ކީޕަރު ފައިސަލް އާއި ކުރޯ އަދި ޝަމްވީލް ވެސް މާޒިޔާ އަށް

Feb 5, 2023, 5:30 PM
ކީޕަރު ފައިސަލް އާއި ކުރޯ އަދި ޝަމްވީލް ވެސް މާޒިޔާ އަށް

މިދިޔަ ސީޒަނުގައި ކްލަބް ވެލެންސިއާ އަށް ކުޅުނު ގޯލްކީޕަރު މުހައްމަދު ފައިސަލް އާއި ކްލަބް އީގަލްސްގެ ކެޕްޓަން، ހުސެއިން ސިފާއު ޔޫސުފް (ކުރޯ) އަދި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ކުޅުނު ފުލްބެކް، ޝަމްވީލް މުހައްމަދު (ބޮންޑާ)، ރާއްޖޭގެ ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ސޮއިކޮށްފި އެވެ.

މާޒިޔާ އިން ވަނީ އާ ސީޒަނަށް އެ ކްލަބްގައި ތިބި ނުވަ ކުޅުންތެރިއަކުގެ ކޮންޓްރެކްޓް އާ ކޮށް، ހަތަރު ކުޅުންތެރިން ސޮއިކުރިކަން އިއުލާނުކޮށްފަ އެވެ. މި ވަގުތު ރާއްޖޭގައި އެންމެ އޮގަނައިޒްކޮށް ހިނގާ ކްލަބް ކަމަށްވާ، މާޒިޔާ އިން ވަނީ ފައިސަލް، ކުރޯ، ޝަމްވީލްގެ އިތުރުން އީގަލްސްގައި މިދިޔަ އަހަރުތަކުގައި މޮޅު ކުޅުމެއް ދެއްކި، ހަސަން ރާއިފް އަހުމަދު (ހަންނަ)ގެ ސޮއި ހޯދައިފަ އެވެ.

ސާފް ޗެމްޕިއަންޝިޕްގެ ތަށި 2018 ވަނަ އަހަރު ރާއްޖޭން ހޯދިއިރު، މުބާރާތުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ކީޕަރު ފައިސަލް މިދިޔަ ސީޒަނުގައި ވެލެންސިއާ އަށް ކުޅުނު ނަމަވެސް މުސާރަ މައްސަލައިގައި ފަހުން އެ ޓީމަށް ނުކުޅެ އެވެ. ފައިސަލް، ޕްރޮފެޝަނަލްކޮށް ކުޅުން ހުއްޓާލަން އުޅޭ ކަމަށް ވެސް މީޑިއާގައި ވާހަކަ ދެކެވުނެވެ. އެކަމަކު، އޭނާ ވަނީ މާޒިޔާއާ ގުޅިފަ އެވެ.

މާޒިޔާއާ އެކު، ކުރިއަށް އޮތް ސީޒަނަށް ސޮއިކުރިއިރު، މިއީ ފުރަތަމަ ޑިވިޝަނުގައި ފައިސަލް ފެންނާނެ ހަ ވަނަ ކްލަބް އެވެ.

ގައުމީ ޓީމުގެ ގޯލު ބަލަހައްޓަމުން އައި ފައިސަލް، މީގެ ކުރިން ފުރަތަމަ ޑިވިޝަނުގައި ވަނީ، އޯލްޔޫތުލިންކްއޭޖް (އޭވައިއެލް)، ކްލަބް ވެލެންސިއާ، ވިކްޓަރީ ސްޕޯޓްސް ކްލަބް، ނިއު ރޭޑިއަންޓް އަދި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް ކުޅެފަ އެވެ.

ފައިސަލް، މާޒިޔާއާ ގުޅުނުއިރު، އެ ޓީމުގައި ގައުމީ ޓީމުގެ ދެ ކީޕަރުން ކަމަށްވާ، ހުސެއިން ޝަރީފް (ކީޕަރު ހުސެން) އަދި އިޔާން އަބްދުލް އަލީ (ޗިކީ) އެބަތިބި އެވެ. ކީޕަރު ހުސެން އާއި ޗިކީ ވަނީ މާޒިޔާގެ ކޮންޓްރެކްޓް އާ ކޮށްފަ އެެވެ.

ކްލަބް އީގަލްސް އަށް 2013 ވަނަ އަހަރު ކުޅެން ފަށައި، އެ ޓީމާ އެކު ޔޫތު ޗެމްޕިއަންޝިޕްގެ ގިނަ މުބާރާތްތަކެއް ކާމިޔާބުކުރި، ލ. ކުނަހަންދޫ އަށް އުފަން، ކުރޯ އަކީ 2016 ވަނަ އަހަރު އީގަލްސް އިން ގައުމީ ތަށި ހޯދިއިރު، ޓީމުގެ މުހިންމު ކުޅުންތެރިއެކެވެ.

އީގަލްސްގެ ކެޕްޓަނެއްގެ ގޮތުގައި މިދިޔަ ދެ ސީޒަނުގައި ކުޅުނު ކުރޯ އަކީ 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ރާއްޖޭގެ ގައުމީ ޓީމުގެ ޑިފެންސްގައި މޮޅަށް ކުޅުނު ކުޅުންތެރިއެކެވެ. ކުރޯ، މާޒިޔާއާ އެކު ކޮންޓްރެކްޓް ހެދީ ތިން އަހަރަށެވެ.

ރ. މީދޫ އަށް އުފަން، ޝަމްވީލް އަކީ މިދިޔަ ސީޒަނުގައި ނިއު ރޭޑިއަންޓުން، ރާއްޖޭގެ ދެ ވަނަ ޑިވިޝަނުގައި ކުޅުނުއިރު، ޓީމުގެ ފަހަތުގައި އުންމީދީ ކުޅުމެއް ދެއްކި ކުޅުންތެރިއެކެވެ.

ޝަމްވީލް ދެއްކި، ކުޅުމަށް ތައުރީފުކޮށް، ނިއުގެ ކޯޗަކަށް ހުރި ސޮބާހު މުހައްމަދު (ސޮބާ) ވަނީ ޝަމްވީލަށް ގައުމީ ލެވަލްގެ މޮޅު ކުޅުންތެރިއަކަށް ވެވޭނެ ކަމަށް ބުނެފަ އެވެ. ޝަމްވީލް، މާޒިޔާއާ ގުޅުނީ ތިން އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ.

މާޒިޔާ އިން ކޮންޓްރެކްޓް އާ ކުރި ކުޅުންތެރިންނަށް ބަލާއިރު، ހަމްޒާ މުހައްމަދު، ހަސަން ނާއިޒު (ދާދު)، ހަސަން ޝިފާޒް (ޑުންގާ)، ކީޕަރު ހުސެން، ހުސެއިން ނިހާން (ނިހާޓް)، މުހައްމަދު އިރުފާން (އިރޭ)، ޗިކީ، ސަމޫހު އަލީ (ސަމުއްޓެ) އަދި އިބްރާހިމް އައިސަމް ހިމެނެ އެވެ.

އަންނަ ސީޒަނަށް މާޒިޔާ އިން އިތުރު ކުޅުންތެރިންތަކެއް ވެސް ވަނީ ގެސްފަ އެވެ.

ކުރިއަށް އޮތް ސީޒަނަށް މާޒިޔާ އިން ހަމަޖެއްސި ކޯޗަކު އިއުލާނުކުރަން މާދަމާ އެ ކްލަބްގެ ނޫސްވެރިންގެ ބައްދަލުވުމެއް ވަނީ ތާވަލުކޮށްފަ އެވެ.

މިދިޔަ ސީޒަނުގައި މާޒިޔާ އިން ވަނީ ތިން ކޯޗެއްގެ އިރުޝާދުގެ ދަށުން ކުޅެފަ އެވެ. އެ ގޮތުން، ސީޒަން ފަށައިގެން، ޕްރެޒިޑެންޓްސް ކަޕްގައި މާޒިޔާގެ ކޯޗަކީ މުހައްމަދު ޝިޔާޒް (މޯހަން) އެވެ. ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އިން ވަނީ ލީގު ކަށަވަރުވަންދެން، ސާބިއާގެ ކޯޗު މިއޮޑްރަގް ޖެސިކްގެ އިރުޝާދުގެ ދަށުން ކުޅެފަ އެވެ. ލީގުގެ ފަހު މެޗުތަކާއި އެފްއޭ ކަޕްގައި މާޒިޔާގެ ހެޑް ކޯޗެއްގެ ޒިންމާ އުފުލީ އެސިސްޓަންޓް ކޯޗު، އަހުމަދު ސުޒެއިރު (ކޮއްކޮ) އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox