ގުޅީފަޅު އަލިފާނުގެ ހާދިސާއަށް ފަހު އެކަކު ގެއްލިގެން ހޯދަނީ

ގުޅީފަޅު އަލިފާނުގެ ހާދިސާއަށް ފަހު އެކަކު ގެއްލިގެން ހޯދަނީ

ތިލަމާލޭ ބްރިޖު އެޅުމުގެ މަސައްކަތްކުރާ އިންޑިއާގެ އެފްކޮންސް ކުންފުނީގެ މުވައްޒަފުން ތިބުމަށް ގުޅީފަޅުގައި ހަދާފައިވާ އެކަމޮޑޭޝަން ބްލޮކްގައި ހިނގި އަލިފާނުގެ ހާދިސާއަށް ފަހު އެތަނުގައި ދިރިއުޅެމުން އައި މުވައްޒަފަކު ފެނިފައި ނުވާ ކަމަށް ބުނެ ރިޕޯޓު ކުރުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އަލިފާނުގެ ހާދިސާ ހިނގި އިމާރާތަކީ އެފްކޮންސްގެ 457 މުވައްޒަފުން ދިރިއުޅެމުން ދިޔަ އިމާރާތެއް ކަމަށް އެ ކުންފުނިން ބުނެ އެވެ. އޭގެތެރެއިން ފެނިފައި ހަބަރެއް ނުވަނީ އެންމެ މީހެއްގެ ކަމަށާއި އެ ހާދިސާއަށް ފަހު އޭނާ ފެނިފައި ނުވާ ކަމުގެ ރިޕޯޓު ފުލުހުންނަށާއި އެމްއެންޑީއެފްއަށް ކޮށްފައިވާ ކަމަށް އެފްކޮންސް އިން ބުނެ އެވެ.

އެ ރިޕޯޓާ ގުޅިގެން އެމްއެންޑީއެފުން އަލިފާނުގެ ހާދިސާ ހިނގި އިމާރާތް ބަލައި ފާސްކުރުމަށް ފަހު އެ އިމާރާތުން އެއްވެސް މީހެއްގެ ހަށިގަނޑު ފެނިފައި ނުވާކަން އެ ކުންފުންޏަށް ކަށަވަރު ކޮށްދީފައިވާ ކަމަށް ވެސް އެފްކޮންސް އިން ބުންޏެވެ. ނަމަވެސް އެ އިމާރާތް ބަލައި ފާސްކޮށް އެމީހާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށް ފުލުހުން ބުނެ އެވެ.

Advertisement

ގުޅީފަޅުގައި ގިނގި އަލިފާނުގެ އެ ހާދިސާގައި އެކިވަރުގެ އަނިޔާވެގެން 78 މީހަކު ހޮސްޕިޓަލްތަކަށް ގެންގޮސް ފަރުވާދީފައިވެ އެވެ. އޭގެތެރެއިން 32 މީހަކު ފަރުވާ ދިނުމަށް އެނދުމަތި ކުރެވުނުއިރު، ކުދި އަނިޔާވި 24 މީހަކަށް ފަރުވާ ދިނުމަށް ފަހު ވަނީ ދޫކޮށްލާފަ އެވެ.

މީގެ ކުރިން އެފްކޮންސްއިން އެ ހާދިސާއާ ގުޅިގެން ނެރުނު ބަޔާނެއްގައި ވަނީ އެތަނުގައި ދިރިއުޅެމުން އައި ހުރިހާ އެންމެން ސަލާމަތް ކުރެވުނު ކަމަށް ބުނެފަ އެވެ. ނަމަވެސް އަލުން އެތަނުގައި ދިރިއުޅެމުން އައި މީހުންގެ އަދަދު ބެލުމުން އެކަކު މަދުކަން ފާހަގަ ކުރެވިގެން ފުލުހުންނަށާއި ސިފައިންނަށް ރިޕޯޓު ކުރީ މިއަދު އެވެ.

އެ ހާދިސާގައި އެތަނުގައި ދިރިއުޅެމުން އައި މީހުންގެ ތަކެތި އަނދައިގެން ގޮސް، ހާލުގައި ޖެހިފައިވާ ކަމަށް ބުނެ މިއަދު ހެނދުނު ވަނީ ގުޅީފަޅުގައި ހަމަނުޖެހުން ވެސް ހިންގާފަ އެވެ. ނަމަވެސް އެފްކޮންސް އިން ވަނީ ހާލުގައި ޖެހުނު މީހުންނަށް މިހާރު ވަނީ ބޯހިޔަވަހިކަން ހަމަޖައްސައިދީ، އަންނައުނާއި، މޮބައިލް ފޯނުގެ އިތުރުން ފައިސާގެ އެހީތެރިކަން ވެސް ފޯރުކޮށްދީފަ އެވެ.

އެ ކުންފުނިން މިއަދު ހިއްސާ ކުރި ކުރު ބަޔާނެއްގައި ވަނީ އަލިފާނުގެ ހާދިސާ ހިނގި އިމާރާތުގައި އުޅެމުން އައި އެއްވެސް މުވައްޒަފަކަށް ދޭންޖެހޭ މުސާރައެއް ނުވަތަ އިނާޔަތެއް ވެސް ނޯންނާނެ ކަން ކަށަވަރު ކޮށްދީފަ އެވެ.

އެ ކުންފުނިން ބުނީ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަކީ އެފްކޮންސް އިން އެންމެ އިސްކަމެއްދީގެން ބަލަހައްޓާ އެއް ކަންތައް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި މިފަދަ ހާދިސާއެއް ނުހިނގާނެ ގޮތަކަށް ކަންކަން އިންތިޒާމު ކުރުމުގެ މަސައްކަތް އެ ކުންފުނިން މިހާރު ވެސް ކުރަމުން އަންނަ ކަމަށް އެ ކުންފުނީގެ ބަޔާނުގައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox