އަނިޔާވި ނޫސްވެރިޔާ އިތުރު ފަރުވާއަށް ލަންކާއަށް

މުޒާހަރާގެ ތެރެއިން އަނިޔާވި ނޫސްވެރިއެއް--

މުޒާހަރާގެ ތެރެއިން އަނިޔާވި ނޫސްވެރިއެއް--

މިއަދު ހެނދުނު މާލޭގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިއްތިހާދުން ކުރިއަށް ގެންދިޔަ މުޒާހަރާ ކަވަރުކުރުމުގެ ތެރޭގައި އަނިޔާވި ނޫސްވެރިޔާއަށް އިތުރު ފަރުވާއަށް އަވަށްޓެރި ސްރީލަންކާއަށް ގެންދިއުމަށް އާއިލާއިންް ނިންމައިފި އެވެ.

މިއަދު އިދިކޮޅުން މުޒާހަރާކޮށްފައި ވަނީ ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށްޓަކާ، ރައީސުލްޖުމްހޫރިއްޔާ .އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހުގައި ރިޔާސީ ބަޔާން އިއްވުމާ ދިމާކޮށެވެ.

ރައީސް ރިޔާސީ ބަޔާން ފެއްޓެވި ވަގުތު މަޖިލިސް ތެރޭގައި ތިބި އިދިކޮޅު މެންބަރުން އިހުތިޖާޖު ކުރި އެވެ. ރިޔާސަތުން އޭގެ ތެރެއިން ބައެއް މެންބަރުންގެ ނަން އިއްވުމަށް ފަހު މަޖިލީހުގެ ތަޅުމުން ބޭރުކުރި އެވެ. އިދިކޮޅުގެ ގިނަ ސަޕޯޓަރުންތަކެއް އެއްވެ މުޒާހަރާކޮށްފައި ވަނީ މަޖީދިއްޔާ ސްކޫލްް ކަންްމަތީގަ އެވެ.

މި މުޒާހަރާ ކަވަރުކުރަމުންް ދިޔަ "ޗެނަލް 13" ގެ ނޫސްވެރިއަކަށް އަދި ވީޑިއޯގްރާފަރަކަށް މުޒާހަރާގެ ތެރެއިން ވަނީ އަނިޔާ ލިބިފަ އެވެ. ރާއްޖެއިން ބޭރަށް ގެންދިއުމަށް ނިންމާފައި ވަނީ ހަސަން ޝަހީދު ނަމަކަށް ކިޔާ ނޫސްވެރިއެކެވެ.

އެ ސަރަހައްދުގައި ތިބި މީހުން ފަހަތަށް ޖެއްސުމަށް ފުލުހުން ޕެޕަރ ސްޕްރޭގެ ބޭނުންކުރި އެވެ. އޭގެ އަސަރު މުޒާހަރާ ކަވަރުކުރި ބައެއް ނޫސްވެރިންނަށް ވެސް ވަނީ ކޮށްފަ އެވެ.

މި މުޒާހަރާގައި ދެ ނޫސްްވެރިއެއްގެ އިތުރުންް ހަތް މީހަކަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާދޭން ޖެހުނު ކަމަށް ޕީޕީއެމުން ވަނީ ބުނެފަ އެވެ. މި ހަމަނުޖެހުމުގައި 11 މީހަކު ހައްޔަރުކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox