ފައިސަލް ދަންޖެހުނު މައްސަލައިގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ބަލަން މަޖިލީހަށް

މެމްބަރު އާދަމް ޝަރީފް: އެދިވަޑައިގަތީ ކޮމެޓީ މެދުވެރިކޮށް އެ މައްސަލަ ބެއްލެވުމަށް -- ފޮޓޯ: މަޖިލިސް

މެމްބަރު އާދަމް ޝަރީފް: އެދިވަޑައިގަތީ ކޮމެޓީ މެދުވެރިކޮށް އެ މައްސަލަ ބެއްލެވުމަށް -- ފޮޓޯ: މަޖިލިސް

ހދ. ނޮޅިވަރަމުގައި އަނބިމީހާ މަރާލި ކަމަށް ތުހުމަތު ކުރެވޭ ފައިސަލް އަބޫބަކުރު އެ އަތޮޅު ކުޅުދުއްފުށި ސިޓީ ޖަލު ގޮޅިއެއްގައި ބަންދުކޮށްފައިި ހުއްޓާ ދަންޖެހުނު މައްސަލައިގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ބަލަން ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އެދިވަޑައިގެންފި އެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީއެއްގައި އާދަމް ޝަރީފް މިއަދު އެދިވަޑައިގަތީ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ މެދުވެރިކޮށް ފުލުހުންގެ އިހުމާލެއް އޮތްތޯ ބެލުމަށެވެ. ރޭގެ ވަގުތެއްގައި ދަންޖެހުނު ފައިސަލް، 30، މިވަގުތު އޮތީ އައިސީޔޫގަ އެވެ.

"ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހުން ބެލެހެއްޓުމަކީ ފުލުހުންގެ ޒިންމާއެއް. ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އަބޫބަކުރު ފައިސަލް މިފަދަ ނުރައްކާތެރި އަމަލެއް ހިންގިއިރު ފުލުހުންނަށް އެކަން ނޭނގުމަކީ ވަރަށް ބޮޑު އިހުމާލެއް ކަމުގައި ބެލުމުގެ ފުރުސަތު އެބަ އޮތް،" އެ ސިޓީގައި ބުނެފައިވެ އެވެ.

ފައިސަލްގެ އަނބިމީހާ ނިޝާމާ މުހައްމަދު، 28، ޝައްކު އުފެދޭ ގޮތަކަށސް މަރުވެފައި އޮއްވާ ފެނުނީ މިދިޔަ ހޮނިހިރު ދުވަހެވެ. އެ ދެމަފިރިންނަށް ހަތް އަހަރުން ދަށުގެ ތިން ކުދިން ހުރެ އެވެ. އެ ކުދިން މިވަގުތު ބަލަހައްޓަމުންދަނީ އަންހެންމީހާގެ އާއިލާގެ މީހުންނެވެ.

ފައިސަލަށް މިވަގުތު އައިސީޔޫގައި ފަރުވާދެމުންދަނީ މެޝިނަކުން އޭނާއަށް ނޭވާ ލައްވައިގެނެވެ. އޭނާ ދަންޖެހުނު ހާދިސާގެ އެއްވެސް ތަފުސީލެއް ދޭން ފުލުހުން ވަނީ އިންކާރުކޮށްފަ އެވެ. އޭނާ ބަންދު ކުރީ ކޮން ތުހުމަތެއްގައިކަން ވެސް ފުލުހުން ނުބުނެ އެވެ.

ފައިސަލް މަރުވާން އުޅުނު މައްސަލަ މިހާރު ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުން ދަނީ ބަލަމުންނެވެ. އެ މައްސަލައިގައި އެއްބާރުލުން ދޭނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox