ދިރާގުގެ އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކުރުމުގެ ހާއްސަ އިވެންޓެއް ބާއްވައިފި

Oct 28, 2026, 7:30 AM
ދިރާގުގެ "އެލީޓް ކްލަބް" ޕާޓްނަރުންގެ އަގުވަޒަންކުރުމުގެ ގޮތުން އެ ޚާއްސަ ހަފުލާއެއް ބާއްވައިފި

ދިރާގުގެ "އެލީޓް ކްލަބް" ޕާޓްނަރުންގެ އަގުވަޒަންކުރުމުގެ ގޮތުން އެ ޚާއްސަ ހަފުލާއެއް ބާއްވައިފި

ދިރާގުގެ އެލީޓް ކްލަބް ޕާޓްނަރުންގެ ދުސިތްޑީ2 ރިސޯޓު، ފޭދޫ ފިނޮޅުގައި އިއްޔެ ހާއްސަ އިވެންޓެއް ބާއްވައިފި އެވެ.

މި އިވެންޓަކީ ދިރާގުގެ އެލީޓް ކްލަބްގެ ކާމިޔާބީގައި މުހިންމު ދައުރެއް އަދާކުރާ ޕާޓްނަރުން ދިރާގަށް ދެމުންދާ އެއްބާރުލުން ފާހަގަކޮށް، އެ ފަރާތްތަކަށް ޝުކުރު އަދާކުރުމަށް ބޭއްވި ހަރަކާތެކެވެ.

މި ހަފްލާގައި އެލީޓް ކްލަބްގެ ޕަރޓްނަރުންނަށް ވަނީ އެ ފަރާތްތަކުން ދެމުންދާ އެހީތެރިކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ހާއްސަ އެވޯޑެއް ހަވާލުކޮށްފައެވެ. މީގެ އިތުރުން، މި އިވެންޓުގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައި ހުރި މުހިންމު ކަންތައްތަކާއި، ކުރިއަށް އޮތް ތަނުގައި ގެނައުމަށް ނިންމާފައިވާ ބަދަލުތަކުގެ މައުލޫމާތު ވަނީ ޕަރޓްނަރުންނާ ހިއްސާކޮށްފައެވެ. މިހާރުވެސް ރާއްޖޭގެ 100 އަށް ވުރެ ގިނަ ވިޔަފާރިތަކުން އެލީޓް ކްލަބް މެދުވެރިކޮށް ދިރާގުގެ ކަސްޓަމަރުންނަށް އަގުހުރި އެތައް ފުރުސަތުތަކެއް ފޯރުކޮށްދެމުންދެއެވެ.

Advertisement

މި ރަސްމިއްޔާތުގައި ދިރާގުގެ ޗީފް ކޮމަރޝަލް އޮފިސަރު އަލީ ރިޔާޒް ވިދާޅުވީ، 2013 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް އެލީޓް ކްލަބަކީ ކަސްޓަމަރުންގެ މެދުގައި މިހާ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޕްރޮގްރާމަކަށް ވެގެން ގޮސްފައިވަނީ ޕަރޓްނަރުންނާ ގުޅިގެން ކުރެވުނު ބުރަ މަސައްކަތްތަކުގެ ސަބަބުން ކަމަށެވެ. އަދި ކަސްޓަމަރުންނަށް ގިނަ އަގުހުރި ފުރުސަތުތަކާއި ތަޖުރިބާތަކެއް ފޯރުކޮށްދިނުމުގައި ޕަރޓްނަރުންގެ ދައުރު އޭނާ ފާހަގަކުރެއްވިއެވެ.

އަލީ ރިޔާޒް އިތުރަށް ވިދާޅުވީ، ދިރާގުގެ އަމާޒަކީ މި ހިދުމަތް ޑިޖިޓަލައިޒްކޮށް، އިތުރަށް ފުރިހަމަކުރުން ކަމަށެވެ. އަދި ޕަރޓްނަރުންނާ ގުޅިގެން އެލީޓް ކްލަބްގެ ހިދުމަތްތައް އިތުރަށް ފުޅާކުރުމަށްފަހު، ދިރާގުގެ ހުރިހާ ކަސްޓަމަރުންނަށް ވެސް މި ތަޖުރިބާގެ ފުރުސަތު ހުޅުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. މި ފުރުސަތުގައި އެލީޓް ކްލަބްގެ ކާމިޔާބީގައި ބައިވެރިވާ ހުރިހާ ޕަރޓްނަރުންނަށް އޭނާ ވަނީ ހާއްސަ ޝުކުރެއް ދަންނަވާފައެވެ.

ދިރާގު އެލީޓް ކްލަބް ޕްރޮގްރާމަކީ އެ ކުންފުނީގެ ކަސްޓަމަރުންގެ އަގުވަޒަންކޮށް، ތަފާތު އަގުހުރި އޮފަރތަކުގެ އެހީގައި ކަސްޓަމަރުންގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދިނުމަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ދިރާގާއި ކަސްޓަމަރުންގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމެވެ. ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އެލީޓް ޕަރޓްނަރުންނާ ގުޅިގެން ކަސްޓަމަރުންނަށް އައު ފައިދާތަކާއި ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

އޮސްޓްރޭލިއާއިން ސަންސްކްރީންގެ އުސޫލުތައް ހަރުކަށިކޮށްފި

އޮސްޓްރޭލިއާގައި ވިއްކާ ބައެއް ސަންސްކްރީންތަކުގެ ރައްކާތެރިކަން ކުޑަކަމަށް ދެއްކުމާ ގުޅިގެން، އެ ތަކެތި އުފައްދާ މިންގަނޑުތައް ހަރުކަށިކުރަން އެ ގައުމުގެ ކަމާބެހޭ އިދާރާއިން ނިންމައިފިއެވެ. މި ބަދަލުގެ ދަށުން ސަންސްކްރީންގައި ހިމެނޭ މާއްދާތައް ޓެސްޓްކުރުމާއި، އޭގެއިން ލިބޭ ރައްކާތެރިކަމާ ބެހޭ މައުލޫމާތު ހާމަކުރުމުގައި ހަރުކަށި އުސޫލުތަކަކަށް އަމަލުކުރަން ޖެހޭނެއެވެ.

ޓެކްސް އެޕީލްތަކަށް ބަހައްޓަން ޖެހޭ ޑިޕޮސިޓު ބޮޑުކުރަނީ

މީރާއިން ކަނޑައަޅާ ޓެކުހުގެ އަދަދު އިސްތިއުނާފު ކުރުމަށްޓަކައި ބަހައްޓަންޖެހޭ ޑިޕޮސިޓް 25 ޕަސެންޓުން 50 ޕަސެންޓަށް ބޮޑުކުރުމަށް ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް އިސްލާހު ހުށަހަޅައިފި. މި ބިލުގައިވާ ގޮތުން ޓެކްސްއަށް މަކަރު ހެދުން ފަދަ ހާއްސަ ހާލަތްތަކުގައި، މައްސަލަ އިސްތިއުނާފު ކުރެވޭނީ ޓެކުހުގެ 100 ޕަސެންޓު ދެއްކުމަށް ފަހުގަ.

ދިވެހި އިންޝުއަރެންސް އިން އައިފޯން 18 ޕްރޯ މެކްސް

މޯލްޑިވްސް އެކްސްޕޯ 2026 ގެ އޮފިޝަލް އިންޝުއަރެންސް ޕާޓްނަރު، ދިވެހި އިންޝުއަރެންސް އިން އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި އައިފޯން 18 ޕްރޯ މެކްސްއެއް ލިބޭ ހާއްސަ ލަކީޑްރޯއެއް ހުޅުވާލައިފިއެވެ. މި ލަކީޑްރޯގައި ބައިވެރިވުމަށް އެ ކުންފުނީގެ ހަޓަށް ޒިޔާރަތްކޮށް ރެޖިސްޓްރީ ކުރަންޖެހޭއިރު، އެކްސްޕޯ ކުރިއަށްދާ މުއްދަތުގައި އިންޝުއަރެންސް ޕޮލިސީއެއް ބައްލަވައިގަންނަ ފަރާތްތަކަށް ނަސީބުވެރިޔާ ހޮވުމުގައި އިތުރު ފުރުސަތުތައް ލިބިގެންދާނެއެވެ.

ހިކޭ ބޭސް މަގުބޫލުވެ ރީތިވާ ސާމާނުގެ ވިޔަފާރި ބަދަލުވެއްޖެ

ބަރުދަން ލުއިކުރާ ބޭސްތަކުގެ މަގުބޫލުކަން އިތުރުވުމާ ގުޅިގެން، އެ ބޭސްތަކުގެ ސަބަބުން ހަންގަނޑަށް ކުރާ ނޭދެވޭ އަސަރުތަކަށް ހައްލު ހޯދައިދޭނެ އުފެއްދުންތައް ލޮރިއާލް ކުންފުނިން އަންނަނީ ތައްޔާރުކުރަމުންނެވެ. އިގްތިސާދީ ގޮންޖެހުންތަކާއެކުވެސް ރީތިވާ ސާމާނުގެ ބާޒާރު ކުރިއަރަމުންދާއިރު، އެ ކުންފުނީގެ ވިޔަފާރި ވަނީ އުންމީދުކުރި މިންވަރަށް ވުރެ ބޮޑަށް އިތުރުވެފައެވެ.

އައްޑޫ އެއާޕޯޓު ކުންފުނީގެ ގެއްލުން 817 މިލިއަން ރުފިޔާއަށް

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ކުންފުނީގެ އާމްދަނީ އިތުރުވި ނަމަވެސް، ހިންގުމުގެ ހަރަދުތައް ބޮޑުވުމުގެ ސަބަބުން މިދިޔަ އަހަރު އެކަނިވެސް 68 މިލިއަން ރުފިޔާގެ ގެއްލުންވި. އެ ކުންފުނީގެ ޖުމްލަ ގެއްލުން 817 މިލިއަން ރުފިޔާއަށް އަރާ. އަދި ކުންފުނީގެ މިލްކިއްޔާތަށްވުރެ ދަރަނި ބޮޑުވެ، ކުންފުނީގެ މާލީ ހާލަތު ވަނީ ނެގެޓިވް 58 މިލިއަން ރުފިޔާއަށް ވެއްޓިފަ.

ދިރާގުޕޭން ކުލި ދެއްކިއްޔާ ނަސީބުވެރިންނަށް އެއް މަސް ހިލޭ

ދިރާގުޕޭ މެދުވެރިކޮށް ފަހި ދިރިއުޅުން ފްލެޓްތަކުގެ ކުލި ދައްކާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ދެ ނަސީބުވެރިއަކަށް އެއް މަހުގެ ކުލި ހިލޭ ލިބޭ ޕްރޮމޯޝަނެއް ދިރާގުން ފަށައިފިއެވެ. 2026 ޑިސެންބަރުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނަކީ ޑިޖިޓަލްކޮށް ފައިސާ ދެއްކުމަށް ހިތްވަރު ދިނުމުގެ ގޮތުން ފެށި ހަރަކާތެކެވެ.

Newsletter

Get the latest news delivered straight to your inbox