ފުޓްބޯޅަ ލެޖެންޑް މިހަލޮވިޗް މަރުވެއްޖެ

Dec 16, 2022, 5:16 PM
ފުޓްބޯޅަ ލެޖެންޑް މިހަލޮވިޗް މަރުވެއްޖެ

ރޯމް، އިޓަލީ (ޑިސެމްބަރު 16) - އިޓަލީގެ ގިނަ ކުލަބުތަކަށް ކުޅެ އޭގެ ފަހުން ކޯޗެއްގެ ގޮތުގައިވެސް ހަރަކާތްތެރިވި ޔޫގޮސްލާވީއާގެ ކުރީގެ ތަރި ސިނީސާ މިހަލޮވިޗް މަރުވެއްޖެ އެވެ.

މިހަލޮވިޗް، 53، މަރުވީ 2019 ވަނަ އަހަރުން ފެށިގެން އޭނާ ފަރުވާ ހޯދަމުން އަންނަ ލޫކީމިއާ ބަލީގަ އެވެ. ލޫކިމިއާ ބަލީގެ ސަބަބުން މީގެ ކުރިން ހާލު ދެރަވެ، އެޑްމިޓްކުރަން ޖެހުނު މިހަލޮވިޗް މަރުވީ މިއަދު އިޓަލީގެ ރޯމްގެ ކްލިނިކެއްގައި އެމަޖެންސީގައި ފަރުވާ ދެމުން ދަނިކޮށެވެ.

މިހަލޮވިޗް އަކީ ޔޫގޮސްލާވިއާގެ ގައުމީ ޓީމަށް 1991 އިން ފެށިގެން 2003 އާއި ހަމައަށް ކުޅުނު ކުޅުންތެރިއެކެވެ. ގައުމީ ޓީމަށް 1998 ވަނަ އަހަރުގެ ވޯލްޑް ކަޕްގަ އާއި 2000ގެ ޔޫރޯގައިވެސް އޭނާ ކުޅުނެވެ.

2004 ވަނަ އަހަރު އިންޓަ މިލާނުގެ މެޗެއްގެ ތެރެއިން މިހަލޮވިޗް: އޭނާ އަކީ އިޓަލީގެ ގިނަ ކްލަބްތަކެއްގައި މޮޅަށް ކުޅެފައިވާ ކުޅުންތެރިއެއް.

މިޑްފިލްޑަރެއްގެ ގޮތުގައި އާންމުކޮށް ކުޅުނު ނަމަވެސް ޑިފެންސަށްވެސް މަދު މަދުން ކުޅޭ މިހަލޮވިޗްގެ ކުޅުމުގެ ކެރިއަރާއި ކޯޗިން ކެރިއަރުގެ ބޮޑުބައި ހޭދަކޮށްފައިވަނީ އިޓަލީގަ އެވެ. މިގޮތުން ކުޅުންތެރިއެއްގެ ގޮތުގައި އިޓަލީގެ އެންމެ ބޮޑެތި ކުލަބުތަކުގެ ތެރޭގައި ހިމެނޭ އޭއެސް ރޯމާ، ލާޒިއޯ، ސަމްޕްދޯރިއާ އަދި އިންޓަ މިލާނަށްވެސް އޭނާ ކުޅުނެވެ.

އިޓަލިއަން ލީގުގައި ހިލޭ ޖެހުންތަކުން އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑު އޮންނަ މިހަލޮވިޗް ވަނީ 2000 ވަނަ އަހަރުގެ އިޓަލިއަން ލީގު އެކުލަބަށް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ. އަދި 1999 ވަނަ އަހަރުގެ ޔުއެފާ ކަޕް ވިނާސް ކަޕްވެސް ލާޒިއޯ އިން ހޯދީ އޭނާގެ މޮޅު ކުޅުމާއިއެކުގަ އެވެ. ކުޅުމުގެ ކެރިއަރު 37 އަހަރުގައި އޭނާ ނިންމާލީ އިޓަލީގެ އިންޓަ މިލާންގަ އެވެ.

ކޯޗިން ކެރިއަރަށް ބަލާއިރު، އިޓަލީގެ މަޝްހޫރު ކޯޗު ރޮބާޓޯ މަންޗިނީގެ އެސިސްޓަންޓެއްގެ ގޮތުގައި ދެ އަހަރު މަސައްކަތްކުރުމަށް ފަހު އިޓަލީގެ ކުލަބު ބޮލޮންޔާގެ ހެޑް ކޯޗު ކަމާ 2008 ވަނަ އަހަރު ހަވާލުވި އެވެ. އޭގެ ފަހުން އިޓަލީގެ ފިއޮރެންޓީނާ އަށް އިރުޝާދުދިނެވެ.

މި އަހަރުގު އޮގަސްޓް މަހުގެ ތެރޭގައި މިހަލޮވިޗް ބޮލޯނިއާ މެޗެއްގެ ތެރެއިން.

ޔޫގޮސްލާވިއާ ބައިބައިވެ އުފެދުނު މިނިވަން ދައުލަތްތަކުގެ ތެރޭގައި ހިމެނޭ ސާބިއާގެ ގައުމީ ޓީމަށް 2012 އިން ފެށިގެން އެއް އަހަރު އޭނާ އިރުޝާދު ދިނެވެ. އޭގެ ފަހުން އަނެއްކާ ވެސް އިޓަލީގެ ކުލަބުތައް ކަމަށްވާ ސަމްޕްޑޯރިއާ، އޭސީ މިލާން، އަދި ޓޮރީނޯ އަށް އިރުޝާދުދިނެވެ.

ކޯޗިން ކެރިއަރުގައި ކުޑަ މަޑު ޖެހުމެއް އައީ 2019 ވަނަ އަހަރު މިހަލޮވިޗަށް ލޫކީމިއާ ބަލި ޖެހިފައިވާކަން އެނގުނު ހިސާބުންނެވެ. ނަމަވެސް އެ ބައްޔާ ހަނގުރާމަ ކުރަމުން އޭނަ ވަނީ ބޮލޯނިއާ ކޯޗުގެ ގޮތުގައި ތިން އަހަރު ހޭދަކޮށްފަ އެވެ. މި ސީޒަންގައި ބޮލޯނިއާގެ ނަތީޖާތައް ރަނގަޅު ނުވުމުން އޭނާ ކޯޗުކަމުން ވަކިކުރީ މިދިޔަ ސެޕްޓެމްބަރު މަހުގަ އެވެ.

ހިލޭޖެހުންތަކުން ގޯލު ޖެހުމުގައި ދުނިޔޭގައި އުފެދުނު އެންމެ މޮޅެތި ކުޅުންތެރިންގެ ތެރޭގައި ހިމެނޭ މިހަލޮވިޗް މަރުވުމާ އެކު އޭނާ އާއިއެކު ކުރިން ކުޅުނު ކުޅުންތެރިންނާއި، އިޓަލީގެ ކުލަބުތަކުން އަދި ފުޓްބޯޅައިގެ އެކި ލެޖެންޑުން އަންނަނީ ތައުޒިޔާގެ މެސެޖުތައް ފޮނުވަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox