ޓޭޒާ ބަޑި ބޭނުންކުރުން ހުއްޓާލަން ގިނަ ޖަމްއިއްޔާތަކަކުން ގޮވާލައިފި

މާލޭގައި މީގެ ކުރިން އިދިކޮޅުން ކުރި މުޒާހަރާއެއް ރޫޅާލުމަށް ފުލުހުން މަސައްކަތް ކުރަނީ - ފޮޓޯ: އަދަދު ފައިލް

މާލޭގައި މީގެ ކުރިން އިދިކޮޅުން ކުރި މުޒާހަރާއެއް ރޫޅާލުމަށް ފުލުހުން މަސައްކަތް ކުރަނީ - ފޮޓޯ: އަދަދު ފައިލް

ކުށްކުރުން ހުއްޓުވުމަށް މިދިޔަ މަހުގެ 26 ގައި ފުލުހުން ބޭނުންކުރަން ފެއްޓި ޓޭޒާ ބަޑި ބޭނުންކުރުން ހުއްޓާލުމަށް ގިނަ ޖަމްއިއްޔާތަކަކުން ގޮވާލައިފި އެވެ.

އެސޯސިއޭޝަން ފޯ ޑިމޮކްރަސީ އިން ދަ މޯލްޑިވްސް (އޭޑީއެމް)، ހޭންޑްސް ޓުގެދާ، މެންޓަލް ހެލްތު ސަޕޯޓް ގްރޫޕް (އެމްއެޗްއެސްޖީ)، ރައިސް އަޕް މޯލްޑިވްސް، އަދި ސޭވް މޯލްޑިވްސް އިން އެކުވެގެން ނެރުނު ބަޔާނެއްގައި ބުނީ ފުލުހުން ޓޭޒާ ބޭނުންކުރަން ނިންމި ނިންމުމުގައި ދެފުށްފެންނަ ގޮތެއް ނެތް ކަމަށާއި އެ ނިންމުން ބަދަލުކުރުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަދި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އަށް ގޮވާލާ ކަމަށެވެ.

އެގޮތުން މި ޖަމްއިއްޔާތަކުން ކަމާބެހޭ އިދާރާތަކުން ވަގުތުން ވަގުތައް ހަތަރު ކަމެއް ކުރުމަށް ގޮވާލާފައިވެ އެވެ.

Advertisement

އެ ހަތަރު ކަމަކީ:

  • ވަގުތުން ވަގުތައް ފުލުހުން ޓޭޒާ ބޭނުންކުރުން ހުއްޓާލުން
  • ފުލުހުން ޓޭޒާ ބޭނުންކުރަން ނިންމުމުގައި ބެލި ކަންކަން ހާމަކުރުން
  • ޓޭޒާގެ ނާޖާއިޒު ބޭނުން ނުހިފޭނެކަން ކަށަވަރު ކުރުމަށް އެޅިފައިވާ ފިޔަވަޅުތައް ހާމަކުރުން
  • ފުލުހުން ޒިންމާދާރުކުރުމަށް ދީފައިވާ ޕަބްލިކް ފަންޑުތަކުގެ ރަނގަޅު ބޭނުންކޮށް ފުލުހުން ޕްރޮފެޝަނަލް ކުރުވުން

އެ ބަޔާނުގައި އިތުރަށް ބުނީ ޓޭޒާ ބޭނުންކުރުމުން 'ޝޮކް' ލިބޭ ފަރާތަށް ނުރައްކާތެރި ގެއްލުން ލިބި ބައެއް ފަހަރު މަރާ ހަމައަށް ދާކަން 2016 ވަނަ އަހަރު އިނގިރޭސިވިލާތުގެ ސައިންޓިފިކް އެޑްވައިޒަރީ ކޮމިޓީ އޮން މެޑިކަލް އިމްޕްލިކޭޝަންސް އޮފް ލެސް ލީތަލް ވެޕަންސް އިން ބުނެފައިވާ ކަމަށެވެ. އެގޮތުން ޝޮކް ލިބޭ ފަރާތުގެ ހިތް ހުއްޓޭ ހާލަތްތައް ވެސް ކުރިމަތިވެފައިވާކަން އެ ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.

މީގެ އިތުރުން، 2018 ގައި އެމްނެސްޓީ އިންޓަނޭޝަނަލް އިން ހެދި ސާވޭއެއްގައި، ޓޭޒާ ބޭނުންކޮށްގެން މަރުވާ މީހުންގެ ތެރެއިން 90 އިންސައްތަ މީހުންނަކީ ހަތިޔާރެއް ނެތް މީހުން ކަމަށާއި އެ މީހުން މަރުވެފައިވަނީ ޖެހިޖެހިގެން ޓޭޒާ ޝޮކް ދިނުމުގެ ސަބަބުން ކަމަށް ދައްކާފައިވާކަން ބަޔާނުގައި ބުނެފައިވެ އެވެ.

"ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރުމާއިި ފުލުހުންގެ ނާގާބިލު ކަމުގެ ސަބަބުން މީގެ ކުރިން ވެސް ރާއްޖޭގައި އެތައް ބަޔަކަށް ޖިސްމާނީ އަދި ނަފުސާނީ ގެއްލުން ވަނީ ލިބިފައި," ބަޔާނުގައި ވަނީ ބުނެފަ އެވެ.

މީގެއިތުރުން، މި ފަހުން ފުލުހުން ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ފެށި ފަހުން ވެސް އެ އިދާރާގެ އޮފިޝަލުން ދޭ އެކި ޒާތުގެ އަނިޔާގެ މައްސަލަތައް ނުބެލި އެ އޮފިޝަލުން ޒިންމާދާރުނުކުރެވޭ ކަމަށާއި މިފަދަ ހާލަތެއްގައި އެ އޮފިޝަލުންނަށް ޓޭޒާ ބަޑި ފަދަ ހަތިޔާރެއް ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެ ޖަމްއިއްޔާތަކުން ވަނީ ފާހަގަކޮށްފަ އެވެ.

ދެން މި ބަޔާނުގައި އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ޓޭޒާ ބޭނުންކުރުން ތައާރަފުކުރުމަށް މިދިޔަ އަހަރުގެ ނޮވެމްބަރު ގައި ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗީފް ސުޕްރިންޑަންޓު އޮފް ޕޮލިސް ޔޫނުސް ސޮބާހު ފާހަގަކުރެއްވި ކަމެކެވެ. އެގޮތުން 'އަމިއްލަ ނަފުސައް ގެއްލުންދޭ އުޅޭ މީހުން ހުއްޓުވުމަށް' ވެސް ޓޭޒާ ބޭނުންކުރެވޭނެ ކަމަށް އެ ދުވަހު ޔޫނުސް ވިދާޅުވި އެވެ. މިފަދައިން މިކަން ކޮށްފި ނަމަ އެފަދަ މީހުންނަށް ދާއިމީ ގެއްލުންވެ މަރުވުންވެސް އެކަށީގެންވާ ކަމަށާއި އެފަދަ ނަފުސާނީ އަދި ޖިސްމާނީ ބަލިތައް ހުންނަ މީހުނާ ދެކޮޅަށް މިފަދަ ބާރުގަދަ ހަތިޔާރެއް ބޭނުންކުރުން އެކަށޭނަ ނުވާކަން މި ބަޔާނުގައި ބުނެފައިވެ އެވެ.

އަދި، ފުލުހުން ޓޭޒާ ބޭނުންކުރަން ނިންމީ އާންމުންގެ ކަންބޮޑުވުމެއް ނެތުމުން ކަމަށް އެ ދުވަހު ޔޫނުސް ވިދާޅުވި ނަމަވެސް އެ ނިންމުމުގެ ކުރިން އެކަމާ ގުޅޭގޮތުން އާންމުންގެ އެއްވެސް މަޝްވަރާއެއް ހޯދާފައިނުވާ ކަން ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.

ޓޭޒާ ބޭނުންކުރަން ފެށުން

މިދިޔަ އަހަރުގެ ނޮވެމްބަރުގައި ފުލުހުން ޓޭޒާ ބޭނުންކުރަން ނިންމިކަން އިއުލާނު ކުރި ނަމަވެސް އެކަން ކުރަން ފެށީ މިދިޔަ މަހުގެ 26 ގަ އެވެ.

އެގޮތުން ޓޭޒާ ބަޑި ބޭނުންކުރަން ފެށި ދުވަހު ސީޕީ ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ބަޑި ބޭނުންކުރާނީ ސާޖެންޓު އަދި އެއަށް ވުރެ މަތީ ރޭންކުތަކުގައި އެކަމަށް ހާއްސަ ތަމްރީނު ދީފައިވާ ފުލުހުން ކަމަށާއި އެ ތަމްރީނުތައް ފުރިހަމަ ނުކުރާ ފުލުހުންނަށް ޓޭޒާ ބަޑި ހަވާލު ނުކުރާނެ ކަމަށެވެ.

ފުލުހުން ބޭނުންކުރާ ބަޑީގެ ރޭންޖަކީ 25 ފޫޓެވެ. އެ ބަޑި ބޭނުންކުރުމުގެ މިންގަނޑެއް އެކުލަވާލާފައިވާއިރު ބަޑި ބޭނުންކުރާނީ ޝޮކް ދެވޭ ފަރާތާއި ހަތަރު ފޫޓު ދުރުންނެވެ. ޓޭޒާ ބަޑި ބޭނުންކުރަން ފަށާ ވަގުތުން ފެށިގެން ފުލުސް އޮފިސަރުގެ ނަމާއި ސާވިސް ނަމްބަރާއެކު ފުލުހުންގެ އިދާރާއަށް އެ އޮފިޝަލުގެ ގައިގައި އިންނަ ބޮޑީ ވޯންކެމެރާގެ ލައިވް ފީޑު ލިބޭނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ނަމަވެސް، ފުލުހުންނަށް މިފަދަ ހަތިޔާރެއް ދިނުމާ އެކު އިދިކޮޅު ސިޔާސީ ފަރާތްތަކާއި އާންމުންގެ ގިނަ ބަޔަކު އަންނަނީ މިކަމަށް ފާޑުކިޔާ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox