މެލްކަމް އެކްސްގެ އާއިލާއިން އިދާރާތަކާ ދެކޮޅަށް ކޯޓަށް ދަނީ

އެމެރިކާގެ އެކްޓިވިސްޓް މެލްކަމް އެކްސް މަރާލީ މީގެ 58 އަހަރު ކުރިން. -- ފޮޓޯ: ގެޓީ އިމޭޖާޒް

އެމެރިކާގެ އެކްޓިވިސްޓް މެލްކަމް އެކްސް މަރާލީ މީގެ 58 އަހަރު ކުރިން. -- ފޮޓޯ: ގެޓީ އިމޭޖާޒް

އެމެރިކާގައި މަދަނީ ހައްގުތަކަށް ޑިމާންޑް ކުރަމުން ދިޔަ އެކްޓިވިސްޓް މެލްކަމް އެކްސް 1965 ވަނަ އަހަރު މަރާލި މައްސަލައިގައި ނިއު ޔޯކް ސިޓީ ޕޮލިސް ޑިޕާޓްމަންޓާއި އެހެން އިދާރާތަކާ ދެކޮޅަށް ކޯޓަށް ދާން އާއިލާއިން ނިންމައިފި އެވެ.

މެލްކަމް އެކްސްގެ ދަރިއެއް ކަމުގައިވާ އިލްޔާސާ ޝަބާޒް ބުނީ ބައްޕަ މަރާލަން ރާވައި، އެ ރޭވުން ތަންފީޒު ކުރިކަން ސާބިތުވާ ހެކި އިދާރާތަކުން ގަސްދުގައި ފޮރުވި ކަމަށެވެ.

މެލްކަމް އެކްސްގެ ގަޔަށް ބަޑި ޖަހައި މަރާލިތާ 58 އަހަރު ފުރުން ފާހަގަކުރަން ބޭއްވި ހަފުލާގެ ތެރެއިން ޝަބާޒް ބުނީ ފުލުހުންގެ އިތުރުން އެފްބީއައި އާއި ސީއައިއޭއާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހަޅާނެ ކަމަށެވެ.

މެލްކަަމް އެކްސް މަރާލި އިރު ޝަބާޒްގެ އުމުރުން އެންމެ ދެ އަހަރެވެ. މިހާރު އޭނާގެ އުމުރުން 60 އަހަރުވެފައިވާ އިރު، ޝަބާޒް ބުނީ ހަގީގަތް ހާމަކުރަން އާއިލާއިން ބޭނުންވާ ކަމަށެވެ.

titledesc

ހާލެމް އޮޑިޓޯރިއަމްގައި ވާހަކަ ދައްކަން ތައްޔާރު ވަނިކޮށް މެލްކަމްސް އެކްސްގެ ގަޔަށް ބަޑި ޖެހީ ހަތިޔާރު ހިފައިގެން ތިބި ތިން ފިރިހެނުންނެވެ. އޭނާގެ ގަޔަށް 21 ފަހަރު ބަޑި ޖެހި އެވެ.

"ހަގީގަތް ހާމަކުރަން އާއިލާއިން މަސައްކަތް ކުރާތާ އެތައް އަހަރެއް ވެއްޖެ،" މެލްކަމް އެކްސްގެ ހަނދާނުގައި މެމޯރިއަލް ސައިޓަކަށް މިހާރު ބަދަލުކޮށްފައިވާ ހާލެމް އޮޑިޓޯރިއަމްގައި ހުރެ ޝަބާޒް ބުންޏެވެ.

އާޢިލާގެ ވަކީލު ބެންޖަމިން ކްރަމްޕް ބުނީ މެލްކަމް އެކްސް މަރާލަން ބޭނުންވެ، އެކަން ފެށީ އެމެރިކާ ސަރުކާރުގައި ހިމެނޭ ބާރުގަދަ މީހުން ކަމަށެވެ. އޭނާ ވަކިން ފާހަގަކުރީ އެފްބީއައިގެ ކުރީގެ ޑިރެކްޓަރު ޖޭ އެގާ ހޫވާގެ ނަމެވެ.

އޭނާ ބުނީ މެލްކަމް އެކްސްގެ އާއިލާއިން ބޭނުންވަނީ ބަދަލުގެ ގޮތުގައި 100 މިލިއަން ޑޮލަރު ކަމަށެވެ.

"މިއީ ހަަމައެކަނި ބަޑި ޖެހި މީހުންނާ ގުޅޭ ކަމެއް ނޫން. މިއީ އެކަން ރާވައި، ފިލައި ތިބެ ބަޑި ޖަހަން މީހުން ފޮނުވި ފަރާތްތަކާ ގުޅޭ ކަމެއް."

ނިއު ޔޯކްގެ ފުލުހުންނާއި އެފްބީއައި އަދި ސީއައިއޭއިން ވެސް އެ މައްސަލައިގައި ވަކި އެއްޗެއް ނުބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑޮނީޝިއާއިން ފެތުރޭ ދުމާ ހެދި ސަރަހައްދީ މަސްރަހު ގޯސްވެއްޖެ

އިންޑޮނީޝިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ވިހަ ދުން އަވަށްޓެރި ގައުމުތަކަށް ފެތުރުމުގެ ސަބަބުން، އާންމުންގެ ސިއްހަތަށް ނުރައްކާވެ ސަރަހައްދީ ސިޔާސީ މަސްރަހު ވަނީ ނުތަނަވަސްވެފައެވެ. މި މައްސަލައާ ގުޅިގެން އިންޑޮނީޝިއާއާ އެކު އޮތް ހާރިޖީ ގުޅުންތަކަށް ބުރޫއަރަމުންދާއިރު، މެލޭޝިއާ ފަދަ ގައުމުތަކުގެ އާންމުން ދަނީ އެ ގައުމުގެ އުފެއްދުންތައް ބޮއިކޮޓްކޮށް ނުރުހުން ފާޅުކުރަމުންނެވެ.

އެމެރިކާއިން އީރާނުގެ ގިޝްމް އައިލެންޑަށް ހަމަލާތަކެއް ދީފި

އެމެރިކާގެ މަތިންދާބޯޓަކަށް އީރާނުން ބަޑިޖެހި މައްސަލައިގެ ރައްދުގައި، އެމެރިކާއިން ވަނީ އީރާނުގެ ގިޝްމް އައިލެންޑުގެ ވަކި އަމާޒުތަކަކަށް ހަމަލާދީފައެވެ. މި ހަމަލާތައް ދީފައިވަނީ އެމެރިކާގެ މިޑްޓާމް އިންތިޚާބު ބޯމަތިވެފައި ވަނިކޮށް ކަމަށްވާއިރު، ރައީސް ޓްރަމްޕް ވަނީ އީރާނުގެ ނިއުކްލިއާ ސައިޓަކަށް ހަމަލާދޭން ޖެހިދާނެ ކަމުގެ އިޝާރާތެއް ވެސް ކުރައްވާފައެވެ. އީރާނަށް ދޭ ހަމަލާތައް ވަރުގަދަކުރުމަށް އަވަސް އަރުވާނުލާ ކަމަށް ވިދާޅުވެ، އިންތިޚާބަށްފަހު ވަރުގަދަ ހަމަލާތަކެއް ދީފާނެ ކަމަށް ދެކެވޭ ވާހަކަތައް ޓްރަމްޕް ވަނީ ދޮގުކުރައްވާފައެވެ.

އިންޑިއާ ސްކޫލެއްގައި ކުއްޖަކު އެހެން ކުއްޖަކަށް އަނިޔާކޮށްފި

އިންޑިއާގެ ހަރިޔާނާ ސްޓޭޓްގެ ސްކޫލެއްގައި އަށް އަހަރުގެ ފިރިހެން ކުއްޖަކު ހަ އަހަރުގެ އަންހެން ކުއްޖަކަށް ރަހުމުކުޑަ ހަމަލާއެއް ދިން މައްސަލައެއް ފެންމަތިވެ، މުޅި ގައުމަށް ބޮޑު ސިހުމެއް ލިބިއްޖެއެވެ. މި ހާދިސާއާ ގުޅިގެން ސްކޫލުގެ އިސްވެރިން ސަސްޕެންޑްކޮށްފައިވާއިރު، އަނިޔާކުރި ކުއްޖާ ވަނީ ކުޑަކުދިން ބައިތިއްބާ މަރުކަޒަކަށް ފޮނުވައި މައްސަލަ ތަހުގީގު ކުރަން ފަށާފައެވެ.

ޔޫރަޕްގެ ހަތް ގައުމެއްގެ ސުޕަމާކެޓްތަކަށް ސައިބާ ހަމަލާ

ޔޫރަޕްގެ ހަތް ގައުމެއްގެ ސުޕަމާކެޓްތަކުގެ ފިނިކުރާ ނިޒާމަށް ދިން ސައިބާ ހަމަލާއެއްގައި، ފްރިޖުތަކުގެ ހޫނުމިން މަތިވެ ކާބޯތަކެތި ހަލާކުވުމުގެ ބިރު ކުރިމަތިވެއްޖެއެވެ. މި ހަމަލާގެ ސަބަބުން ބެލްޖިއަމްގެ "ސަބްކޯބެލް" ކުންފުނިން ބަލަހައްޓާ ގިނަ އައުޓްލެޓްތަކަކަށް އަސަރުކޮށްފައިވާއިރު، މިއީ ފަރަންސޭސިވިލާތަށް ކުރިން ދިން ހަމަލާއަކާ އެއްގޮތް ހަމަލާއެކެވެ. މި މައްސަލަ ހައްލުކުރުމަށް ސޮފްޓްވެއާގެ އިތުރުން މެޝިނަރީއަށް ފިޒިކަލް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

Newsletter

Get the latest news delivered straight to your inbox