ސެންޓޭ ވެސް މާޒިިޔާ އަށް ބަދަލުވެއްޖެ

Feb 7, 2023, 3:29 AM
ސެންޓޭ (ވ) މާޒިޔާ އަށް ސޮއިކުރުމަށް ފަހު އެ ކްލަބްގެ ޗެއާމަން ސާޖިދުއާ އެކު ޖޯޒީ ދައްކާލަނީ.

ސެންޓޭ (ވ) މާޒިޔާ އަށް ސޮއިކުރުމަށް ފަހު އެ ކްލަބްގެ ޗެއާމަން ސާޖިދުއާ އެކު ޖޯޒީ ދައްކާލަނީ.

މިދިޔަ ސީޒަނުގައި ކްލަބް ވެލެންސިއާގެ ކެޕްޓަން، އަލީ ފާސިރު (ސެންޓޭ) ކުރިއަށް އޮތް ސީޒަނަށް ރާއްޖޭގެ ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ސޮއިކޮށްފި އެވެ.

ސެންޓޭ އަކީ އާ ސީޒަނުގައި މާޒިޔާ އަށް ކުޅެން ނިންމައި، އެ ޓީމާ އެކު ކޮންޓްރެކްޓްގައި ސޮއިކުރި އަށް ވަަަަަނަ ކުޅުންތެރިޔާ އެވެ.

މާޒިޔާ އިން ވަނީ ކްލަބް އީގަލްސްގެ ހަސަން ރާއިފް އަހުމަދު (ހަންނަ) އާއި ހުސެއިން ސިފާއު ޔޫސުފް (ކުރޯ)، އަހުމަދު ނޫމާން (ހެލްމެޓް)، ސެންޓޭގެ އިތުރުން ކްލަބް ވެލެންސިއާގެ މުހައްމަދު ފައިސަލް އާއި މިސްރުގެ މިޑްފީލްޑަރު ހަލީލް ޖަމާލް، ކްލަބް ގްރީން ސްޓްރީޓްސްގެ ހަސަން ނަޒީމް ގާސިމް (ޗޯޓު) އަދި ނިއު ރޭޑިއަންޓަށް ކުޅުނު ފުލްބެކް، ޝަމްވީލް މުހައްމަދު (ބޮންޑާ)ގެ ސޮއި ހޯދައިފަ އެވެ.

މިއީ، ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ދެ ފަހަރެއްގެ މަތިން ހޯދި ސެންޓޭ، 34، މާޒިޔާ ޖޯޒީގައި ފެންނާނެ ފުރަތަމަ ފަހަރެވެ. މާޒިޔާ އަކީ ފުރަތަމަ ޑިވިޝަނުގައި ސެންޓޭ ކުޅޭނެ ހަތް ވަނަ ކްލަބް އެވެ.

ބ. އޭދަފުށްޓަށް އުފަން ސެންޓޭގެ ކުޅުން އެންމެ ބޮޑަށް ފާހަގަވާން ފެށީ ފުރަތަމަ ޑިވިޝަނުގައި އޯލްޔޫތުލިންކްއޭޖް (އޭވައިއެލް) ގައި ދެއްކި މޮޅު ކުޅުމުގެ ސަބަބުންނެވެ. ސެންޓޭ ވަނީ 2010 ވަނަ އަހަރު ކްލަބް ވެލެންސިއާގައި ހޭދަކުރުމަށް ފަހު ޖެހިގެން އައި އަހަރު ނިއު ރޭޑިއަންޓާ ގުޅިފަ އެވެ. އެކަމަކު، 2012 ވަނަ އަހަރުގެ ސީޒަނަށް ވިކްޓްރީ ސްޕޯޓްސް ކްލަބަށް ބަދަލުވެ، ސެންޓޭ އަށް ގައުމީ ޓީމުގައި ލިބުނު ސީރިއަސް އަނިޔާއަކާ ހެދި ގިނަ ދުވަހު ހުރީ ކުޅުމާ ދުރުގަ އެވެ.

ސެންޓޭ، މާޒިޔާ ޖޯޒީގައި ފޮޓޯ އަކަށް ހުއްޓިލައިގެން: މިއީ ސެންޓޭގެ ކެރިއަރުގައި ވެސް މާޒިޔާގެ ފެހި ޖޯޒީގައި ކުޅޭ ފުރަތަމަ ފަަަހަރު.

އަލުން ދެ ވަނަ ފަހަރަށް 2013 ވަނަ އަހަރު ނިއުއާ ގުޅި 2015 ވަނަ އަހަރުގެ ނިޔަލަށް އެ ޓީމަށް ކުޅެ އެ ހަތަރު އަހަރުތަކުގައި ސެންޓޭ ވަނީ ނިއުއާ އެކު ބޮޑެތި ކާމިޔާބީތަކެއް ހޯދައިފަ އެވެ. އެ ގޮތުން، ބަލްގޭރިއާގެ ކޯޗު، ވެލިޒާ ޕޮޕޯވްއާ އެކު 2013 ވަނަ އަހަރުގެ ސީޒަނުގައި ހުރިހާ މެޗަކުން މޮޅުވެ، ހުރިހާ ތަށްޓެއް ނެގިއިރު، ޓީމުގައި ސެންޓޭ އިސް ރޯލެއް ކުޅުނެވެ. ސެންޓޭ ވަނީ ނިއު އަށް 2015 ވަނަ އަހަރުގެ ސީޒަނުގެ ނިޔަލަށް ކުޅެފަ އެވެ.

ނިއު ދޫކޮށް 2016 ވަނަ އަހަރު ޓީސީ ސްޕޯޓްސް ކްލަބަށް ބަދަލުވެ، އެ ޓީމުގައި ތަފާތު ފޯމެއްގައި ކުޅެ، ރާއްޖޭގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި ރަން ބޫޓު ހޯދި އެވެ. އަދި ޓީސީ ދޫކޮށް ކެރިއަރުގައި ތިން ވަނަ ފަހަރަށް ސެންޓޭ ވަނީ 2017 ވަނަ އަހަރު ނިއު އަށް ބަދަލުވެފަ އެވެ. އެ ޓީމުގައި ވެސް މޮޅަށް ކުޅެ، ރާއްޖޭގެ މޮޅު ކުުޅުންތެރިޔާގެ މަގާމު ހޯދި އެވެ. އޭގެ ފަހުން، 2018 ވަނަ އަހަރު ކްލަބް އީގަލްސް އަށް ކުޅުނު ސެންޓޭ މިދިޔަ ދެ ސީޒަން ހޭދަކުރީ ވެލެންސިއާގަ އެވެ.

ވެލެންސިއާ އިން މިދިޔަ އަހަރު ޖެނުއަރީ މަހު މާޒިޔާ ބަލިކޮށް ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން ހޯދި މެޗުގައި ސެންޓޭގެ ކަކުލަށް ސީރިއަސް އަނިޔާއެއްވެ، އޭނާ ކުޅުމާ ދުރަށް ދާން ޖެހުނެވެ. އަލުން، އެނބުރި އައިސް މިދިޔަ ޖޫން މަހު އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ އާއި އުޒްބެކިސްތާން ކުޅުނު މެޗުގައި ސެންޓޭ ކަކުލަށް އަނެއްކާ އަނިޔާވި އެވެ.

ސެންޓޭ ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ކަކުލުގެ އޮޕަރޭޝަނެއް ކޮށްފަ އެވެ. މިއީ ސެންޓޭ، ކެރިއަރުގައި ކަކުލުގެ އޮޕަރޭޝަނެއް ކުރި ދެ ވަނަ ފަހަރެވެ. މާޒިޔާއާ ގުޅުނުއިރު، ސެންޓޭ އަންނަނީ އަނިޔާއިން ރަނގަޅުވުމަށް ރިހެބިލިޓޭޝަންގެ ކަންކަން ކުރަމުންނެވެ.

މާޒިޔާ އިން ވަނީ އެ ޓީމުގެ ކޯޗަކަށް ޔޫރަޕާއި އޭޝިއާ ފުޓްބޯޅައިގެ ތަޖުރިބާކާރެއް ކަމަށްވާ، ކޯޗު އިވާން ކޮލޭވްއާ އެކު އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. މާޒިޔާ އިން ޕްރީ ސީޒަން ޕްރެކްޓިސް ފެށުމަށް ހަމަޖެހިފައިވަނީ މިއަދު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox