އިންތިހާބީ މަރުކަޒެއް ހަމަޖެހުން ލަސްވާނަމަ އިންތިހާބަށް ބުރޫއަރާފާނެ: އީސީ

މިހާރު ޕީއެސްއެމްގެ އިމާރާތެއް ހަމަޖެހިފައި ވީނަމަވެސް އަދިވެސް މުޅިން ޔަގީނެއް ނުވޭ، އިންތިހާބީ މަރުކަޒެއްް ހަމަ ނުޖެހިއްޖެ ނަމަ އިންތިހާބުގެ މުއްދަތުތަކަށް ބުރޫ އަަރާނެ. -- ފޮޓޯ: އަބްްދުﷲ އިޔާން/ އަަދަދު

މިހާރު ޕީއެސްއެމްގެ އިމާރާތެއް ހަމަޖެހިފައި ވީނަމަވެސް އަދިވެސް މުޅިން ޔަގީނެއް ނުވޭ، އިންތިހާބީ މަރުކަޒެއްް ހަމަ ނުޖެހިއްޖެ ނަމަ އިންތިހާބުގެ މުއްދަތުތަކަށް ބުރޫ އަަރާނެ. -- ފޮޓޯ: އަބްްދުﷲ އިޔާން/ އަަދަދު

މިއަހަރު އޮންނަ ރިޔާސީ އިންތިހާބާ ބެހޭ މަސައްކަތްތައް ކުރުމަށް އެކަށީގެންވާ މާހައުލެއް އޮތް އިންތިހާބީ މަރުކަޒެއް ނުލިބިއްޖެ ނަމަ އިންތިހާބުގެ މުއްދަތުތަކަކަށް ބުރޫ އެރުމަކީ އެކަށީގެންވާ ކަމެއް ކަމަށް އިލެކްޝަން ކޮމިޝަން (އީސީ)އިން ބުނެފި އެވެ.

މީގެ ކުރިން އިންތިހާބުތަކާ ގުޅުންހުރި މަސައްކަތްތައް ކުރަމުން ދިޔައީ ބާޖަމާލުއްދީން ސްކޫލުގަ އެވެ. އެހެން ނަމަވެސް އެބިން ހުސްކުރުމަށް ނިންމާ އެތަން ތަޅާލުމުގެ މަސައްކަތް ފެށުމުން މިހާރު އީސީގެ މަސައްކަތައް ބަދަލުކޮށްފައި ވަނީ އެ ކޮމިޝަނުގެ ހެޑު އޮފީހަށެވެ.

އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވާ ތާރީހާއި، އަދި އިންތިހާބާ ގުޅިގެން ކުރާ މަސައްކަތްތަކުގެ މައުލޫމާތު ހާމަކުރުމަށް މިއަަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަަކަ ދައްކަވަމުން އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ މަސައްްކަތް ކުރާނެ ރަނގަޅު ޖާގައެއް އަދި މާހައުލެއް ނެތި މަސައްކަތްތަކެއް ނުފެށި ލަސްވާނަމަ އިންތިހާބުގެ ތާރީހުތަކަށް ބުރޫ އެރުމަކީ އެކަށީގެންވާކަމެއް ކަމަށެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރާނެ ޖާގަ އާއި މަސައްްކަތް ކުރާނެ ރަނގަޅު މާހައުލެއް ނެތި މަސައްކަތެއް ފެށުން ލަސްވެއްޖެ ނަމަ ދެންމެ މި ދެންނެވި އިންތިހާބުގެ ތާރީހުތަކަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް،" ހަބީބް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހެޑް އޮފީހުގައި ހުރިހާ މަސައްކަތެއް ކުރުމަކީ ދަތި ކަމެއް ކަން ސަރުކާރަށް ހުށަހެޅުމުން، ދިވެހިރާއްޖޭގެ އަޑުގެ ބާ އިމާރާތް އެ މަސައްކަތްތަކަށް ހަމަޖެއްސުމަށް ނިންމުމުގެ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

"އެ އިމާރާތް އަޅުގަނޑުމެންނަށް ލިބޭނެ ކަމަށް ޕީއެސްއެމުންް އަޅުގަނޑުމެންނަށް އަންގާފަ އޮތީ މިއަދު. އެހެން ނަމަވެސް އެކަމުގައި އަދި މާބޮޑު ކުރިއެރުމެއް އޮތް ކަމަކަށް އަޅުގަނޑުމެންނަށް ގަބޫލެއް ނުކުރެވޭ،" ހަބީބް ވިދާޅުވި އެވެ.

ޕީއެސްއެމްގެ އަޑު އިމާރާތް ހަމަޖެހުނު ނަމަވެސް އެތަނަކީ މީގެ ކުރިން ދިގު މުއްދަތަކަށް ބޭނުންކޮށްފައިވާ އިމާރާތަކަށް ވާތީ އެތަން މަރާމާތުވެސް ކުރަން ޖެހޭ ކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ހާމަކޮށްފަ އެވެ.

އިންތިހާބުގެ މަސައްކަތްތައް ކުރާނެ މަރުކަޒެއް އަދިވެސް ހަމަނުޖެހޭ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފައިވާއިރު މިއަހަރުގެ ސެޕްޓެމްބަރު ނުވަ ވަނަ ދުވަަހު އިންްތިހާބު ބާއްވާނެ ކަން އެ ކޮމިޝަނުން ވަނީ ހާމަކޮށްފަ އެވެ.

މި އިންތިހާބުގައި ޖުމްލަ 6772 މުވައްޒަފުން ހަރަކާތްތެރިވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox