ނޫ ރާއްޖެ ކަނޑުތަކުގެ ދިރާސާ މިފަހަރު ދެކުނުގެ އަތޮޅުތަކުގައި

ނޫ ރާއްޖެ ކަނޑުތަކުގެ ދިރާސާ މިފަހަރު ދެކުނުގެ އަތޮޅުތަކުގައި

ރާއްޖޭގެ ކަނޑުފަޅުގެ ސަރަހައްދުތައް ބޭނުންކުރާ ގޮތް ބަލައި ތަރުތީބު ކުރުމަށް ކުރިއަށް ގެންދާ 'މެރިން ސްޕާޝަލް ޕްލޭން' އަށް މައުލޫމާތު އެއްކުރުމަށް، ބޭނުންވާ ދިރާސާއެއް ފަށައިފި އެވެ.

ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަންގައި ހިމެނޭ ނޭޝަނަލް ޖިއޮގްރެފިކް ޕްރިންސްޓީން ސީސް ޓީމާއި ގުޅިގެން ކުރިއަށްގެންދާ ދިރާސާގެ ތިންވަނަ ދިރާސާ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ހުވަދު އަތޮޅާއި، ފުވައްމުލައް އަދި އައްޑޫ ސިޓީގެ ކަނޑުފަޅުތަކާއި ގުޅޭގޮތުންނެވެ. މި އެކްސްޕެޑިޝަންގައި ބޭނުންކުރާނީ "ބްލޫ ފޯސް" ގެ ތިން އުޅަނދު ކަމަށް ނޫ ރާއްޖެ ޓީމުން މައުލޫމާތުދެ އެވެ.

މި މަސައްކަތް އަންނަ މާޗު މަހުގެ 20 ވަނަ ދުވަހާއި ހަމައަށް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފަ އެވެ.

މި އެކްސްޕެޑިޝަން ނިންމުމަށްފަހު ޓީމުން ސައިންޓިފިކް ރިޕޯޓަކާއި ޑޮކިއުމެންޓަރީއެއް ތައްޔާރުކުރާނެ އެވެ. އެއަށްފަހު އެއްކުރެވޭ މައުލޫމާތުން ރާއްޖޭގެ ކަނޑުފަޅުތައް ބޭނުންކުރާނެ ގޮތުގެ ޕްލޭނަށް ނޫ ރާއްޖެއިން ކުރިން އެއްކުރެވިފައިވާ މައުލޫމާތަށް އިތުރު ފުރިހަމަ ކަމެއް ލިބިގެންދާނެ ކަމަށް އެ ޓީމުން މައުލޫމާތުދެ އެވެ.

އޭގެ އިތުރުން އާންމުންގެ ހިޔާލު ހޯދުމުގެ ގޮތުން އާންމު ބައްދަލުވުންތަކާއި، ކަނޑުފަޅު ބޭނުންކުރާނެ ގޮތުގެ ސާވޭއެއްވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

މިފަހަރުގެ އެކްސްޕެޑިޝަންގައި ދިވެހި ސައިންސްވެރިއެއްގެ ގޮތުގައި ނޫރާއްޖޭގެ ސައިންޓިސްޓް މާއިޝާ މުހައްމަދު ވަނީ ބައިވެރިވެފަ އެވެ. މާއިޝާއާއިއެކު ރާއްޖެއާއި ރާއްޖެއިން ބޭރުގެ ތަޖުރިބާކާރު ސައިންސްވެރިން ބައިވެރިވާނެ އެވެ.

މި ދަތުރުގެ ސައިންސްވެރިން ރާއްޖޭގެ ދެކުނުގެ ކަނޑުތަކުގެ ދެނެގަތުމަށް ބެއިޓެޑް ރިމޯޓް އަންޑަވޯޓާ ވީޑިއޯ ސިސްޓަމް (ބްރަވްސް) ޑީޕް ޑްރޮޕް ކެމެރާ ސާވޭ މިކްރީޕެލިއޯ އަދި މައިކްރޯޕްލާސްޓިކް ސާމްޕްލިން ފަދަ އުކުޅުތައް ބޭނުންކުރާނެ ކަމަށް އެޓީމުން ފާހަގަކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox