ހިޔާ ފްލެޓްގެ 900 ޔުނިޓް ބޮޑުއަގުގައި ކުއްޔަށް ދީފައި އެބަހުރި: އަސްލަމް

ހުޅުމާލޭގެ ފޭސް ދޭއްގައި ހުންނަ ހިޔާ ފްލެޓްތައް، ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވީ ހިޔާގެ 900 ޔުނިޓް ބޮޑު އަގުގައި ކުއްޔަށް ދީފައި އެބަހުރި ކަމަށް. ފޮޓޯ÷: އަބްދުﷲ އިޔާން/އަދަދު

ހުޅުމާލޭގެ ފޭސް ދޭއްގައި ހުންނަ ހިޔާ ފްލެޓްތައް، ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވީ ހިޔާގެ 900 ޔުނިޓް ބޮޑު އަގުގައި ކުއްޔަށް ދީފައި އެބަހުރި ކަމަށް. ފޮޓޯ÷: އަބްދުﷲ އިޔާން/އަދަދު

ހިޔާ ފްލެޓްތަކުގައި މާލެއަށް ނިސްބަތްނުވާ ގިނަ އަދަދެއްގެ މީހުން ދިރިއުޅޭ ކަމަށާއި އެތަނުގެ 900 ޔުނިޓެއް ބޮޑު އަގުގައި ކުއްޔަށް ދީފައި އެބަހުރި ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން އަސްލަމް ވިދާޅުވީ ހިޔާގައި ކުއްޔަށް ދީފައިވާ ތަންތަނުގެ ހިސާބުތައް އޭނާއަށް ލިބިވަޑައިގެންނެވީ ބޯހިމެނުގައި އެއްކުރި މައުލޫމާތުގެ ތެރެއިން ކަމަށެވެ. އޭނާ ވިދާޅުވީ ހިޔާގައި ބޮޑެތި މައްސަލަ އެބަހުރިކަމަށާއި އެތަަނަށް ވަދެގެން ނުވާނެ މީހުން އެތަނަށް ވަދެ އެބަތިބި ކަމަށެވެ.

"ހިޔާ ފްލެޓްގައި 25 ޕަސެންޓް މީހުން އެބަ އުޅޭ މާލެއަށް ނިސްބަތްނުވާ، 900 ގޭބިސީ އެބަހުރި އެތަނަށް ސަރުކާރަށް އެމީހުން ދައްކަން ޖެހޭ އަގަށް ވުރެ ބޮޑު އަގުގައި ކުއްޔަށް ދީފައި. މިއީ ސެންސަސް އިން އަޅުގަނޑަށް ލިބުނު ޕްރިލިމިނަރީ ޑޭޓާއެއް،" އަސްލަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފްލެޓްތައް އެގޮތަށް ކުއްޔަށް ދީފައި ހުރި ނަމަވެސް އެ ގޮތަށް ކަންތައް ކުރި މީހުންނާ މެދު އެޅޭނެ ފިޔަވަަޅެއް އެކަމަކު ނެތެވެ. ފްލެޓްތައް ލިބުނު މީހުންގެ ތެރެެއިން 40 ޕަސެންޓް މީހުން ސަރުކާރަށް ދައްކަން ޖެހޭ ފައިސާ ނުދައްކާ ކަަމަށާއި އެހެން ނަމަވެސް އެކަމަށް ވެސް އެޅޭނެ ފިޔަވަޅެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހަމަ ސާފުކޮށް މި ދަންނަވަނީ، އަސްލުގައި ސަރުކާރަކު ނުހުންނާނެ ދަތެއް އެއްވެސް ރައްޔިތެއް ގައިގައި ބައިޓްކުރާކަށެއް [ދަތް އަޅާކަށެއް]. ސަރުކާރުން މިޒާތު ކަންތައް މާބޮޑަށް ކޮށްފައި، ކަލެކްޓް ކުރުމާ މިކަހަލަ ކަންތައް ކުރާ ކަމަށް ވަންޏާ އެކަމެއް ނުވާނެ،" އަސްލަމް ވިދާޅުވި އެވެ.

ބޯހިޔާވަހިކަން ފޯރުކޮށްދިނުން، މިހާރު ކުރިއަށް ގެންދާ ގޮތް ނޫން އެހެން މޮޑެލަކަށް ބަދަލުކުުރަން އެބަޖެހޭ ކަމަށާއި އެކަމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.

ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް އަސްލަމާއި ހައުސިން މިނިސްޓްރީގެ އެހެން ބައެއް އޮފިޝަލުން ވަޑައިގެންނެވީ އެ މިނިސްޓްރީގެ އަހަރީ ރިޕޯޓް އެ ކޮމިޓީން މުރާޖައާ ކުރާތީ މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox