ސަލާމަތްވީ ފުރާނަ އެކަނި، މުޅި ހަޔާތާއި ދެ އެކުވެރިން ގެއްލިއްޖެ

އެގޭގައި ދިރިއުޅުނު އިންޑިއާގެ އެއްލަޔަމް، 38، ރޭ އެ ސަރަހައްދުގައި -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

އެގޭގައި ދިރިއުޅުނު އިންޑިއާގެ އެއްލަޔަމް، 38، ރޭ އެ ސަރަހައްދުގައި -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

އާންމު އުސޫލުން ދުވާލު ގަޑީގައި ބުރަކޮށް މަސައްކަތަށްފަހު އިންޑިއާއަށް ނިސްބަތްވާ އެއްލަޔަމް، 38، އަމިއްލަ ހިޔާވައްސަށް ވަދެ ނިދީ, އެ ބުރަކަމުގެ ވަރުބަލިކަން ފިލުވާލައި, އަރާމްކޮށްލުމަށެވެ. އެކަމަކު, އޭނާ ނިދި ގެއްލުވާލައި ލޯ ހުޅުވާލެވުނީ ހުވަފެނުން ވެސް ނުފެންނަހާ ބިރުވެރި މަންޒަރެއްގެ ތެރެއަށެވެ.

ނިދިން ކުއްލިއަކަށް އެއްލަޔަމްއަށް ހޭލެވުނީ ހަޅޭކާއި ރުއިމުގެ ވޭނީ އަޑަށެވެ. އޭރު އޭނާއަށް އިހުސާސްވަމުން ދިޔައީ އަދާޔާހިލާފު ހޫނެކެވެ. ލޯ ހުޅުވުނީ ބޯ ދުމުގެ ތެރެއަށެވެ. ވެގެން އުޅޭ ގޮތް ސާފުނުވެ, ދުއްވައިގެން ތެދުވެ ގޮސް ބެލިއިރު ތިރީގައި ހުރި ގަރާޖުގައި ރޯވެފައިވާ އަލިފާންގަނޑު ގޭތެރެއަށް ފެތުރިގެން އަންނަނީ އެވެ.

ލަކުޑި ޑެކާއި ފްލައިވުޑް ފިލާއިން ކޮޓަރިތައް ވަކިކޮށްފައިހުރި އެ އިމާރާތުގެ ތެރޭ އެއްކޮށް ދުންގަނޑު އޮލަވެފައި އޮތްއިރު, އިމާރާތުން ބޭރަށް ނުކުމެވެން ހުރި ހަމައެކަނި ހުރި ލަކުޑި ސިޑީގައި ވެސް ހުރީ އަލިފާން ހިފައިފަ އެވެ.

Advertisement

ދުމާއި އަލިފާނުގެ ތެރެއިން އެއްލަޔަމް އަށް އިވެމުން ދިޔައީ މީހުންގެ ގިސްލުމުގެ އަޑު އެކަންޏެވެ.

"އަހަރެން (ކޮޓަރިން) ނުކުންނަ އިރު ސިޑީގައި ރޯވެފަ ހުންނަނީ، އަހަރެން ފޭބީ އަލިފާންގަނޑު ތެރެއިން," ދިވެހި ކުންފުންޏެއްގައި މަސައްކަތް ކުރަމުންދާ އެއްލަޔަމް "އަދަދު" އަށް އޭނާ ސަލާމަތްވި ގޮތް ކިޔައިދިނެެވެ.

އަލިފާންގަނޑު ތެރެއިން ސިޑިން އަވަހަށް އޭނާ ބޭރަށް ނުކުތީ ފުރާނަ އަތް މައްޗަށް ލައިގެންނެވެ. އޭނާގެ ނަސީބު ރަނގަޅެވެ. މ. ނިރުފެހި ގޭގައި ހިފި އަލިފާނުގައި އެއްލަޔަމްއާއެކު އެ އިމާރާތުގައި ދިރިއުޅުނު 10 މީހަކު ވަނީ މަރުވެގެން ގޮސްފަ އެވެ.

އެއްލަޔަމް
އެއްލަޔަމް

އެއްލަޔަމް "އަދަދު" އަށް އިންޓަވިއު ދެނީ -- ފޮޓޯ: އަދަދު

އެއްލަޔަމް ދިރިއުޅެމުން ދިޔައީ އެ ގޭގެ ފުރަތަމަ ފަންގިފިލާގައި ހަދާފައިހުރި ހަތަރު ކޮޓަރީގެ ތެރެއިން އެއް ކޮޓަރީގަ އެވެ. ދެން ހުރި ތިން ކޮޓަރީގެ ތެރެއިން އެއް ކޮޓަރި ހުސްކޮށް ހުރިއިރު އަނެއް ދެ ކޮޓަރީގައި ތިން މީހަކު އުޅެމުންދިޔަ އެވެ. އެކަމަކު, މިއަދު އޭގެ ތެރޭން ދެ މީހަކު ވަނީ އެއްލަޔަމްއާ ވަކިވެގެން ގޮސްފަ އެވެ.

އެ ގޭގައި އެންމެ އެކުގައި އުޅެމުންދިޔަ އެމީހުންގެ ވާހަކަތައް އެއްލަޔަމް ހިއްސާކުރީ މާޔޫސްކަމާއި ހިތާމާއާ އެކު އެވެ. މި ވަގުތު ހުރީ އެ ދެ މީހުންގެ ހަށިގަނޑު ބާއްވާފައި އޮތް މޯޗަރީ ސަރަހައްދުގަ އެވެ. އަމިއްލަ ފުރާނަ ސަލާމަތްވީ ނަމަވެސް, އޭނާއަށް މިވަގުތު ކުރިމަތިވެފައި އޮތީ މާބޮޑު ހިތާމައެކެވެ.

"އެގަޑީ އަހަރެންނަށް ނުބެލެނީ، ނުފެންނަނީ އެހެން މީހުން، ފަހުން އެނގުނީ އަހަރެން އުޅޭ ފްލޯގެ ދެ މީހުން މަރުވިކަން," އަސަރާ އެކު އޭނާ ބުންޏެވެ.

އެއްލަޔަމް ބުނި ގޮތުގައި އޭނާ ރޭ ލައިގެން ހުރި ހެދުން ފިޔަވައި އެހެން ހުރިހާ އެއްޗެއް ވަނީ އަނދައިގެން ގޮސްފަ އެވެ. ބުރަ މަސައްކަތުން ރާއްޖޭގައި ބިނާކުރި މުޅި ހަޔާތް ބަރުބާދުވެ, އަޅިވެގެން ފިޔައީ އެވެ.

ދެން އުޅޭނެ ތަނަކާއި އަލުން ދިރިއުޅުން ފަށަން އެއްލަޔަމްއަށް ވަނީ ޖެހިފަ އެވެ.

މިހާތަނަށް "އަދަދު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ގޭގައި 25 އަށްވުރެ ގިނަ މީހުން އުޅުނެވެ. އެއްލަޔަމް އާއެކު 15 އަށްވުރެ ގިނަ މީހުންވަނީ އެގެއިން ސަލާމަތްކުރި އެވެ. ދެ ބުރިއަށް ނަގާފައިހުރި އެ ގޭގައި 28 އެނދު ހުރި ކަމަށާއި ކޮންމެ އެނދެއް ކައިރި ކެއްކޭ ގޮތަށް ގޭސްފުޅިއެއް އަދި އުނދުނެއް ހުރި ކަމަށް މައުލޫމާތު ލިބެ އެވެ.

މުޅި ގޭގައި ތިން ފާހާނާ ހުރިއިރު, އާދައިގެ ކުޑަ ދެ ދޮރު ނޫނީ ވައި ވަންނަ އެހެން އެއްވެސް މަގެއް އެ އިމާރާތުގައި ނެތެވެ. ގަރާޖުގައި ފަޅައިގެން ދިޔަ އަލިފާންގަނޑު މައްޗަށް ފެތެރެމުންދިޔަ ވަގުތު އެ އިމާރާތުގެ ތެރޭން ނުކުތުމަށް ވާނީ ވަރަށް އުނދަގޫ ކަމަކަށެވެ. ސިޑިއާ ކައިރިއަށް ހުރި ކޮޓަރިތަކުގައި ތިބި މީހުންނަށް ފިޔަވައި, ރޭގަނޑުގެ އެ ވަގުތުގައި އެ ތަނުން ސަލާމަތަށް ނުކުތުމަށް ފުރުސަތު ލިބުން ވާނީ ވަރަށް ނާދިރު ކަމަކަށެވެ.

ހަނިކޮށް އެތެރެއަށްވާ ގޮތަށް ހުރި އެ އިމާރާތްތަކުގެ އެންމެ އެތެރޭގައި ހުރި "ކޮށިތަކުން" މީހުންނަށް ނުކުމެވޭނެ ފުރުސަތު ނޯންނާނެކަން އެތަން އޮތް ހާލަތު ފެނުމުން އެނގެ އެވެ.

އަލިފާން ރޯވި ވަގުތު އެތަނުން ބޭރަށް ނުކުމެވުނު ބިދޭސީން ވެސް އެ ވަގުތު ތިބީ ޝޮކެއްގަ އެވެ. އެތަނުން ސަލާމަތް ނުވެވޭ މީހުންނާއި އެތެރޭގައި ކިހާ ބަޔަކު ތިބި ކަމެއް އެމީހުންނަށް ވެސް އޭރު ސާފެއް ނޫނެވެ. އަދި, އެކަން ބަޔާން ކުރަން ވެސް އެމީހުންނަށް އުނދަގޫވި އެވެ.

މި ހާދިސާގައި 10 މީހުން މަރުވެފައިވާއިރު މަރުވި މީހުން ދެނެގަތުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. އެގޮތުން އެމީހުންގެ ހަށިގަނޑު ދެނެގަތުމަށް އާއިލީ މެންބަރުން އަދި ރަށްޓެހިން އަންނަނީ ގަލޮޅު މޯޗަރީ ކައިރިއަށް އެއްވަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox