މިއަހަރުގެ ސަވާދީއްތަ ދަތުރު މަޓީ އިން އެންޑޯޒްކޮށްފި

މިދިޔަ އަހަރުގެ ސަވާދީއްތަ ދަތުރުގައި ފަތުރުވެރިން ރަށެއްގެ ބަނދަރު މަތީގައި މަޑުކޮށްލައިގެން -- ފޮޓޯ: އެމްއައިޓީޑީސީ

މިދިޔަ އަހަރުގެ ސަވާދީއްތަ ދަތުރުގައި ފަތުރުވެރިން ރަށެއްގެ ބަނދަރު މަތީގައި މަޑުކޮށްލައިގެން -- ފޮޓޯ: އެމްއައިޓީޑީސީ

މޯލްޑިވްސް އިންޓެގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް (އެމްއައިޓީޑީސީ) އިން ބާއްވާ ސަވާދީއްތަ ދަތުރުގެ މިއަހަރުގެ އެޑިޝަން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓުރީ (މަޓީ) އިން އެންޑޯޒްކޮށްފި އެވެ.

ސަވާދީއްތަ ދަތުރަކީ ރިޔަލު ޔޮޓް ފަހަރުގައި ރާއްޖެ އަންނަ ޓޫރިސްޓުންނަށް ރާއްޖޭގެ ރަށްފުށުގެ ދިރިއުޅުން ދައްކާލައި، ސެއިލިން ޓޫރިޒަމް ރާއްޖޭގައި ކުރިއެރުވުމަށް އެމްއައިޓީޑީސީން މިދިޔަ އަހަރު ބާއްވަން ފެށި ޔޮޓު ރެލީ އެކެވެ.

މިއަހަރުގެ ސަވާދީއްތަ ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ މާރިޗު މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެ މަހުގެ އަށާރަ ވަނަ ދުވަހާ ހަމައަށެވެ. އެ މުއްދަތުގައި ޖުމްލަ ނުވަ ރަށަކަށް ޔޮޓުތައް ބަނދަރު ކުރުމަށް ވަނީ ނިންމާފަ އެވެ.

މިދިޔަ އަހަރުގެ ސަވާދީއްތަ ދަތުރުގެ ތެރެއިން -- ފޮޓޯ: އެމްއައިޓީޑީސީ
މިދިޔަ އަހަރުގެ ސަވާދީއްތަ ދަތުރުގެ ތެރެއިން -- ފޮޓޯ: އެމްއައިޓީޑީސީ

މިދިޔަ އަހަރުގެ ސަވާދީއްތަ ދަތުރުގެ ތެރެއިން -- ފޮޓޯ: އެމްއައިޓީޑީސީ

ކޮންމެ އަހަރަކު ވަކި ތީމްއެއް ކަނޑައަޅައިގެން މިދިޔަ އަހަރު ބާއްވަން ފެށި އެ އިވެންޓުގެ ފުރަތަމަ ރެލީގެ ތީމާއި ނަން ދިނީ ބޮޑުތަކުރުފާނަށް ހާއްސަ ކޮށްގެންނެވެ. ފުރަތަމަ ދަތުރުގައި ދަތުރުކުރަން ހަމަޖެއްސި 15 ރަށަކީ ބޮޑުތަކުރުފާނުގެ ހަޔާތުގެ ކަންކަމާއި އާސާރުތައް ހިމެނޭ ރަށްރަށެވެ. އެ ރަށްރަށުގެ ތެރޭގައި މީހުން ދިރިއުޅޭ ރަށްރަށާއި ދިރިނޫޅޭ ރަށްރަށް ވެސް ހިމެނުނެވެ.

ނަމަވެސް ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ބައެއް ރަށްރަށް މޮނިޓަރިން އަށް ލުމާ ގުޅިގެން އޭގެތެރެއިން ދެ ރަށެއް އުނި ކުރަން ޖެހުނެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގެ އެންމެ މައި އެއް ޖަމިއްޔާއިން އެ ދަތުރު އެންޑޯޒް ކުރުމަކީ ވަރަށް ބޮޑު ފުރިހަމަކަމެއް ލިބޭނެ ކަމެއް ކަމަށް އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރު، މުހައްމަދު ރާއިދު ވިދާޅުވެ އެވެ.

އަދި, މިއީ އެމްއައިޓީޑީސީގެ މަސައްކަތްތައް މަޓީ އިން ބަލައިގަންނަ ކަމުގެ އަލިގަދަ ހެތްކެއް ކަމަށާއި އެކަމަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox