އޭޝިއާ މުބާރާތުގައި ޝޫޓިން ޓީމްގެ ޒިޔާން ވެސް ގައުމީ ރެކޯޑެއް އާ ކޮށްފި

Mar 10, 2023, 8:49 AM
ގައުމީ ޝޫޓިން ޓީމްގެ ޒިޔާން ޒިޔާއު 2019ގެ ސައުތު އޭޝިއަން ގޭމްސްގެ އިވެންޓެއްގެ ތެރެއިން

ގައުމީ ޝޫޓިން ޓީމްގެ ޒިޔާން ޒިޔާއު 2019ގެ ސައުތު އޭޝިއަން ގޭމްސްގެ އިވެންޓެއްގެ ތެރެއިން

އިންޑޮނޭޝިއާގެ ޖަކާޓާގައި މިހާރު ކުރިއަށްދާ އޭޝިއަން ރައިފަލް/ޕިސްޓަލް ކަޕް 2023 ގައި ގައުމީ ޝޫޓިން ޓީމްގެ ޒިޔާން ޒިޔާއު ގައުމީ ރެކޯޑެއް އާ ކޮށްފި އެވެ.

މި މަހުގެ 1-10 އަކަށް ޖަކާޓާގައި ކުރިއަށްދާ މުބާރާތުގައި އޭޝިއާގެ 12 ގައުމަކުން 100 އަށް ވުރެ ގިނަ އެތުލީޓުން އަންނަނީ ވާދަކުރަމުންނެވެ.

މިހާތަނަށް ގައުމީ ހަތަރު ރެކޯޑެއް މި މުބާރާތުގައި ރާއްޖޭގެ ޝޫޓިން ޓީމުން ހަދާފައިވާއިރު، ތިން ރެކޯޑު ހަދާފައިވަނީ 10 މީޓަރު އެއާ ރައިފަލް ބައިންނެވެ.

Advertisement

ގައުމީ ޝޫޓިން ޓީމުގެ އުއްމީދީ ޝޫޓަރު ލާންްސް ކޯޕްރަލް ޒިޔާން ޒިޔާއު ގައުމީ ރެކޯޑު އާ ކުރީ 10 މީޓަރުގެ އެއާ ޕިސްޓަލްގެ ބައިންނެވެ. ފިރިހެން 10 މީޓަރުގެ އެއާ ޕިސްޓަލް ބައިގައި ވާދަކޮށް ޒިޔާން ރެކޯޑު އާ ކުރީ 569 ގެ ސްކޯ އަކުންނެވެ.

މި ރެކޯޑު އެންމެ ފުރަތަމަ ހެދީ 2019 ވަނަ އަހަރު އޮތް 14 ވަނަ އޭޝިއަން ޝޫޓިން ޗެމްޕިއަންޝިޕްގަ އެވެ. އޭގެ ފަހުން 2019 ގައި ނޭޕާލްގައި އޮތް ސައުތު އޭޝިއަން ގޭމްސްގައި ޒިޔާން ވަނީ ވަނީ އަމިއްލަ ރެކޯޑު އާ ކޮށްފަ އެވެ.

އިންޑިވިޖުއަލް ރެކޯޑުގެ އިތުރުން 10 މީޓަރު އެއާ ޕިސްޓަލް މިކްސް ޓީމު ބައިގެ ގައުމީ ރެކޯޑު ހެދި ޝޫޓަރުންގެ ތެރޭގައި ވެސް ޒިޔާން ހިމެނެ އެވެ.

ޒިޔާން ޒިޔާއު އަކީ މި ވަގުތު ގައުމީ ޝޫޓިން ޓީމްގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދަމުން އަންނަ ޝޫޓަރެވެ. އޭނާ އަށް ވަނީ ފްރާންސްގެ ޕެރިހުގައި 2024 ވަނަ އަހަރު ބާއްވާ އޮލިމްޕިކްސް އަށް ކޮލިފައިވުމަށް އެހީވުމުގެ ގޮތުން ކުރިއަށްގެންދާ އޮލިމްޕިކް ސްކޮލާޝިޕްގެ ފުރުސަތު ވެސް ލިބިފަ އެވެ.

މިހާރު ޖަކާޓާގައި ކުރިއަށްދާ އޭޝިއަން ރައިފަލް/ޕިސްޓަލް ކަޕް 2023ގައި ރާއްޖެއާ އެކު ވާދަކުރާ ގައުމުތަކަކީ މެލޭޝިއާ، ނޭޕާލް، ގަތަރު، ހޮން ކޮންގް، ސިންގަޕޫރު، ވިއެޓްނާމް، ދެކުނު ކޮރެއާ، ފިލިޕީންސް، ޖަޕާން، ކުވެއިތުގެ އިތުރުން މުބާރާތް ބާއްވާ ގައުމު އިންޑޮނޭޝިއާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އޮޑި ކައިރިން ވެސް ނިއު ރޭޑިއަންޓް ސަލާމަތްވީ ފަހު ވަގުތު

ދިވެހި ޕްރިމިއާ ލީގުގައި ރޭ އޮޑި ސްޕޯޓްސް ކްލަބާ ބައްދަލުކުރި މެޗު، ފަހު ވަގުތު ޖެހި ލަނޑުން 2-2 އިން އެއްވަރުކޮށް ނިއު ރޭޑިއަންޓް ބަލިނުވެ ސަލާމަތްވެއްޖެ. މިއީ ޖެހިޖެހިގެން ނިއު އިން ފަހު ވަގުތު ލަނޑު ޖަހައިގެން މެޗުގެ ނަތީޖާ ބަދަލުކޮށްލި ތިންވަނަ މެޗު. ދެ މެޗުން (އޮޑި އާއި ދިއްދޫ) އެއްވަރުކުރިއިރު، އެއް މެޗުން (މާޒިޔާ މެޗުން) މޮޅުވި.

ޓީސީ އަތުން މޮޅުވެ ޗެމްޕިއަން މާޒިޔާ އަށް ހަމަޖެހުމެއް

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އިން 3-0 ގެ ނަތީޖާއަކުން ޓީސީ ބަލިކޮށް، ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން މޮޅުނުވެ އޮތް ސިލްސިލާއަށް ނިމުމެއް ގެނެސްފި. އެންމެ ފަހުން ފަސް ސީޒަނުގެ ޗެމްޕިއަންކަން ހޯދި މާޒިޔާ އިން މި ފަހަރުގެ ސީޒަނުގެ ހަތަރު މެޗުން ވަނީ ހަތް ޕޮއިންޓް ހޯދައިފައި.

ހަނގުރާމައާ ހެދި ސައުދީގެ "ސިކްސް ކިންގްސް ސްލޭމް" ފަސްކޮށްފި

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، މި މަހު ބޭއްވުމަށް ހަމަޖެހިފައި އޮތް "ސިކްސް ކިންގްސް ސްލޭމް" ޓެނިސް މުބާރާތް އަންނަ ޑިސެމްބަރު މަހަށް ފަސްކޮށްފި. ހަނގުރާމައިގެ ސަބަބުން މި މުބާރާތުގެ އިތުރުން ސައުދީ ޕްރޯ ލީގުގެ މެޗުތަކާއި އެހެނިހެން ކުޅިވަރު ހަރަކާތްތަކުގެ ޝެޑިއުލަށް ވެސް ވަނީ ބަދަލުތަކެއް އައިސްފައި

ސިޓީ މައްސަލައިގައި ސިޔާސީ ނުފޫޒެއް؟ އިސްތިއުފާދޭނެ!

މާލީ ގަވާއިދުތަކާ ހިލާފުވި 114 މައްސަލައެއް މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާއިރު، އެ ކްލަބާ މެދު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ޕްރިމިއާ ލީގުން އަންނަނީ ތައްޔާރުވަމުން. މި މައްސަލަ ބަލާ މިނިވަން ރެގިއުލޭޓާގެ ޗެއާމަން ޑޭވިޑް ކޯގަން ވިދާޅުވީ، މި ތަހުގީގަށް ސިޔާސީ އެއްވެސް ނުފޫޒެއް ފޯރުވައިފިނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް.

ސައުތުގޭޓް، ފުޓްބޯޅައާ މެދު އޮތް ޝައުގުވެރިކަން ކުޑަވެއްޖެ

އިންގްލެންޑްގެ ކޯޗުކަމުން ވަކިވި ފަހުން ފުޓްބޯޅައިގެ މަސައްކަތްތަކަށް އޮތް ޝައުގުވެރިކަން ކުޑަވެފައިވާ ކަމަށް ގަރެތު ސައުތުގޭޓް ވަނީ ބުނެފައި. އޭނާ ހާމަކުރި ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން މޮޅާއި ބަލީގެ ފިއްތުންތަކުގައި އުޅުމަށްފަހު، ފުޓްބޯޅައާ ދުރުގައި ހޭދަކުރި މުއްދަތުގައި އޭނާގެ ދިރިއުޅުމަށް ވަނީ ހިތްހަމަޖެހުން ލިބިފައި

އޮސްކާގެ ކާމިޔާބީ ނިއުގައި ތަކުރާރުކުރަން އަންދްރޭ ބޭނުން

ނިއު ރޭޑިއަންޓްގެ ކުރީގެ ކޯޗު އޮސްކާ ބްރުޒޮން އެ ކްލަބުގައި ހޯދި ބޮޑު ކާމިޔާބީ ތަކުރާރުކުރުމަކީ މިހާރުގެ ކޯޗު އަންދްރޭގެ ބޮޑު އުންމީދެކެވެ. އަންދްރޭ ބުނިގޮތުގައި އޮސްކާގެ ކާމިޔާބީއާ ހަމައަށް ދިއުމަކީ ގޮންޖެހުން ބޮޑު ކަމެއް ނަމަވެސް، ޓީމުގެ ކުޅުން ރަނގަޅުކޮށް ކުރިއަށް ހުރި މެޗުތަކުން މޮޅުވުމަކީ އޭނާގެ އަމާޒެވެ.

ރެއާލަށް ރޯމާ އަތުން މޮޅެއް، ޕީއެސްޖީން ސިޓީ ބަލިކޮށްފި

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑުން ރޯމާ އަތުން ފަހަތުން އަރައި 4-3 އިން މޮޅުވިއިރު، ޕީއެސްޖީން ވަނީ 4-2 އިން މެންޗެސްޓާ ސިޓީ ބަލިކޮށްފައެވެ. މީގެ އިތުރުން ލިވަޕޫލާއި އެސްޓަން ވިލާ އަދި ރެއާލް ބެޓިސް ވެސް ވަނީ ރޭ ކުޅުނު މެޗުތަކުން މޮޅުވެފައެވެ.

Newsletter

Get the latest news delivered straight to your inbox