އެމްޑީޕީގެ މާޒީން ފެންނަ ގަޑުބަޑުކުރުމާއި ބޭވަފާގެ ވާހަކަ

އެމްޑީޕީގެ މާޒީން ފެންނަ ގަޑުބަޑުކުރުމާއި ބޭވަފާގެ ވާހަކަ

ކުރީގެ ރައީސް މުހައްމަދު ނަޝީދު, ސިޔާސީ މަސައްކަތްޕުޅުގައި ވިއްކަވާ ފިކުރާއި ދައްކަވާ ނަމޫނާއަކީ ޑިމޮކްރަސީގެ ހަމަތަކާއި ކަންކަން ވޯޓުން ނިންމުމާއި އަޣުލަބިއްޔަތަށް ތަބާވުމާއި، ޕްރައިމަރީތަކުގެ ނިންމުން ގަބޫލުކުރުމާއި، ވާދަކޮށްގެން ހޮވޭ ކެންޑިޑޭޓަށް ތާއިދު ކުރުމެވެ.

ދެހާސް ތޭރަވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ނަތީޖާ ހާމަވިތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި އެމަނިކުފާނު އިންތިހާބުން ބަލިވެއްޖެކަން ގަބޫލުކުރައްވައި، ވާދަވެރި ކެންޑިޑޭޓަށް މަރުހަބާ ވިދާޅުވި އެވެ. ރައީސް ޔާމީން ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވެސް ވަޑައިގެންނެވި އެވެ. ކޮނޑާކޮނޑު ޖައްސަވައި ސަލާންކުރެއްވި އެވެ.

އޭގެ ކުރިއަށް ޖެހިލާއިރު، ފެބްރުއަަރީ 7، ގެ ހާދިސާ ގުޅިގެން ނޭޝަނަލް އިންކުއަރީ ކޮމިޝަނުން ހެދި ރިޕޯޓުގައި، އެ ދުވަހު ކުރީ ބަޣާވާތެއް ނޫން ކަމަށް ކަނޑައެޅުމުން އެކަން ވެސް ގަބޫލުކުރެއްވީ މަދު ވަގުތުކޮޅެއްގެ ތެރޭގަ އެވެ. އޭރު ބަޣާވާތެއް ކަމަށް ބުނެ އެތައް ހާސް ރައްޔިތުން މަގުމަތީގައި ގަނަތެޅޭތާ ދޮޅު އަހަރު ވެއްޖެ އެވެ. އެ ހުރިހާ ރައްޔިތުންގެ ޝުއޫރާ ދެކޮޅަށް، އެ ވަގުތުގެ ސިޔާސީ މަސްލަހަތު އިސްކުރައްވައި އެ ދަތި ނިންމެވުން ނިންމެވީ އެވެ. ދެހާސް އަށާރަ ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓް ލިބިވަޑައިގެންނެވި ނަމަވެސް، ގައުމީ މަސްލަހަތާއި ޕާޓީގެ މަސްލަހަތަށް ބެލުމަށް ފަހު ނަޝީދު އެ ޓިކެޓު ދޫކޮށްލެއްވި އެެވެ. ނާކާމިޔާބީގައި ހިތްތިރިކުރުމުގެ މިފަދަ އެތައް ނަމޫނާއެއް ނަޝީދު ދައްކަވާފައިވެ އެވެ.

ނަމަވެސް މިފަހަރުގެ މަންޒަރު ތަފާތެވެ. ހޮނިހިރު ދުވަހުގެ ޕްރައިމަރީގެ ނަތީޖާއަށް ފަހު ހޯމަ ދުވަހު އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕްތަކަށް ދޫކޮށްލެވި މެސެޖާއި ހަމަ އެ ދުވަހު ސަޕޯޓަރުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުން ބަލި ގަބޫލު ކުރެއްވުމެއްގެ ފުރިހަމަ ނަމޫނާ ފެނިގެނެއް ނުދިޔަ އެވެ.

"އަޅުގަނޑު ލަފާ ކުރަނީ ވޯޓުލީ ވޯޓާސް ލިސްޓަށް ބަލައިފި ނަމަ ކުޑަ ފަރަގަކުން ރައީސް ސޯލިހު މޮޅުވެދާނެ ކަމަށް. އެހެން ވިޔަސް، އަޅުގަނޑަށް ފެންނަ ގޮތުގައި ރައީސް ސޯލިހުއާއެކު ގޮސް 2023ގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބެއް ނުކުރެވޭނެ،" ނަޝީދުގެ މެސެޖުގައިވެ އެވެ.

ސަޕޯޓަރުންނާ ވާހަކަ ދައްކަވަމުން، އަދި އެއަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވެސް ނަޝީދު މި ވާހަކަ ތަކުރާރު ކުރެއްވެވި އެވެ.

ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ނިންމުމަށް ހުކުރު ދުވަހު ބޭއްވި ހަރަކާތުގައި ރައީސް ސޯލިހު އެ މަނިކުފާނުގެ ސަޕޯޓަރުންނާއެކު. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ނިންމުމަށް ހުކުރު ދުވަހު ބޭއްވި ހަރަކާތުގައި ރައީސް ސޯލިހު އެ މަނިކުފާނުގެ ސަޕޯޓަރުންނާއެކު. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ނިންމުމަށް ހުކުރު ދުވަހު ބޭއްވި ހަރަކާތުގައި ރައީސް ސޯލިހު އެ މަނިކުފާނުގެ ސަޕޯޓަރުންނާއެކު. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށްޓަކައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޓިކެޓަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދު ވާދަކުރެއްވި ތާރީހީ ޕްރައިމަރީގައި ވޯޓުލި 40،000 އަށް ވުރެ ގިނަ މެމްބަރުންގެ 61 ޕަސެންޓު ރައީސް ސޯލިހަށް ލިބިވަޑައިގެންނެވިއިރު، ނަޝީދަށް ލިބިވަޑައިގެންނެވީ 39 ޕަސެންޓް ވޯޓެވެ. މިއީ ސީދާ އެ މަނިކުފާނު ވާދަކުރެއްވި އެތެރޭގެ އިންތިހާބެއްގެ ފުރަތަމަ ނާކާމިޔާބީ އެވެ.

އެމްޑީޕީއަށް 17 އަހަރު ވެފައިވާއިރު، ޕާޓީގެ އަސާސްތަކާއި މަސްލަހަތު ހިފެހެއްޓުމަށް ނަޝީދު ކުރެއްވި މަސައްކަތްޕުޅާއި ދެއްކެވި ވާހަކަފުޅުތައް އަދިވެސް ފެންނަން އެހުރީ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާއަށް އެމްޑީޕީން ވާދަ ކުރެއްވި މުހައްމަދު މުސްތަފާ އަށް ތާއިދު ހޯއްދެވުމަށް މާޗު 11، 2019 ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ، "ތިލަފަތަށް ވޯޓު ޖެހުމުގެ ނިޒާމް މި ޕާޓީގެ ކެންޑިޑޭޓަށް މި ޕާޓީއަށް ތާއިދުކުރާ އެންމެ ބޭފުޅުންނާއި ޕާޓީގެ ހުރިހާ މެންބަރުން މި ޕާޓީގެ ކެންޑިޑޭޓަށް ވޯޓު ދިނުމުގެ ނިޒާމް އެ ނޫން ގޮތަކަށް އެކަން ޕާޓީގެ އެއްވެސް މެންބަރެއް ކުރުމަށް ހިޔާލު ކޮށްފި ނަމަ އެއީ ވެރިކަމުގެ ނިޒާމް ގަޑުބަޑު ކުރެވެނީ،" ކަމަށެވެ.

ޕްރައިމަރީގެ ނާކާމިޔާބަށް ފަހު ހޯމަ ދުވަހު ނަޝީދު އެ މަނިކުފާނުގެ ސަޕޯޓަރުންނާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: މުހައްމަދު ޝާބިން އަދަދު
ޕްރައިމަރީގެ ނާކާމިޔާބަށް ފަހު ހޯމަ ދުވަހު ނަޝީދު އެ މަނިކުފާނުގެ ސަޕޯޓަރުންނާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: މުހައްމަދު ޝާބިން އަދަދު

ޕްރައިމަރީގެ ނާކާމިޔާބަށް ފަހު ހޯމަ ދުވަހު ނަޝީދު އެ މަނިކުފާނުގެ ސަޕޯޓަރުންނާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: މުހައްމަދު ޝާބިން އަދަދު

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓް ގެއްލުނު ބައެއް މެމްބަރުން އަމިއްލަ ގޮތުން ވާދަ ކުރައްވާތީ ނަޝީދު ވިދާޅުވީ އެމްޑީޕީން ހިންގާ ސުލްހަވެރި ސިޔާސީ ހަރަކާތާއި ދިވެހިރާއްޖެ ހުރި މީޒާނުގައި އެންމެ މުހިންމު ކަމަކީ ވަފާތެރިކަން ކަމަށެވެ. ޕާޓީގެ ޓިކެޓު ނުލިބިގެން އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓުން ނަޝީދު ސިފަކުރެއްވީ ބޮޑެތި ބޭވަފާތެރިންގެ ގޮތުގަ އެވެ. މިފަދަ އެތަކެއް ބައިވަރު ވާހަކަތައް އެބަ ހުއްޓެވެ.

ނަޝީދު އެކަންޏެއް ނޫނެވެ. ޕާޓީގެ ނާއިބު ރައީސް ޝިފާޒު ވިދާޅުވީ "ޕްރައިމަރީން ބަލިވީމާ މޮޅުވި މީހުންގެ ފަހަތަށް ނޭރޭ މީހުން ވާދަ ކުރާނޭ ކަމެއް ނެތް" ކަމަށެވެ. އޭރު ޕާޓީގެ ވިސްނުން އޮތީ ކިހިނެއްކަން މި ވާހަކަފުޅުން އެނގެ އެވެ. އެމްޑީޕީ އަސާސީ ފަލްސަފާއަކީ ޕާޓީގެ މެންބަރުންގެ ވޯޓުން ނިންމާ ނިންމުންތަކަށް އިހުތިރާމު ކުރުމެވެ. އެ ނިންމުންތަކާ އެކު ކުރިއަށް ދިއުމެވެ.

ޕްރައިމަރީއާ ގުޅޭ ތުހުމަތުތައް ނަޝީދު ކުރެއްވި ނަމަވެސް، ހަނި ފަރަގެއްގައި ރައީސް ސޯލިހު ކާމިޔާބު ހޯއްދެވި ކަމަށް ނަޝީދު ވެސް ގަބޫލުކުރައްވަ އެވެ. ތުހުމަތު އޮތީ ތަފާތު ބޮޑު ނަތީޖާއާ މެދު އެވެ. އެ ފަރަގާ މެދު ސުވާލު އޮތަސް އިންތިހާބު ކާމިޔާބުކުރާނީ ރައީސް ސޯލިހުކަމާ މެދު ނަޝީދު ވެސް ސުވާލެއް ނުއުފައްދަވަ އެވެ.

ކޮންމެ ގޮތެއް ވިޔަސް އެއީ އެމްޑީޕީގެ މެމްބަރުންގެ ނިންމެވުމެވެ. އެހެންވެ، ޕާޓީން ކަނޑައެޅި ކެންޑިޑޭޓަށް ތާއިދު ކުރުމާއި ވޯޓު ހޯދައި ދިނުމަށް މަސައްކަތްކުރުން ޕާޓީގެ އަސާސީ ގަވާއިދުގެ 16 ވަނަ މާއްދާގައި އޮންނަ އޮތުން ނަޝީދުގެ މައްޗަށް ވެސް ހިނގާނެ އެވެ. ނަމަވެސް، ނަޝީދު މިހާރު ގަބޫލު ކުރައްވަނީ ގަވާއިދުގެ އެ މާއްދާ ތަރުޖަމާކުރަން ޖެހޭނީ މުޅި ގަވާއިދުގެ މަފުހޫމުތަކަށް ބަލައިގެން ކަމަށެވެ.

ސިޔާސީ ހަރަކާތެއްގައި ނިންމުމަކަށް ވާނީ މެޖޯރިޓީ ނިންމުމެވެ. މިފަހަރު ނަޝީދު މެޖޯރިޓީގެ ނިންމުން ގަބޫލު ނުކުރައްވަނީ އެ މަނިކުފާނު އަމިއްލަ ވިސްނުންފުޅެއްގެ މައްޗަށް އެކަންޏެވެ. ބަލި ގަބޫލު ނުކުރެއްވުމުގެ ހުއްޖަތަކަށް ހެއްދެވީ އިލެކްޝަންސް ކޮމިޝަންގައި އޮތް އެމްޑީޕީގެ ދަފުތަރާއި ޕާޓީގެ އިދާރާގައި އޮތް ދަފުތަރު އެއްގޮތް ކުރުމުގެ ބޭނުމުގައި ބައެއް މެމްބަރުން އުނިވެގެން ދިޔުމާއި، ރައީސް ސޯލިހަށް ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެއްވެވޭނެ ކަމަށް ގަބޫލުކުރެއްވުމެވެ.

