އެމެރިކާގެ އެއާޕޯޓަކުން ގޮވާ އެއްޗެއް ފެނި މީހަކު ހައްޔަރުކޮށްފި

ތުހުމަތު ކުރެވޭ މީހާ ސީސީޓީވީ ކެމެރާއަށް އަރާފައި. -- ފޮޓޯ: ރޮއިޓާޒް

ތުހުމަތު ކުރެވޭ މީހާ ސީސީޓީވީ ކެމެރާއަށް އަރާފައި. -- ފޮޓޯ: ރޮއިޓާޒް

އެމެރިކާގެ ޕެންސިލްވޭނިއާގެ އެއާޕޯޓެއްގައި ގޮވާ އެއްޗެއް ގެންގުޅުނު ކަމުގެ ތުހުމަތުގައި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.

އެފްބީއައި އޭޖެންޓުން ހައްޔަރު ކުރީ އުމުރުން 40 އަހަރުގެ މާކް މަފްލީ އެވެ. އޭނާއަށް ތުހުމަތު ކުރަނީ ފްލޮރިޑާގެ އޯލާންޑޯއަށް ދާން އޮތް ފްލައިޓަށް އެރުމުގެ ކުރިން ފޮށީގެ ތެރެއަށް ގޮވާ އެއްޗެއް ލީ ކަމަށެވެ.

އޭޖެންޓުން ބުނީ އެއާޕޯޓުގެ ލައުޑް ސްޕީކަރުން މާކް މަފްލީގެ ނަން ގޮވަން ފެށުމުން، އޭނާ އެއާޕޯޓުން ފިލި ކަމަށެވެ. ފުލުހުން އޭނާ ހައްޔަރު ކުރީ ހޯމަ ދުވަަހުގެ ހަވީރު އޭނާ ދިރިއުޅޭ ގެއިންނެވެ.

ޓްރާންސްޕޮޓޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން (ޓީއެސްއޭ) ގެ އޮފިޝަލުން ބުނީ ޝައްކު ކުރެވޭ ޑިވައިސް ފެނުނީ ރޫޓީން ސްކްރީނިންގެ ތެރެއިން ކަމަށެވެ.

އޮފިޝަލުން ބުނީ ލެހައި ވެލީ އިންޓަނޭޝަނަލް އެއާޕޯޓުން ފުރަން އޮތް އެލީޖިއަންޓް އެއާ ފްލައިޓް 201 އަަށް މަފްލީ ޗެކްއިން ވީ ހޯމަ ދުވަހުގެ ހެނދުނު ކަމަށެވެ.

ޝައްކު ކުރެވޭ ޑިވައިސް ފާހަގަވީ އޭގެ ގަޑިއިރެއް ފަހުންނެވެ. އެހެންވެ، އެފްބީއައިގެ ތަޖުރިބާކާރުންނާއި ބޮން ޓެކްނީޝަނެއް ގެނެސް، އެ ޑިވައިސް ޗެކް ކުރަން މަސައްކަތް ކުރި އެވެ.

އެފްބީއައިގެ ޓެކްނީޝަން ޖެރެޑް ވިޓްމިއާ ވިދާޅުވީ ތުހުމަތު ކުރެވޭ މީހާގެ ފޮށީގެ ތެރެއިން ފޮރުވާފައި އޮތް ތިން އިންޗީގެ ކުޑަ ޑިވައިސެއް ފާހަގަވި ކަމަށެވެ. އޭގައި ފިޔުޒާއި ގޮއްވުމަށް ބޭނުންކުރާ މާއްދާ ހުއްޓެވެ.

އޭގެ އިތުރުން ވެސް އެ ފޮށީގައި ބިޔުޓޭން ދަޅަކާއި ލައިޓަރަކާއި ހުދު އެއްޗެއް ހުރި ހޮޅިއަކާއި ވަޔަލެސް ބުރުމާއެއް އަދި ޓޭޕު އޮޅާފައި އޮތް ދެ ސާކިޓް ބްރޭކަރު އޮތެވެ.

އެއާޕޯޓުގެ ސްޕީކަރުން ނަން ގޮވަން ފެށިތާ ފަސް މިނެޓުގެ ތެރޭގައި މަފްލީ އެއާޕޯޓުން ނިކުމެގެންދާ މަންޒަރު ސެކިއުރިޓީ ކެމެރާއަށް އަރާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑޮނީޝިއާއިން ފެތުރޭ ދުމާ ހެދި ސަރަހައްދީ މަސްރަހު ގޯސްވެއްޖެ

އިންޑޮނީޝިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ވިހަ ދުން އަވަށްޓެރި ގައުމުތަކަށް ފެތުރުމުގެ ސަބަބުން، އާންމުންގެ ސިއްހަތަށް ނުރައްކާވެ ސަރަހައްދީ ސިޔާސީ މަސްރަހު ވަނީ ނުތަނަވަސްވެފައެވެ. މި މައްސަލައާ ގުޅިގެން އިންޑޮނީޝިއާއާ އެކު އޮތް ހާރިޖީ ގުޅުންތަކަށް ބުރޫއަރަމުންދާއިރު، މެލޭޝިއާ ފަދަ ގައުމުތަކުގެ އާންމުން ދަނީ އެ ގައުމުގެ އުފެއްދުންތައް ބޮއިކޮޓްކޮށް ނުރުހުން ފާޅުކުރަމުންނެވެ.

އެމެރިކާއިން އީރާނުގެ ގިޝްމް އައިލެންޑަށް ހަމަލާތަކެއް ދީފި

އެމެރިކާގެ މަތިންދާބޯޓަކަށް އީރާނުން ބަޑިޖެހި މައްސަލައިގެ ރައްދުގައި، އެމެރިކާއިން ވަނީ އީރާނުގެ ގިޝްމް އައިލެންޑުގެ ވަކި އަމާޒުތަކަކަށް ހަމަލާދީފައެވެ. މި ހަމަލާތައް ދީފައިވަނީ އެމެރިކާގެ މިޑްޓާމް އިންތިޚާބު ބޯމަތިވެފައި ވަނިކޮށް ކަމަށްވާއިރު، ރައީސް ޓްރަމްޕް ވަނީ އީރާނުގެ ނިއުކްލިއާ ސައިޓަކަށް ހަމަލާދޭން ޖެހިދާނެ ކަމުގެ އިޝާރާތެއް ވެސް ކުރައްވާފައެވެ. އީރާނަށް ދޭ ހަމަލާތައް ވަރުގަދަކުރުމަށް އަވަސް އަރުވާނުލާ ކަމަށް ވިދާޅުވެ، އިންތިޚާބަށްފަހު ވަރުގަދަ ހަމަލާތަކެއް ދީފާނެ ކަމަށް ދެކެވޭ ވާހަކަތައް ޓްރަމްޕް ވަނީ ދޮގުކުރައްވާފައެވެ.

އިންޑިއާ ސްކޫލެއްގައި ކުއްޖަކު އެހެން ކުއްޖަކަށް އަނިޔާކޮށްފި

އިންޑިއާގެ ހަރިޔާނާ ސްޓޭޓްގެ ސްކޫލެއްގައި އަށް އަހަރުގެ ފިރިހެން ކުއްޖަކު ހަ އަހަރުގެ އަންހެން ކުއްޖަކަށް ރަހުމުކުޑަ ހަމަލާއެއް ދިން މައްސަލައެއް ފެންމަތިވެ، މުޅި ގައުމަށް ބޮޑު ސިހުމެއް ލިބިއްޖެއެވެ. މި ހާދިސާއާ ގުޅިގެން ސްކޫލުގެ އިސްވެރިން ސަސްޕެންޑްކޮށްފައިވާއިރު، އަނިޔާކުރި ކުއްޖާ ވަނީ ކުޑަކުދިން ބައިތިއްބާ މަރުކަޒަކަށް ފޮނުވައި މައްސަލަ ތަހުގީގު ކުރަން ފަށާފައެވެ.

ޔޫރަޕްގެ ހަތް ގައުމެއްގެ ސުޕަމާކެޓްތަކަށް ސައިބާ ހަމަލާ

ޔޫރަޕްގެ ހަތް ގައުމެއްގެ ސުޕަމާކެޓްތަކުގެ ފިނިކުރާ ނިޒާމަށް ދިން ސައިބާ ހަމަލާއެއްގައި، ފްރިޖުތަކުގެ ހޫނުމިން މަތިވެ ކާބޯތަކެތި ހަލާކުވުމުގެ ބިރު ކުރިމަތިވެއްޖެއެވެ. މި ހަމަލާގެ ސަބަބުން ބެލްޖިއަމްގެ "ސަބްކޯބެލް" ކުންފުނިން ބަލަހައްޓާ ގިނަ އައުޓްލެޓްތަކަކަށް އަސަރުކޮށްފައިވާއިރު، މިއީ ފަރަންސޭސިވިލާތަށް ކުރިން ދިން ހަމަލާއަކާ އެއްގޮތް ހަމަލާއެކެވެ. މި މައްސަލަ ހައްލުކުރުމަށް ސޮފްޓްވެއާގެ އިތުރުން މެޝިނަރީއަށް ފިޒިކަލް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

Newsletter

Get the latest news delivered straight to your inbox