ހުލާސާކޮށް އިއްޔެ: ހޯމް މިނިސްޓަރުގެ އިންޒާރެއް

Mar 8, 2023, 2:44 AM
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވާހަކަ ދައްކަވަނީ. -- ފޮޓޯ: މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވާހަކަ ދައްކަވަނީ. -- ފޮޓޯ: މަޖިލީހުގެ އިދާރާ

ޑްރަގް އެތެރެކޮށް، އޭގެ ވިޔަފާރީގައި ބައިވެރިވާ މީހުންނާއި އެކުށްތަކަށް ވާގިދޭ ބޮޑުންނަށް ވަރުގަދަ އިންޒާރެއް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިއްޔެ ދެއްވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ސުވާލު އަމާޒު ކުރެއްވީ އެފަދަ މައްސަލަތަކުގައި ބަންދުކޮށް ދިގު މުއްދަތަށް ޖަލަށްލާފައިވާ ބައެއް ފަރާތްތައް ދޫކޮށްލާފައިވާތީ އެކަމާ ގުޅޭ ގޮތުންނެވެ.

އެފަދަ ކުށްތައް ސާބިތުވެ ބޮޑެތި ޖަލު ހުކުމްތައް އިއްވާފައިވާ މީހުންނަށް ލުއިތައް ދީ، ބަންދުން ދޫކޮށްލަމުން އަންނަނީ ކީއްވެތޯ އާއި އެފަދަ މީހުން ދޫކޮށްލާފައި ވަނީ މިނިސްޓަރުގެ ބައިވެރިވުމާއި އެނގުމުގެ ތެރެއިން ކަމަށް ވެސް މައުލޫމާތު ލިބިފައިވާ ކަމަށް ރިޔާޒު، ސުވާލުގައި ވިދާޅުވި އެވެ.

ކުރިން ޕޮލިސް ކޮމިޝަނަރުކަން ވެސް ކުރެއްވި ރިޔާޒުގެ އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަ އިމްރާން ވިދާޅުވީ މަސްތުވާތަކެއްޗާއި ގޭންގު ކުށްތައް ހިންގުމުގެ ކުށުގައި ބައިވެރިވާ ފަރާތްތަކަށް ލިބެންޖެހޭ އަދަބަށް އޭނާގެ ފަރާތުން އެއްވެސް ލުޔެއް ނުލިބޭނެ ކަމަށެވެ.

"ގޭންގުތަކާ ޑްރަގް ޓްރެފިކިންގެ ކުށްތަކަކީ އަޅުގަނޑު އެކަމަށް އަޅާނުލާ ދޫކޮށްލާނެ ކަމެއް ނޫން، އޭގެ ތެރޭގައި ޝާމިލްވާ އެއްވެސް ފަރާތެއްގެ ކުރިމަތީގައި އިރާދަކުރެއްވިއްޔާ އަޅުގަނޑު ތިރިއެއް ނުވާނަން،" އިމްރާން ވިދާޅުވި އެވެ.

އެފަދަ މައްސަލަތައް ހައްލުކުރުމުގައި ހުރި ދަތިކަމާއި ބޮޑުކަން، އަދި މޫލައި ދެމިފައިވާ މިންވަރު ބުނެދިނުމަށްޓަކައި އިމްރާން ތަކުރާރު ކުރެއްވީ ޑަރަގުގެ ބޮޑެތި ނެޓުވޯކުތަކާ ސިޔާސީ ބައެއް ބޭފުޅުންނާއި، ވިޔަފާރިވެރިންނާއި މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވާ ވާހަކަ ވިދާޅުވި އެވެ.

މައްސަލަތައް ހައްލުކުރަން ފުލުންނާއެކު ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވޭ ކަމަށާއި ދާތި ފަހުން ހިނގާފައިވާ ބޮޑެތި މައްސަލަތަކެއް ވެސް އިތުރަށް ބަލައި ދިރާސާ ކުރެވެމުންދާ ކަމަށް އިމްރާން ވިދާޅުވި އެވެ. އެ މަސައްކަތް ކުރިއަށް ގެންދާއިރުގައި އެއްވެސް ބޭފުޅަކާ އަރައި ހަމަކުރާނަމަ، ފަހަތަށް ނުޖެހި އެކަން ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"މިއަދު ވަރަށް ސާބިތުކަމާއެކު ދަންނަވަން ހުރިހާ ބޭފުޅުން ފެއަށް ޖެހިވަޑައިގަންނަވާށޭ. މި އަޑު އެންމެން އައްސަވާނެ ކަމަށް ގަބޫލުކުރަން. އަޅުގަނޑު ފަހަތަކަށް ނުޖެހޭނަން، އެކަމަކު ހުރިހާ ބޭފުޅުން ފަހަތަށް ޖެހިވަޑައިގަންނަވަންޖެހޭ. މިފަދަ ކަމަކާ ދައުލަތުގެ އެއްވެސް އިސްވެރިޔަކު ބަޔަކު ބައިވެރިވުމަކީ މި ދައުލަތަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެއް. މިކަމުން އަޅުގަނޑުމެން އެންމެން ސަލާމާތް ވާންޖެހޭ. އެހެން ނޫނީ އަޅުގަނޑުމެންނަށް ރައްކާތެރިކަމެއް ނެތް،" އޭނާ ވިދާޅުވި އެވެ.

މުހިންމު ބައެއް ހަބަރު

މިދިޔަ މަހު ހަތް ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަނިކޮށް 12 ދުވަސް ފަހުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް ތެރެއިން ފެނުނު ސ. މަރަދޫފޭދޫ، ގަސްކަރަ، މުހައްމަދު އާސިރު އަށް ވީ ގޮތެއް މިހާތަނަށް ހޯދިފައި ނުވަނީ އޭނާގެ ސިއްހީ މައްސަލައެއްގެ ސަބަބުން އެ ވާހަކަތައް ކިޔައި ނުދެވޭތީ ކަމަށް ފުލުހުން އިއްޔެ ބުނެފައިވެ އެވެ.

ޝަރީއަތްތަކުގައި ގާނޫނުއަސާސީ އާއި ގާނޫނުތައް މަނާކުރުމުގައި ފާހަގަވާ މައްސަލަތަކަށް ހައްލެއް ހޯދުމަށް، ގާނޫނުއަސާސީ ޑްރާފްޓްކުރި ކޮމިޓީގެ މުގައްރިރުކަން ކުރެއްވި އިބްރާހިމް އިސްމާއީލް (އިބުރާ) މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި އެދިވަޑައިގެންނެވި އެވެ.

އަމީނީމަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ތާރުއަޅާފައިވާ ބައިގައި ފެންބޮޑު ވަނީ އެ މަގު އެއްކޮށް ހަދާ ނުނިމޭތީ ކަމަށާއި، މަގު އެއްކޮށް ހަދާ ނިމުމުން ފެންބޮޑުވުމުގެ މައްސަލަ ހައްލުވާނެ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ބުނިކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގި އޮޕަރޭޝަނެއްގައި ހަތަރު ކިލޯގެ ހެރޮއިން އަތުލައިގެންފި އެވެ.

ހުޅުމާލޭގައި ހައުންސިން ޔުނިޓެއް އެޅުމުގެ މަސައްކަތް ކުރުމަށް އެމްޓީސީސީގެ ހިއްސާ އޮންނަ މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް (އެމްއާރުއީއައިސީ)އިން އޮސްޓްރޭލިޔާގެ ކުންފުންޏަކަށް 2007 ވަނަ އަހަރު ދިން ފަސް ލައްކަ އެމެރިކާ ޑޮލަރު އަނބުރާ ހޯދުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގައިފި އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އާއި ނައިބު ރައީސް ފައިސަލް ނަސީމްގެ ތެރެއިން މި ވަގުތު ގާނޫނީ ރައީސުލްޖުމްހޫރިއްޔާއަކީ ކޮން ބޭފުޅެއް ކަން ޔަގީން ކުރަން އިދިކޮޅު ކޯލިޝަނުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ އެ ކޯޓުން ބަލައިނުގަންނަން ނިންމައިފި އެވެ.

ދުވަހުގެ ކޯޓޭޝަން

ޑްރަގުގެ ބޮޑެތި މައްސަލަތަކުގައި ބޮޑު ބައިވެރިވާކަމަށް ކުރާ ތުހުމަތުތަކާ ގުޅޭ ގޮތުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވިދާޅުވީ؛

މިއަދު ވަރަށް ސާބިތުކަމާއެކު ދަންނަވަން ހުރިހާ ބޭފުޅުން ފިއަށް ޖެހިވަޑައިގަންނަވާށޭ. މި އަޑު އެންމެން އައްސަވާނެ ކަމަށް ގަބޫލުކުރަން. އަޅުގަނޑު ފަހަތަކަށް ނުޖެހޭނަން، އެކަމަކު ހުރިހާ ބޭފުޅުން ފަހަތަށް ޖެހިވަޑައިގަންނަވަންޖެހޭ. މިފަދަ ކަމަކާ ދައުލަތުގެ އެއްވެސް އިސްވެރިޔަކު ބަޔަކު ބައިވެރިވުމަކީ މި ދައުލަތަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެއް. މިކަމުން އަޅުގަނޑުމެން އެންމެން ސަލާމާތް ވާންޖެހޭ. އެހެން ނޫނީ އަޅުގަނޑުމެންނަށް ރައްކާތެރިކަމެއް ނެތް،"

ދުވަހުގެ ފޮޓޯ

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގެ ރިޔާސަތުގައި، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ.
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގެ ރިޔާސަތުގައި، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގެ ރިޔާސަތުގައި، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ. -- ފޮޓޯ: މަޖިލީހުގެ އިދާރާ

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox