީން ރަޝާދު އެވެ. އެންމެ މޮޅު ފިރިހެން ހޭންޑްބޯޅަ ކުޅުންތެރިޔާގެ އެވޯޑަށް ވާދަކުރަނީ އަހުމަދު އިނާޝް، މުހައްމަދު ފިރުނާސް އަބްދުﷲ އަދި އަބްދުﷲ ޒިޔާއު އެވެ.

އެންމެ މޮޅު އަންހެން ކެރަމް ކުޅުންތެރިޔާގެ އެވޯޑަށް ވާދަކުރަނީ އައިޝަތު ފައިނާޒް، އައިމިނަތު ވިދާދު އަދި އައިމިނަތު ވިސާމާ އެވެ.

ބާސްކެޓް ފިރިހެން ބައިން މޮޅު ކުޅުންތެރިޔާގެ މަގާމަށް ވާދަކުރަނީ އަބްދުﷲ އަމްޒަރު މުހައްމަދު، އަހުމަދު ޒަބީރު އަދި މުހައްމަދު ސަބީހު ތައުފީގު އެވެ. އަންހެން ބާސްކެޓް އެވޯޑަށް ވާދަކުރަނީ ފާތިމަތު ޝައިލާން އަފްޒަލް، އައިމިނަތު ޝިއުރާ އަބްދުލް ބާރީ އަދި އައިމިނަތު އިސްރާއު އަބްދުލް ޝުކޫރު (އިއްކޮ) އެވެ.

މިިދިޔަ އަހަރު ދޭން ފެށި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ ކުރިން ސަރުކާރުން އެންމެ ފަހުން ކުޅިވަރަށް ހާއްސަކޮށް އެވޯޑެއް ދީފައިވަނީ 2012 ވަނަ އަހަރު އެވެ. އެއީ 2011 ވަނަ އަހަރުގެ ކާމިޔާބީތަކަށް ބަލައިގެން، ދިން އެވޯޑްތަކެކެވެ. އެ އެވޯޑް ދިނީ "ގައުމީ ކުޅިވަރު އެވޯޑް"ގެ ނަމުގަ އެވެ.

އޭގެ ފަހުން ސަރުކާރުގެ ބައިވެރިވުމާ އެކު ކުޅިވަރު ކުޅުންތެރިންގެ ހާއްސަ އެވޯޑެއް ބާއްވާފައެއް ނުވެ އެވެ. އެހެން ނަމަވެސް މިދިޔަ އަހަރު އަލަށް ދޭން ފެށި މި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި ކޮންމެ ކުޅިވަރެއްގައި ވެސް މޮޅު ކުޅުންތެރިޔާގެ މަގާމު ހޮވާތީ އެކަމާ މެދު ކުޅިވަރު އާއިލާ އިން އުފާކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އޮޑި ކައިރިން ވެސް ނިއު ރޭޑިއަންޓް ސަލާމަތްވީ ފަހު ވަގުތު

ދިވެހި ޕްރިމިއާ ލީގުގައި ރޭ އޮޑި ސްޕޯޓްސް ކްލަބާ ބައްދަލުކުރި މެޗު، ފަހު ވަގުތު ޖެހި ލަނޑުން 2-2 އިން އެއްވަރުކޮށް ނިއު ރޭޑިއަންޓް ބަލިނުވެ ސަލާމަތްވެއްޖެ. މިއީ ޖެހިޖެހިގެން ނިއު އިން ފަހު ވަގުތު ލަނޑު ޖަހައިގެން މެޗުގެ ނަތީޖާ ބަދަލުކޮށްލި ތިންވަނަ މެޗު. ދެ މެޗުން (އޮޑި އާއި ދިއްދޫ) އެއްވަރުކުރިއިރު، އެއް މެޗުން (މާޒިޔާ މެޗުން) މޮޅުވި.

ޓީސީ އަތުން މޮޅުވެ ޗެމްޕިއަން މާޒިޔާ އަށް ހަމަޖެހުމެއް

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އިން 3-0 ގެ ނަތީޖާއަކުން ޓީސީ ބަލިކޮށް، ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން މޮޅުނުވެ އޮތް ސިލްސިލާއަށް ނިމުމެއް ގެނެސްފި. އެންމެ ފަހުން ފަސް ސީޒަނުގެ ޗެމްޕިއަންކަން ހޯދި މާޒިޔާ އިން މި ފަހަރުގެ ސީޒަނުގެ ހަތަރު މެޗުން ވަނީ ހަތް ޕޮއިންޓް ހޯދައިފައި.

ހަނގުރާމައާ ހެދި ސައުދީގެ "ސިކްސް ކިންގްސް ސްލޭމް" ފަސްކޮށްފި

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، މި މަހު ބޭއްވުމަށް ހަމަޖެހިފައި އޮތް "ސިކްސް ކިންގްސް ސްލޭމް" ޓެނިސް މުބާރާތް އަންނަ ޑިސެމްބަރު މަހަށް ފަސްކޮށްފި. ހަނގުރާމައިގެ ސަބަބުން މި މުބާރާތުގެ އިތުރުން ސައުދީ ޕްރޯ ލީގުގެ މެޗުތަކާއި އެހެނިހެން ކުޅިވަރު ހަރަކާތްތަކުގެ ޝެޑިއުލަށް ވެސް ވަނީ ބަދަލުތަކެއް އައިސްފައި

ސިޓީ މައްސަލައިގައި ސިޔާސީ ނުފޫޒެއް؟ އިސްތިއުފާދޭނެ!

މާލީ ގަވާއިދުތަކާ ހިލާފުވި 114 މައްސަލައެއް މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާއިރު، އެ ކްލަބާ މެދު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ޕްރިމިއާ ލީގުން އަންނަނީ ތައްޔާރުވަމުން. މި މައްސަލަ ބަލާ މިނިވަން ރެގިއުލޭޓާގެ ޗެއާމަން ޑޭވިޑް ކޯގަން ވިދާޅުވީ، މި ތަހުގީގަށް ސިޔާސީ އެއްވެސް ނުފޫޒެއް ފޯރުވައިފިނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް.

ސައުތުގޭޓް، ފުޓްބޯޅައާ މެދު އޮތް ޝައުގުވެރިކަން ކުޑަވެއްޖެ

އިންގްލެންޑްގެ ކޯޗުކަމުން ވަކިވި ފަހުން ފުޓްބޯޅައިގެ މަސައްކަތްތަކަށް އޮތް ޝައުގުވެރިކަން ކުޑަވެފައިވާ ކަމަށް ގަރެތު ސައުތުގޭޓް ވަނީ ބުނެފައި. އޭނާ ހާމަކުރި ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން މޮޅާއި ބަލީގެ ފިއްތުންތަކުގައި އުޅުމަށްފަހު، ފުޓްބޯޅައާ ދުރުގައި ހޭދަކުރި މުއްދަތުގައި އޭނާގެ ދިރިއުޅުމަށް ވަނީ ހިތްހަމަޖެހުން ލިބިފައި

އޮސްކާގެ ކާމިޔާބީ ނިއުގައި ތަކުރާރުކުރަން އަންދްރޭ ބޭނުން

ނިއު ރޭޑިއަންޓްގެ ކުރީގެ ކޯޗު އޮސްކާ ބްރުޒޮން އެ ކްލަބުގައި ހޯދި ބޮޑު ކާމިޔާބީ ތަކުރާރުކުރުމަކީ މިހާރުގެ ކޯޗު އަންދްރޭގެ ބޮޑު އުންމީދެކެވެ. އަންދްރޭ ބުނިގޮތުގައި އޮސްކާގެ ކާމިޔާބީއާ ހަމައަށް ދިއުމަކީ ގޮންޖެހުން ބޮޑު ކަމެއް ނަމަވެސް، ޓީމުގެ ކުޅުން ރަނގަޅުކޮށް ކުރިއަށް ހުރި މެޗުތަކުން މޮޅުވުމަކީ އޭނާގެ އަމާޒެވެ.

ރެއާލަށް ރޯމާ އަތުން މޮޅެއް، ޕީއެސްޖީން ސިޓީ ބަލިކޮށްފި

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑުން ރޯމާ އަތުން ފަހަތުން އަރައި 4-3 އިން މޮޅުވިއިރު، ޕީއެސްޖީން ވަނީ 4-2 އިން މެންޗެސްޓާ ސިޓީ ބަލިކޮށްފައެވެ. މީގެ އިތުރުން ލިވަޕޫލާއި އެސްޓަން ވިލާ އަދި ރެއާލް ބެޓިސް ވެސް ވަނީ ރޭ ކުޅުނު މެޗުތަކުން މޮޅުވެފައެވެ.

Newsletter

Get the latest news delivered straight to your inbox