ނަޝީދު އެ ވިދާޅުވާ ވޯޓާސް ލިސްޓު އިސްލާހު ކުރަން ފާސްކުރީ ގައުމީ މަޖިލީހުންނެވެ. ޕާޓީގެ އިދާރާގައި އޮންނަ ދަފުތަރުން އުނިވި މެމްބަރުންނަކީ ކޮބައިކަމާއި އެ މެމްބަރުން އަލުން އަނބުރާ ޕާޓީއަށް ވެއްދުމަށް ގޮފިތަކާއި ދާއިރާތަކަށް އެންގި އެވެ. އުނިވި މެމްބަރުންގެ ލިސްޓު ހަވާލު ކުރި އެވެ. މެމްބަރުން އަލުން ވައްދަން ބޭނުންވި ނަމަ ވެއްދޭނެ ވަގުތު ވެސް ލިބިގެންދިޔަ އެވެ. ނަމަވެސް އެންމެ ފަހުން ބަންޑުން ކޮށްލީ ޝަކުވާއާއި ވޯޓާސް ލިސްޓުގެ މައްސަލަތަކެވެ.

އެމްޑީޕީގެ ޕްރައިމަރީތަކުގެ މާޒީއަށް ޖެހިލާއިރު، ފުރަތަމަ ޕްރައިމަރީ 2008 ގައި ބޭއްވިއިރު ވޯޓާސް ލިސްޓުގެ ސައްހަކަމާމެދު ސުވާލު އުފައްދައި ޕެޓިޝަނެއް ވެސް ހުށަހެޅި އެވެ. އޭރު ވެސް އަދި މިހާރު ވެސް ޕާޓީން އަމަލު ކުރި ގޮތާއި ތަފާތެއް ނެތެވެ. ޕާޓީގެ ގުނަންތަކުގެ ނިންމުން، އެފަހަރު ކެންޑިޑޭޓު ނަޝީދު ގަބޫލު ކުރެއްވެވި އެވެ. -- އެފަހަރު ހުރިހާ ނިންމުންތަކެއް ވެސް ނިމިގެން ދިޔައީ ނަޝީދަށް ފަހިވާ ގޮތަށެވެ.

އެފަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ޓީވީއެމްއިން ގެނެސްދިން "ސިޔާސަތު" ޕްރޮގްރާމުގައި ނަޝީދު ވިދާޅުވީ "ޕާޓީން ވަކި ގޮތަކަށް ކުރިއަށްދާން ބުނީމަ އަޅުގަނޑު އެގޮތުގައި ކުރިއަށް ދާނެ" ކަމަށާއި "އެގޮތަކަށް މަސައްކަތް ކުރާނަން" ކަމަށެވެ.

ނަމަވެސް، މިފަހަރު ނަޝީދަށް ޕާޓީގެ މެމްބަރުންގެ ނިންމުމެއް ވެސް، ޕާޓީގެ އިދާރީ އޮނިގަނޑުގައި ތަރުތީބުވެފައިވާ ގުނަންތަކުގެ ނިންމުން ވެސް ގަބޫލުކުރެއްވުން މުހިންމެއް ނުވި އެވެ. ނަޝީދާ ވާދަކުރައްވައި ރިޔާސީ ޓިކެޓް ހޯއްދެވި ރައީސް ސޯލިހަށް ތާއިދު ނުކުރައްވައި، "ފިކުރުގެ ދިރުން" އެއީ ޕާޓީގެ ދިރުމަށް ހިންގާ ހަރަކާތަކަށް ހެއްދެވުމުގެ މަސައްކަތް އެވަނީ ފައްޓަވައިފަ އެވެ. މިއީ މާޒީގައި ވިދާޅުވި "ގަޑުބަޑު ކުރުމާއި ބޭވަފާތެރިވުން" ސީދާ އެ މަނިކުފާނަށް ރައްދުވާ ހާލަތެއް ކަމަށް ބުނުމުގެ ޖާގަ ލިބިދެ އެވެ.

ޕްރައިމަރީގެ ބައްޔަށް ފަހު ނަޝީދު ކުރިއަށް ފިޔަވަޅެއް އަޅުއްވާނީ ވަރަށް ރަނގަޅަށް ސިޔާސީ ހިސާބު ޖައްސަވައިފަ އެވެ. ބަޔަކު ހިތްހަމަޖެހުނަސް ނުޖެހުނަސް އެމަނިކުފާނު ކުރިއަށް ކުޅުއްވާނީ އެ ވަގުތުގެ ހިސާބަށް ބަލާއިރު، ސީދާ އެމަނިކުފާނުގެ ސިޔާސީ މަސްލަހަތު އެންމެ ބޮޑު ކުޅި އެވެ. "ފިކުރެއްގެ ދިރުން" ގެނެސް، ރިޔާސީ ކެންޑިޑޭޓު ބަދަލުކުރުމުގެ ވާހަކަ ދައްކަވަނީ އެކަމަށްޓަކަ އެވެ.

މިއީ ކުރިން ނަޝީދު ދެއްކެވި ވާހަކަ އާއި ނަމޫނާތޯ އާއި ޕާޓީއަށް ފައިދާ ހުރި ގޮތެއްތޯ، ނޫންތޯ ފިކުރުކޮށް ކުރިއަށް ދިޔުން އޮތީ އެމްޑީޕީގެ މެމްބަރުންނަށެވެ. އެމްޑީޕީއަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ އެވެ. މިފަދަ މުހިންމު ދަނޑިވަޅެއްގައި އެ ޕާޓީގެ މެންބަރުންގެ ކޮންމެ ނިންމުމެއްގެ އަސަރު މުޅި ސިޔާސީ މަސްރަހާއި ގައުމަށް ކުރާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލެއިން ވޮޝިންޓަނަށް؛ 'ވިޔާނުދާ' ނޫސްވެރިންގެ އަސަރާއި ނަތީޖާ

އެމެރިކާގެ ރައީސް ޓްރަމްޕް ވަކި ނޫސްވެރިންތަކެއް ވައިޓް ހައުސްއަށް ވަނުން މަނާކުރުމުން، އެކަށީގެންވާ އިޖުރާއާތެއް ނެތި އެފަދަ ނިންމުންތައް ނުނިންމޭނެ ކަމަށް އެ ގައުމުގެ ކޯޓުން ވަނީ ކަނޑައަޅާފައެވެ. ހަމައެފަދައިން، ރާއްޖޭގެ ރައީސް އޮފީހުން ވެސް "އަދަދު" ނޫހުގެ ނޫސްވެރިން ބައްދަލުވުންތަކަށް ވަނުން މަނާކޮށްފައިވަނީ، ރައީސް މުއިއްޒާ ކުރިމަތިކުރި އުނދަގޫ ސުވާލަކާ ގުޅިގެން އެއްވެސް ލިޔުމެއް ނުވަތަ ޖަވާބެއް ދިނުމަކާ ނުލައެވެ.

ދިވެހިރާއްޖޭގައި އޮތީ އިސްލާމީ ޓޫރިޒަމެއް؛ ސަބަބުތައް މިއޮތީ!

ދިވެހި ޓޫރިޒަމް ދާއިރާ އިޝްތިހާރު ކުރަން ތިބި މީހުން އެއީ ލާދީނީ ކާފަރު ޓޫރިޒަމެއްކަމަށް ސިފަކުރަމުންދާނަމަ، ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ މުސްލިމުންނަށް އެދެވެނީ ކޮން ކަހަލަ މެސެޖެއްހެއްޔެވެ؟ އެމީހުންނަށް އެކަންޏެއް ނޫނެވެ. ދީނީ ހަރުކަށި ވިސްނުމުގެ އަހުލުވެރިންނަށް ވެސް އެދެވެނީ ކޮން ކަހަލަ ދައުވަތެއްހެއްޔެވެ؟

ރަދުން ކޮންޓްރޯލް ކުރެއްވި ސިއްރުވެރި ބޮޓޭނިކަލް ވިޔަފާރި

ތާވައްކާށި ނުވަތަ ކަނޑުކާށީގެ ވިޔަފާރިއަކީ ތާރީޚީގޮތުން ދިވެހި ރަދުންގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުން ހިންގި ސިއްރުވެރި މޮނޮޕޮލީއެކެވެ. ސީޝެލްސްގެ ރަށްތަކުން އޮޔާލައިގެން ރާއްޖެއަށް ލައްވާ މި ކާށިތަކަކީ ހަމައެކަނި ރަދުންނަށް ޚާއްޞަ އެއްޗެއްގެ ގޮތުގައި އޭރު އޮތީ ކަނޑައަޅާފައެވެ. މި ކާށީގެ ސައިންޓިފިކް ނަން ރާއްޖެއަށް ނިސްބަތްވަނީ، އެ ދުވަސްވަރު ދިވެހިރާއްޖެ މެދުވެރިކޮށް މި ތަކެތި ދުނިޔޭގެ ބާޒާރަށް ތައާރަފުވެފައިވާތީއެވެ.

ރިސޯޓުތަކުގެ ކުލީގެ މުއްދަތު ދިގުވުމާއި ގައުމުގެ މުސްތަގުބަލު

ދިވެހިރާއްޖޭގެ ރިސޯޓުތަކުން އިންވެސްޓަރުންނަށް ބޮޑު ފައިދާއެއް ލިބުނު ނަމަވެސް، ރަށްތައް ކުއްޔަށްދޭ މުއްދަތު 99 އަހަރަށް އިތުރުކޮށްފައިވަނީ ގައުމީ މަސްލަހަތަށްވުރެ ބޮޑަށް ސަރުކާރުތަކުގެ ވަގުތީ މާލީ ބޭނުންތައް ފުއްދުމަށެވެ. މިގޮތަށް މުއްދަތު އިތުރުކުރުމާއި ޖޫރިމަނާތައް މާފުކުރުމުގެ ސަބަބުން، ދައުލަތަށް ލިބެންޖެހޭ ދެމެހެއްޓެނިވި އިގުތިސާދީ މަންފާ ނުލިބި ގައުމުގެ މާލިއްޔާއަށް ބޮޑެތި ގެއްލުންތަކެއް ދަނީ ކުރިމަތިވަމުންނެވެ.

ޒުވާނުންނާއި ޒަމާނީ މަސައްކަތުގެ މާހައުލު

ދިވެހި ޒުވާނުން މަސައްކަތްތަކާ ދުރުވަނީ ކަންނެތްކަމުން ކަމަށް ބުނާ ބުނުމަކީ ހަގީގީ ދިރާސާއެއްގެ މައްޗަށް ބިނާވެފައިވާ ވާހަކައެއް ނޫނެވެ. ޒުވާނުން ވަޒީފާއަށް ނުކުތުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ދިރިއުޅުމުގެ ހަރަދުތަކާ ނުބައްދަލު ދަށް އުޖޫރައާއި، މަސައްކަތުގެ މާހައުލުގައި ހައްގުވާ ރައްކާތެރިކަމާއި އިނާޔަތްތައް ނެތުމެވެ. އެހެންކަމުން، ވަޒީފާގެ ބާޒާރުން ދިވެހިން އެކަހެރިވާ ސަބަބުތައް ދެނެގަތުމަށް އިލްމީ ދިރާސާތަކެއް ކުރުން މުހިންމެވެ.

އެގާރަސަތޭކަ ނަވާރަ މީހުންގެ އެއްބަސްވުމާ ދެކޮޅު، 1120 ވަނަ މީހާ

2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓަކަށް ރައީސް ޑރ. މުއިއްޒު ކަނޑައެޅުމަށް، އެ ޕާޓީގެ ކޮންގްރެސްގެ 1،119 މަންދޫބުން އިއްތިފާގުން ވަނީ ނިންމާފައެވެ. އެއްވެސް މީހެއްގެ އިއުތިރާޒެއް ނެތި މި ނިންމުން ނިންމި ނަމަވެސް، މިއީ ސިޔާސީ ގޮތުން ފުންކޮށް ވިސްނާލަންޖެހޭ ފަދަ ތަފާތު ނަތީޖާއެކެވެ.

އަހަރެމެން ދިވެހިންނާ ހެދި ކިހާ ބަޔަކު އިސްލާމްވެދާނެބާ؟

މުސްލިމުން އިސްލާމްދީން އުގެނި ދަސްކުރީ މާތް ނަބިއްޔާ މުހައްމަދުގެފާނުގެ އަރިހުންނެވެ. މުސްލިމުން އިތުރު އެކަލޭގެފާނުގެ އަރިހުން ދަސްކުރި އަމަލީ އިސްލާމްދީން އިސްލާމީ އުންމަތް އޭގެ ކުރިބޯއްޓަށް އަރާފައި ދުޝްމަނުންގެ އަތުން ބަލިވެ ބަގުދާދު ފުނޑި ސުންނާފަތިވީއިރުވެސް މުސްލިމުންގެ މެދުގައި ދިރިދިރި އޮތެވެ. މީގެ އެތައް މިސާލެއް ތާރީހުން ފެނެ އެވެ.

Newsletter

Get the latest news delivered straight to your inbox